ބާސެލޯނާ އާއެކު ޕީކޭ ކާމިޔާބުކުރި ކޮޕަ ޑެލް ރޭ ޓްރޮފީ އާއެކު ޝަކީރާ.--
05 ޖޫން 2022 - 07:01
ބާސެލޯނާ (ޖޫން 5) - ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ ޑިފެންޑަރު ޖެރާޑް ޕީކޭ އާއި ކޮލަމްބިއާގެ ޕޮޕް ލަވަކިޔުންތެރިޔާ ޝަކީރާގެ 11 އަހަރުވީ ގުޅުން ނިމުމަކަށް އަތުވެއްޖެ އެވެ.
"ވަރަށް ފުން ހިތާމައާ އެކު އެންމެންނަށް ޔަގީން ކޮށްދެން އަހަރެމެން ވަކިވާން ނިންމާފައިވާކަން. އަހަރެމެންގެ އެންމެ އިސްކަމެއް ދޭ ދަރިންނަށްޓަކައި ތި އެންމެންގެ ކިބައިން އެދެނީ އަހަރެމެންގެ ޕްރައިވެސީ އަށް އިހުތިރާމް ކުރަން،" ޝަކީރާ އާއި ޕީކޭ އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕީކޭ އާއި ޝަކީރާ އަށް ވަނީ ދެ ފިރިހެން ކުދިން ވެސް ލިބިފަ އެވެ. ފުރަތަމަ ދަރިފުޅު މިލާން ލިބުނީ 2013 ގަ އެވެ. އަދި ދެވަނަ ދަރިފުޅު ސާޝާ ލިބުނީ 2015 ގައެވެ.
"ހިޕްސް ޑޯންޓް ލައި" ލަވައިން މަޝްހޫރުކަން ހޯދި ޝަކީރާ، 45، އަދި ޕީކޭ، 35، ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ ހާމަކުރީ 2011 ވަނަ އަހަރުގެ މާޗު މަހު، ޝަކީރާ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ކައިވެންޏާ ހަމައަކަށް ނުދެ އެވެ.
ޕީކޭ އާއި ޝަކީރާ ދެ ދަރިންނާ އެކު.--
ދެ މީހުން ފުރަތަމަ ދިމާވީ މީގެ 12 އަހަރު ކުރިން 2010 ގައި ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ އޮފިޝަލް ލަވަ "ވައްކާ ވައްކާ (ދިސް ޓައިމް ފޯ އެފްރިކާ)" ޝޫޓް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ލަވައަށް ޔޫޓިއުބުގައި ވަނީ މިހާތަނަށް 3.1 ބިލިއަން ވިއުސް ލިބިފަ އެވެ.
ސްޕެއިންގައި ދެމީހުންގެ ގެއެއް ހުރި ނަމަވެސް، މި އަހަރުގެ ކުރީކޮޅު ޕޮޑްކާސްޓް ޝޯ އެއްގައި ޝަކީރާ ވަނީ، ކޮލަމްބިއާ އަދި ސްޕެއިންގެ ވަގުތު ދިމާ ނުވާތީވެ ބައެއް ފަހަރު އޭނާގެ ލޯބިވެރިޔާ ޕީކޭއާ ދެބަސްވާން ޖެހޭ ފަހަރު އަންނަ ކަމަށް ބުނެފަ އެވެ.
ޕީކޭ، ޝަކީރާ އަށް ބޭވަފާތެރި ވެގެން ދެމީހުން ދުރުވާން ނިންމާފައިވާ ކަމަށް ބައެއް މީޑީއާ ރިޕޯޓްތަކުން ހާމަ ކުރި ނަމަވެސް އެއިން އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެ އެވެ. އެކަމަކު ދެ މީހުންގެ ވެސް ގާނޫނީ މައްސަލަތަކެއް ސްޕެއިންގެ ކޯޓުތަކުގައި ކުރިއަށް އެބަ ދެއެވެ.
ޝަކީރާ އަށް ކުރިމަތިވެފައި ވަނީ ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތެވެ. ކޯޓުން ބުނި ގޮތުގައި 2012 އާއި 2014 އާ ދެމެދު ޓެކްސް ފައިސާގެ ގޮތުގައި 14.5 މިލިއަން ޔޫރޯ (15.5 މިލިއަން ޑޮލަރު) ޝަކީރާ ވަނީ ނުދައްކަ އެވެ. ނަމަވެސް ޝަކީރާ ވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.
ޕީކޭ އަށް ދިމާވެފައި ވަނީ ސްޕެނިޝް ސުޕަ ކަޕް ސައުދީ އަރަބިއްޔާގައި ހޯސްޓު ކުރަން ނިންމި ކޮންޓްރެކްޓުތަކުގައި ޕީކޭގެ ކުންފުންޏަކަށް މިލިއަނުން ކޮމިޝަން ފައިސާ ލިބުނު ކަމުގެ ތުހުމަތެވެ. މި ތުހުމަތުތަކަށް ޕީކޭ ވެސް އިންކާރު ކުރެ އެވެ.
ޕީކޭ އަކީ ބާސެލޯނާ އަށް ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ކުޅުންތެރިއެއްގެ އިތުރަށް ކުޅިވަރުގެ ގިނަ ކަންކަމަށް މިހާރު ވެސް އިންވެސްޓް ކުރަމުން ގެންދާ ޕީކޭ އަކީ ސްޕެއިންގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރިމަގުގައި ބާސެލޯނާގެ ރައީސްކަން ކުރާނެ ފަރާތެކެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
05 June 2022
މިކަމާ އެއްމެ އުފާވާނީ ޝަކީރާގެ ފުރަތަމަ ލޯބިވެރިޔާ އަހަރެމެންގެ ޅިޔަމް ޒޯން، އެސޮރު އެހުންނަނީ ޝަކީރާ ހުސްހަށި ވާނެ ދުވަހަކަށް..
އަލީ
05 June 2022
ފިރިހެންމީހާ އޭނާއަށް ވުރެން ބޮޑުތަނުން މުސްކުޅި މީހަކާ އިނީމަ މިހެންވަނީ.ޕްރިޔަންކާއަށްވެސް މިދަތުރު ޖެހޭނެ؛
ތުންފުހީގެ މިސާލު
05 June 2022
ކަލޯ އައްޔާ.... އެމީހުން މިހުރިހާ ދުވަހު ނުވެސް އިނދެޔޭ ދަރިން ހޯދައިގެން އެއުޅުނީ..އެނބުރޭ ވަހުތާނެއް ކަހަލަ ހިތެއް ގެންގުޅެންޏާ، އިނދެގެން އުޅުނަސް،އަދި ނޫޅުނަސް މިހެން ވާނީ..އެއީ އުމުރުން އެއްވަރުވިޔަސް އަދި ނުވިޔަސް އެކަން އޮތް ގޮތް.ކިތަންމެ ރަނގަޅު އަނތްބެއް އަދި ފިރިޔެއް ލިބުނަސް އުޅެން ނޭނގެންޏާ ވާނީ މިހެން.
އަލީ އަލީ
05 June 2022
އަދިވެސް ޓްވީޓާ ގަ ވާހަކަ ދެްކޭތޯ ބަލާ!
ޑެބީ
05 June 2022
ޕީކޭ ނުވިއެއްނު ފިރިހެނަކަށްވެސް. ތިހުރީ ޝަކީރާއަށް ހެދިގޮތް. ނިމުނީ ޕީކޭއަށް ކީއްކުރަން ޕީކޭ ކުޅޭ ޓީމަކަށްވެސް ސަޕޯޓުކުރުން. ދެން ކިޔާނީވެސް ފޭކޭ. އުއްމީދުކުރަން ޕީކޭ މިކޮމެންޓް ކިޔާފަ އެއްޗެއް ވިސްނޭނެކަމަށް.
ޖެރާރޑް ޕީކޭ
05 June 2022
ވަރަށް ދެރަވެ ލަދުގަނެއްޖެ ކުރެވުނު ކަންތަކާ މެދު. ދެން މިކަހަލަ ކަމެއް ތަކުރާރު ނުކުރާނަން. ޑެބީ އަޅުގަނޑަށް މަޢާފުކޮށްދެއްވާ!
ނީމޯޒްު
05 June 2022
މޭން ގޮޓް ޝަކީރާ، އެންޑް ސްޓިލް "ހިތް ނުފުރުނު".