އިންޖިނިއަރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރު އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުނިތަކާއި ފާމުތަކާއި ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނާއި މަޝްރޫއުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކާއި އަދި ތައުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ.
އުސޫލުގައި ބަޔާން ކޮށްފައިވާ ޝަރުތު ހަމަވާ ނަމަ mv.gov.infrastructure.awards މެދުވެރިކޮށް އެވޯޑަށް ހުށަހެޅޭނެ އެވެ.
އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެވޯޑު ދޭނެ 10 ދާއިރާ
- އިންޖިނިއާ އޮފް ދަ އިޔާ
- ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
- ޔަންގް އިންޖިނިއާ އެވޯޑު
- އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިޔުކޭޝަން އެންޑް ރިސާޗް އެވޯޑުު
- ސަސްޓެއިނެބިލިޓީ ޗެމްޕިއަން އެވޯޑުު
- އިންޖިނިއަރިން ކޮންސަލްޓް/ ކޮންސަލްޓެންސީ ފާމް އޮފް ދަ އިޔާ އެވޯޑު
- ސްޓޫޑެންޓް އިނޮވޭޓާ އެވޯޑު
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
- ކޮންޓްރެކްޓާ އޮފް ދަ އިޔާ އެވޯޑު
- ވިމެން އިން އިންޖިނިއަރިން އެވޯޑު
ރާއްޖޭގައި އިންޖިނިއަރުންގެ ދުވަހެއް ފުރަތަމަ ފަހަރަށް ފާހަގަކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ ކޮންމެ އަހަރެއްފެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހެވެ.