05 އެޕްރީލް

April 05, 2019 24
ވަކިވައްތަރެއްގެ ބަޔަކު މަޖިލިހަށް ގެންނަންއުޅޭ: ޖަމީލް

ރައްޔިތުންގެ މަޖިލިހަށް ވަކި ވައްތަރެއްގެ ބަޔަކު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަދި މާދަމާ އޮންނަ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

04 އެޕްރީލް

April 04, 2019 36
ޖަމީލް، މަގާމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް

ރައްޔިތުންގެ ވޯޓަކުން ނައިބު ރައީސަކަށް އިންތިޚާބުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި މަގާމުން ދުރުކުރީ ދޮގު އިލްޒާމްތަކަކާ އެކު ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ، ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

02 އެޕްރީލް

April 02, 2019 15
މަޖިލިހުގެ ސުޕަ މެޖޯރިޓީ ބޭނުމެއް ނޫން: އަލީ ވަހީދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަނަށް ސުޕަ މެޖޯރިޓީއެއް ބޭނުމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

01 އެޕްރީލް

April 01, 2019 13
ވިލިމާލެއާ މެދު ސަރުކާރުން ދެކޭ ގޮތް ބަދަލު ކުރަންޖެހޭ

ވިލިމާލެ ތަރައްގީ ކުރެވެން އޮތީ ވިލިމާލެ އަކީ ދޮންދަރިއެއް ކަމަށް ސަރުކާރުން ދެކޭ ވިސްނުން ބަދަލު ކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.

31 މާޗް

March 31, 2019 6
އަންހެނުން ހިމޭނުން ތިބުން ނިންމާލަން ވެއްޖެ: ޖަމީލް

ރާއްޖޭގެ އެކި ދާއިރާތަކުން އަންހެނުން ހޯދާ ގިނަ ކާމިޔާބީތަކާ އެކު ހިމޭނުން ނުތިބެ، ޚިދުމަތުގެ ކުރީ ސަފުގައި ތިބުން މިހާރަށް ވުރެ ބޮޑަށް އިތުރުކުރަން ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަދި އާއްމު އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަ ކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2019 18
ނިޒާމުގެ ވާހަކަ ދެއްކުމަކީ ކޮޅުފައިން ޖެހުން: ޖަމީލް

ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިންމުމެއް ކަމަށާއި މި ވަގުތު އެ ވާހަކަ ދެއްކުމަކީ އެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

16 މާޗް

March 16, 2019 29
ޖަމީލުގެ ވިލިމާލޭގެ ތަސައްވުރު ލޯންޗުކޮށްފި

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، އެ ދާއިރާއާ ގުޅޭ ގޮތުން ގެންގުޅުއްވާ...

March 16, 2019 46
މެމްބަރުން ހޮވުމުގައި ކުލައަށް ބަލާނެކަމެއްނެތް: އައިޝާ

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް މެމްބަރުން ހޮވުމުގައި ކުލަ އަށް ބެލުމުގެ ބަދަލުގައި ގާބިލް ބޭފުޅުން އިންތިޚާބުކޮށް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ...

10 މާޗް

March 10, 2019 50
ތަހުގީގަށް ރިޔާސީ ކޮމިޝަންގެ ބޭނުމެއް ނެތް: ޖަމީލް

ކޮރަޕްޝަނުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަން ހެދުމަށް ވުރެ މިހާރު ވެސް ހުރި މުއައްސާތައް ބޭނުން ކުރުން މާ ރަނގަޅުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2019 26
ހަސަންގެ ގާނޫނީ ހައްގުތަކެއް ގެއްލުނު: ޖަމީލް

ސާބިތު ދަރަނީގެ މައްސަލަ އޮތުމުން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިނުގަތުމުގެ ސަބަބުން ހަސަންގެ ގާނޫނީ ހައްގުތަކެއް...

February 27, 2019 24
ހަސަންގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގައިފި

ސާބިތު ދަރަނީގެ މައްސަލަ އޮތުމުން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް، ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި...

25 ފެބުރުއަރީ

February 25, 2019 110
ކުރީގެ ނައިބު ރައީސުން ވަނީ މަގުމަތިވެފައި: މެމްބަރުން

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން މަގުމަތިވެފައިވާ ކަމަށާއި އެ ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަމާއި އިނާޔަތް ލިބެން ވާނެ ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

19 ފެބުރުއަރީ

February 19, 2019 30
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ

ޝަރުއީ ނިޒާމް ކުރިއަރައި ދިއުމަކީ ރާއްޖޭގެ ހުކޫމަތަށް މުހިންމު ކަމެއް ކަމަށާއި ސިޔާސީ ބޭފުޅުން އެ ނިޒާމުން އެއް ފަރާތް ވާން ޖެހޭ ކަމަށް ވިދާޅުވެ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައި އޮންނަ ގޮތަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

15 ފެބުރުއަރީ

February 15, 2019 25
ޒީރޯ ޓޮލެރަންސަށް ބޭނުންވަނީ ފިޔަވަޅު އެޅުން: ޖަމީލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބައިވެރިވެފައިވާ ހުރިހާ އެންމެން މަގާމުތަކުން ވަކިކުރަން ޖެހޭ ކަމަށާއި ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ދޭން ޖެހޭނީ އެގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

29 ޖެނުއަރީ

January 29, 2019 18
އިންޑިއާގެ ވަށް މޭޒު ޖަލްސާއަށް ރާއްޖޭގެ އިސް ވަފުދެއް

އިންޑިއާ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތިންކް ޓޭންކަކުން ބާއްވާ ވަށް މޭޒު ޖަލްސާއެއްގައި ބައިވެރިވާން ރާއްޖޭގެ ސިޔާސީ އިސް ވެރިންތަކެއް ހިމެނޭ ވަފުދެއް އެ ގައުމަށް ހިނގައްޖެ އެވެ.

27 ޖެނުއަރީ

January 27, 2019 41
"އެމްޑީޕީން ހުށަހެޅި ސިޔާސަތު ގާނޫނުއަސާސީއާ ޚިލާފް"

ޝަރުއީ ދާއިރާ އަށް އިސްލާހު ގެނައުމަށް އެމްޑީޕީން ހުށަހެޅި ސިޔާސަތު ގާނޫނުއަސާސީއާ ޚިލާފް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

25 ޖެނުއަރީ

January 25, 2019 59
ޑރ. ޖަމީލް ޖަނާޒާއެއްގައި ހުންނަވަނިކޮށް ދިމާކޮށްފި

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޖަނާޒާއެއްގައި މިއަދު ހުންނަވަނިކޮށް މީހަކު ސިޔާސީ ގޮތުން މަލާމާތްކޮށްފި އެވެ.

24 ޖެނުއަރީ

January 24, 2019 54
މިއީ ރިޔާސީ ނިޒާމެއް، އެކަން ދަމަހައްޓަންޖެހޭ: ޖަމީލް

ރާއްޖެ އަށް ގެނެސްފައި އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިސް ވާންޖެހޭނީ އެ ނިޒާމް ހިފަހައްޓާނެ މަޖިލީހަކަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

20 ޖެނުއަރީ

January 20, 2019 45
ރަސޫލާއަށް ފުރައްސާރަ ކުރާއިރު ފިޔަވަޅެއް ނާޅާ: ޖަމީލް

ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ފުލުހުން ނާޅާތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2018 57
ޑރ. ޖަމީލް ވިލިމާލެ ދާއިރާ އަށް ވާދަކުރައްވަނީ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިލިމާލެ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

21 ޑިސެމްބަރ

December 21, 2018 74
"މުޒާހަރާއަކީ ކޯލިޝަން ރޫޅެން އުޅޭ ކަމުގެ ނިޝާނެއް"

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި ވާދަކުރުމާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުންގެ މަޝްވަރާއާ ގުޅުވައި މުޒާހަރާކުރުމަކީ ސަރުކާރު ހިންގާ ކޯލިޝަން ބައިބައިވުމުގެ ނިޝާނެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު، ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

17 ޑިސެމްބަރ

December 17, 2018 17
ޖިއާންގެ ހަށިގަނޑާ އެކު އާއިލާ ރާއްޖޭން ފުރައިފި

ހަދަމުންދާ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މިއަދު ނިޔާވި ރަވްޝާން ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ އާއިލާ މިރޭ ރާއްޖޭން ބަންގްލަދޭޝް އަށް ފުރައިފި އެވެ.