މިސްރުގެ ސުއޭޒް ސިޓީގެ އިރުއުތުރު ސަރަހައްދަށް 5.3 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީސީ) އިން ބުނި ގޮތުގައި މި ބިންހެލުން އައީ ޖީއެމްޓީން މެންދަމު 12:00 (ރާއްޖޭ ގަޑިން ފަތިހު 5:00) ގަ އެވެ. ބިންހެލުން އުފެދުނީ ސުއޭޒްގެ އުތުރު-އިރުއުތުރުން ގާތާގަނޑަކަށް 41 ކިލޯމީޓަރު (25 މޭލު) ގަ އެވެ.

ވެރިރަށް ގާހިރާގައި ހުރި އޭއެފްޕީގެ ނޫސްވެރިޔަކު ވަނީ މި ބިންހެލުމުގެ ލޮޅުންތައް އިހްސާސް ކުރެވުނެ ކަމަށް ބުނެފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ނުވަތަ އެއްވެސް ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ. -- އޭއެފްޕީ