ލަވަކިޔުންތެރިޔާ ކާޑީ ބީގެ ޝޯއެއްގެ ތެރެއިން މީހަކު އޭނާ ގަޔަށް ޖޫސް އުކުމުން އައި ރުޅީގައި މައިކުން ޖަހައިފި އެވެ.

އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

އެއީ އެމެރިކާގެ ލާސް ވޭގަސްގައި ބޭއްވި ޝޯއެކެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ޝޯ ބަލަން ދިޔަ މީހަކު ކާޑީ ލަވަކިޔަމުން ދަނިކޮށް އޭނާ ޖަޔަށް ޖޫސް އުކަ އެވެ. އެކަމާ ރުޅި އައިސްގެން ކާޑީ އޭނާގެ އަތުގައި އޮތް މައިކުން އެ މީހާގެ ގައިގައި ޖެހި އެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ވާހަކަދެއްކީ ކާޑީއާ އެއްކޮޅަށެވެ. އޭނާ ކަންތައް ކުރީ ރަނގަޅަށް ކަމަށް ބައެއް މީހުން ބުންޏެވެ.

މީގެ ކުރިން ވެސް ޝޯއެއްގެ ތެރެއިން މީހަކު އެއްޗެހި އުކުމުން ކާޑީ ވަނީ މައިކުން އެ މީހާ ގައިގައި ޖަހައިފަ އެވެ. އެއީ މިދިޔަ އަހަރު ލަންޑަންގައި ބޭއްވި މިއުޒިކް ފެސްޓިވަލް، ވަޔަލެސް ފެސްޓިވަލްގަ އެވެ.