މުނިފޫހިފިލުވުން / ޖެރާޑް ޕީކޭ

ޕީކޭ އަށް ޝަކީރާ މަލާމާތްކުރި ލަވަޔަށް ރެކޯޑެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ، އޭނާގެ ކުރީގެ ބައިވެރިޔާ ސްޕެއިންގެ ފުޓުބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭއާ އަށް ރައްދު ދީ ނެރުނު ވީޑިއޯ ލަވަޔަށް ޔޫޓިއުބުގެ ރެކޯޑެއް ލިބިއްޖެ އެވެ.

"އައުޓް އޮފް ޔުއާ ލީގު" ނަން ދީފައިވާ އެ ލަވައިގެ ވީޑިއޯ ވަނީ އަޕްލޯޑް ކުރިތާ 24 ގަޑިއިރު ތެރޭ 63 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބި، އެ މުއްދަތުގައި އެންމެ ގިނަ މީހުން ބެލި ލެޓިން ލަވައިގެ ރެކޯޑު މުގުރާލައިފަ އެވެ.

ލަވަކިޔުންތެރިޔާ ޝަކީރާ އަދި ފުޓު ބޯޅާ ކުޅުންތެރިޔާ ޕީކޭ

އާޖެންޓީނާގެ ޕްރޮޑިއިއުސަަރަކާ ގުޅިގެން ނެރުނު އެ ލަވަ މިހާތަނަށް 100 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ބަލާފައިވެ އެވެ،

ދެ މީހުންގެ ވަކިވުމާ ގުޅިގެން ޝަކީރާ ހެދި މިއީ ދެވަނަ ލަވަ އެވެ. މީގެ ތިން މަސްކުރިން "މޮންޓޯނިއާ" ކިޔާ ހިތާމަވެރި ލަވަޔެއް ވެސް އޭނާ ވަނީ ނެރެފަ އެވެ.

އުމުރުން 45 އަހަރުގެ ޝަކީރާ އަދި 35 އަހަރުގެ ޕީކޭ ލޯބީގެ ގޮތުން ގުޅިގެން 10 އަހަރު އުޅުމަށް ފަހު، ވަކިވީ މިދިޔަ އަހަރު އެވެ. އެ ދެމީހުންގެ، ދެ ދަރިން ވެސް ތިބެ އެވެ.

ޝަކީރާ އާއި ޕީކޭ އަދި އެ ދެމީހުންގެ ދެ ދަރިން

މި ދެ މީހުން ވަކިވީ ޕީކޭ އެހެން އަންހެނަކާ ގުޅުން ބޭއްވިކަމުގެ ތުހުމަތަށް ފަހުގަ އެވެ އެ ވާހަކަ ޝަކީރާގެ އާ ލަވާގައި ބުނެ އެވެ.

ޖެހުނު މައްސަލައާ ގުޅުވައި ޝަކީރާގެ ސްޕެނިޝް ލަވާގައި ރައްދު ދީފައިވާ ގޮތް ގިނަ ބަޔަކަށް ވަނީ މަޖާ ވެފަ އެވެ. ޕީކޭ މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ 23 އަހަރުގެ އަންހެން މީހާއާ ގުޅުވައި ލަވާގައި ބުނަނީ "އަހަންނަކީ އުމުރުން 22 އަހަރުގެ ދެ މީހުންގެ އަގު ހުރި މީހެއް" ކަމަށެވެ. އަދި ޝަކީރާ ވަނީ އޭނާއާ ޕީކޭގެ މިހާރު ލޯބިވެރިޔާ އަޅާކިޔަމުން އޭނާ އަކީ ފެރާރީއެއް ކަމަށާއި މިހާރު ގެންގުޅޭ މީހާ އަކީ ޓްވިންގޯއެއް ކަމަށް ވެސް ބުނެފަ އެވެ. އަގުހުރި ފެރާރީ ކާރެއްގެ ބަދަލުގައި ޕީކޭ ހޯދީ އަގު ހެޔޮ ޓްވިންގޯއެއް ކަމަށް އޭގައި މާނަކުރެ އެވެ.

މީގެ އިތުރުން ޕީކޭ ކެސިއޯ ގަޑިއެއް ހޯޑަން ރޮލެކްސް ގަޑިއެއް ދޫކޮށްލީ ކަމަށް ވެސް ބުނެ އެވެ.

ދެ މީހުންގެ ވަކިވުމާ ގުޅޭ ގޮތުން ޝަކީރާ ލަވަތައް ކިޔައި އެކި ވާހަކަ ދެއްކިޔަސް ރަސްމީ ސިފައެއްގައި ޕީކޭ މި ވާހަކައެއް ނުދައްކަ އެވެ.

10 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 8%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާނއެހެންޏަ

18 January 2023

ފެރާރީ އަކަސް ހިސާބަށްވުރެ ބާ ވީމަ އެއަށް ވުރެ ރަނގަޅުވާނެ ބްރޭންޑް ނިއު ޓްވިންގޯ އެއް.

The name is already taken The name is available. Register?

ޔޫސޭބެ

16 January 2023

ފަހުގެ ހާބުރި ދޯ! އަމިއްލަ ދިރިއުޅުމާ ގުޅުވައިގެން ލަވަހަދަނީ..

The name is already taken The name is available. Register?

2023

16 January 2023

ޢަދި އިނީވެސް ނޫނޭދޯ 2 ކުދިންނޯ..... ބޮއިހަލަކި

The name is already taken The name is available. Register?

ބީކޭ

15 January 2023

މުސްލިމު ފިރިހެނުން ނުޖެހޭނެ ގެންގުޅޭ ރޮލެކްސް އެއްލާލާކަށް ކެސިއޯއެއް ހޯދަންވީމަ. އަދި ކިއްތަ ސިޓިޒަން އައި ސީކޯ ވެސް އެޅޭނެ އެއްފަހަރާ!

The name is already taken The name is available. Register?

ގޮކޭ

16 January 2023

މުސްލިމު ފިރިހެނުން ކުރަން ހަމަ އެކަނި އޮންނަ ކަމަކީ އެއީ..

The name is already taken The name is available. Register?

ޕްރިޔާންކާ

15 January 2023

ދެން އެނގެންވާނެދޯ ޕީކޭ ކަހަލަ ޅަމީހެއް ފަހުން ދުއްވައިގަންނާނެކަން. އެއީ ވަކި ޕީކޭ އެއްނޫން އެންމެންގެވެސް ހާލު. ދެން މިހާރު ޕްރިޔަންކާވެސް އޮތީ ތިކަަމާ ބިރުން ރަޖާލައިގެން…

The name is already taken The name is available. Register?

މާފަންނުވިލާ ދުއްކާނު

15 January 2023

ޝަކީއަށްވުރެ މާ ޅަކުއްޖަކާ ޕީކޭ އަޅައިގަތީމަ ޝަކީއަށް ހަޖަމުނުވެ ޖޭވީ ދޯ. ދެން ރާބިއާ ނަހުލާއަށް ލަވަ ހެދުން ކަހަލަ ކަމެއް ތިއީ

The name is already taken The name is available. Register?

ސައިނީސް

15 January 2023

މިހެންވާތީ އޭ ކާބައިން ބުނެއުޅެނީ އެހާ ފަރަގު ބޮޑުކޮށް އަންހެނުންނާ ނީންނާށޭ ދޯ!

The name is already taken The name is available. Register?

ކައިލީ ޖެނާ

15 January 2023

ދެން ކެސިއޯ އިން ދިން ރައްދު ވެސް ހިމަނާލިނަމަ ދޯ.. “ޝަކީރާ އާއި ޕީކޭގެ ގުޅުމަށްވުރެ ކެސިއޯ ގަޑިތަކުގެ ބެޓެރީގެ އުމުރު ގިނަ ދުވަހު ހިފަހައްޓާނެ”

The name is already taken The name is available. Register?

ތައްހާން

15 January 2023

ޕީކޭއަށް ކުރި މަލާމާތަކަށްވުރެ ބޮޑަށް ޅަ އަންހެން ކުއްޖަކަށް ކުރި ފުރައްސާރައެއްނު ތީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454