ވޯލްޑް ކަޕްގެ ގްރޫޕް އެލްގެ ފުރަތަމަ މެޗުގައި، ކްރޮއޭޝިއާާާާ އާ ވާދަކޮށް 4–2 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެއްޖެ އެވެ.
ކޯޗު ތޯމަސް ޓޫހުލްގެ އިރުޝާދުގެ ދަށުން ކުޅުނު އިންގްލެންޑްގެ ޑިފެންސްގެ ބަލިކަށިކަމެއް ފުރަތަމަ ހާފުގައި ފެނުނެވެ. އެކަމަކު ދެވަނަ ހާފުގައި މުޅި މެޗު ކޮންޓްރޯލްކޮށް، މުހިންމު ތިން ޕޮއިންޓް ވަނީ ކަށަވަރުކޮށްފަ އެވެ
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ 2–2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެމެެރިކާގެ އާލިންގްޓަންގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ވީއޭއާރުގެ އެހީއާއެކު އަލުން ޖަހަން ޖެހުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އިންގްލެންޑަށް ކުރިހޯދައިދީފަ އެވެ.
ކޮރޮއޭޞިއާއިން ނަތީޖާ ހަނަހަމ ކުރީ މާޓިން ބަޓުރީނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ
އޭގެ ފަހުން ޑެކްލަން ރައިސް ނަގައިދިން ކޯނަރަކުން ހެރީ ކޭން ބޮލުން ޖަހައި އިންގްލެންޑަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނެވެ.
ފުރަތަމަ ހާފު ކުރީގައި އޮވގެން ނިންމާލުމުގެ ފުރުސަތެއް އިންގްލެންޑަކަށް، ކްރިއޭޝިއާއިން ނުދިނެވެ. އެ ހާފުގެ އިތުރު ވަގުތުގައި ޕެޓާ މޫސާ ވަނީ ކްރޮއޭޝިއާއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެވަނަ ހާފުގައި އިންގްލެންޑުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. އެގޮތުން ބޯޅަ ހޯދުމަށް ކުރި ކުރިމަތިލުންތައް ކާމިޔާބު ކުރި ނިސްބަތް 33 ޕަސަންޓުން 73 ޕަސަންޓަށް މަތިކުރި އެވެ
ދެވަނަ ހާފު ފެށިގެން އެންމެ ދެ މިނެޓުގެ ތެރޭގައި ޖޫޑް ބެލިންހަމް ވަނީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ބީޓްކޮށް، އިންގްލެންޑަށް އަލުން ކުރިހޯދައިދީފަ އެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި، އިންގްލެންޑަށް 4–2 އިން މެޗު ކާމިޔާބުކޮށްދީފަ އެވެ.