ކްރޮއޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ވެސް އިރުޝާދުދިން ސްލަވެން ބިލިޗް، އަލުން އެ ގައުމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވެއްޖެ އެވެ.
އުމުރުން 57 އަހަރުގެ ބިލިޗް އެ މަގާމަށް ހަމަޖެއްސީ، ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ޕޯޗުގަލް އަތުން 2-1 އިން ބަލިވެ ކްރޮއޭޝިއާ މުބާރާތުން ކެޓުމާ އެކު، ކުރީގެ ކޯޗު ޒްލަޓްކޯ ޑާލިޗް މަގާމުން އިސްތިއުފާ ދިނުމުންނެވެ.
މީގެ ކުރިން 2006 އިން 2012 އަށް ވެސް ކްރޮއޭޝިއާ ޓީމަށް އިރުޝާދުދިނީ ބިލިޗް އެވެ. އޭނާގެ ކޯޗުކަމުގެދަ
ޖުމުލަ 14 އަހަރު ފަހުން އަލުން ކްރޮއޭޝިއާގެ ކޯޗުކަމާ ހަވާލުވުމަށް ބްލިޗް ބުނީ، އޭނާ ހުރީ އަލުން ކްރޮއޭޝިއާގެ ޓީމާ ހަވާލުވާން ތައްޔާރުވެގެން ކަމަށެވެ. މީގެ 20 އަހަރު ކުރިން އެ ގައުމުގެ ޓީމުގައި އޭނާ މަސައްކަތް ފެށި އިރު ހުރި ތަޖުރިބާގެ އަށް ވުރެ މިހާރު އޭނާގެ ތަޖުރިބާ އާއި ފުޓްބޯޅައިގެ ހޭލުންތެރިކަން ބޮޑުވާނެކަމަށް، ޕްރިމިއާ ލީގުގައި ވެސްޓްހޭމް ޔުނައިޓެޑާއި ވަޓްފޯޑް އަދި ވެސްޓްބްރޯމަށް ވެސް ކޯޗުކޮށް ދިން ބިލިޗް ބުންޏެވެ.
"އަހަރެމެންގެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް. އަދި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކްރޮއޭޝިއާ ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި ޓީމަށް ހަކަތަ އާއި އުއްމީދު އަދި ސާބިތުކަން ގެނެސްދިނުމަކީ އަހަރެންގެ ޒިންމާއެއް،" އުމުރުން 57 އަހަރުގެ ބިލިޗް ބުންޏެވެ.
"މި ގޮންޖެހުމާ ކުރިމަތިލާން އަހަރެން ހުރީ އުފަލުން. އަދި ފުރިހަމައަށް ތައްޔާރަށް. 2006 އާ އަޅާބަލާއިރު މިއަދު އަހަރެން މިއީ މާ ތަޖުރިބާކާރު ކޯޗެއް. އެކަމަކު ކްރޮއޭޝިއާ އަކީ ބާރުގަދަ. ހިތްވަރުގަދަ އަދި ކާމިޔާބު ޓީމެއްގެ ގޮތުގައި ބޭއްވުމަށް ހުރި ޝައުގާއި ބޭނުންތެރިކަން އަދިވެސް އޮތީ ހަމަ އެއްވަރެއްގައި ވަރުގަދަކޮށް."
އޭނާގެ ފުރަތަމަ ދައުރުގައި، ބިލިޗްގެ އެންމެ ބޮޑު ކާމިޔާބަކީ 2008 ޔޫރޯ އެވެ. އިންގްލެންޑް ކަޓުވާލުމަށް ފަހު ކްރޮއޭޝިއާ ޔޫރޯ އެފަހަރުގެ މުބާރަތަށް ކޮލިފައިކޮށްދިނެވެ. އަދި ގުރޫޕް ސްޓޭޖްގައި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނުނު ޖަރުމަނު ވެސް ބަލި ކުރި އެވެ. ކުއާޓާ ފައިނަލަށް ދަތުރުކޮށް އެ ބުރުން، ބަލިވީ ޕެނަލްޓީ ޖަހައިގެން ތުރުކީ އަތުންނެވެ.
ބިލިޗްގެ ފުރަތަމަ ޓެސްޓަށް ވާނީ ނޭޝަން ލީގުގައި ކުޅެންޖެހޭ މެޗުތަކެވެ. އެ މުބާރާތުގެ ގްރޫޕްގައި ކްރޮއޭޝިއާ ވާދަކުރަން ޖެހެނީ އިންގްލެންޑް، ސްޕެއިން އަދި ޗެކިއާ (ޗެކް ރިޕަބްލިކް) އާ އެވެ.
އަށް އަހަރު ކްރޮއޭޝިއާގެ ޓީމުގައި ހޭދަކުރުމަށް ފަހު ޑަލިޗް މަގާމު ދޫކޮށްލީ، އެ ގައުމުގެ ގައުމީ ޓީމުގައި އެންމެ ކާމިޔާބު ކޯޗުގެ ގޮތުގަ އެވެ. އޭނާގެ ކޯޗުކަމުގެދަށުން 2018 ގެ ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންގޮސް ދިނެވެ. އަދި 2022 ގެ ވޯލްޑް ކަޕްގެ ތިންވަނަ ވެސް ހޯދީ އޭނާގެ ކޯޗުކަމުގެދަށުންނެވެ.