ތިމަންނާ އަށް އަނިޔާއެއް ލިބިއްޖެއޭ ބުނާ މީހަކު ވަގުތުން ކުށްވެރިއަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި ރޭޕް އާއި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ވާހަކައެއް ފެންމަތިވާ ކޮންމެ ފަހަރަކު ވަނީ މިހެންނެވެ. އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާ ނުވަތަ އަންހެންކުއްޖާއާ މެދު، އާއްމު ޚިޔާލުގެ "ކޯޓު"ގައި، ހަމަ ވަގުތުން ނިޔާ ކަނޑައަޅަ...