މަންޔާ ސިންގް.
25 އޮކްޓޯބަރ 2022 - 06:53
ފެމިނާ މިސް އިންޑިއާ 2020 ގެ ދެވަނައަށް ހޮވުނު މާންޔާ ސިންގް، ބިގްބޮސް 16 އިން ކަޓައިފި އެވެ.
ކަލާސް އިން ދައްކަމުން އަންނަ ކާމިޔާބު ޝޯ، ބިގްބޮސްގައި މިދިޔަ ހަފްތާގައި ނޮމިނޭޓްވީ މާންޔާގެ އިތުރުން ސުމްބުލް ތައުގީރާއި ޝާލިން ބަނޮތެވެ. އެކަމަކު އެންމެ މަދުން ވޯޓު ލިބުމުން ރޭގެ އެޕިސޯޑުގައި ޝޯއާ އަލްވަދާއު ކިޔަން ޖެހުނީ މާންޔާ އަށެވެ.
ޝޯ އިން މާންޔާ ކެޓީ މިހަފްތާ ބަންދުގެ އެޕިސޯޑުގައި އޭނާގެ ފަރާތުން ފެނުނު ކަންތައްތަކުގެ ސަބަބުން ބެލުންތެރިންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވުމަށް ފަހު އެވެ. އަދި އޭނާ ޝޯއިން ވަކިކުރުމަށް ވެސް ގޮވާލި އެވެ.
ޝޯގެ އިތުރު ބައިވެރިއެއް ކަމަށްވާ، ސޯންދަރިޔާ ޝަރްމާ ދަށްކޮށްލުމުގެ ގޮތުން އޭނާއާ ފިރިހެނުންނާ އަޅުވާ ދެއްކި ވާހަކަތަކުގެ ސަބަބުން ބެލުންތެރިން ވަނީ މިސް އިންޑިއާ ތަމްސީލުކުރި މީހެއްގެ ފަރާތުން އެހާ ދަށު ދަރަޖައިގެ ވިސްނުމެއް ފެނިދާނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށް ބުނެފަ އެވެ. މީހުން ބުނެފައި ވަނީ އޭނާއާ ހެދު ގައުމަށް ހުތުރު ނަމެއް ލިބޭ ކަމަށާއި އެހެންވެ އޭނާ ވަކިކުރަން ޖެހޭ ކަމަށެވެ.
މި ބަހުސް ފެށުނީ ދެ މީހުންގެ މެދުގައި އޮތް ޒާތީ ކަމެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ. އެއީ އެކަމުގައި ސޯންދަރިޔާ ބުނާ ގޮތުން ނަމަ، އޭނާއަށް ބިގްބޮސްގެ ކުރިން ވެސް މާންޔާ އެނގޭ ސަބަބަކީ މާންޔާގެ ބަދަލުގައި މިއުޒިކް ވީޑިއޯއަކަށް އޭނާ ނެގުމެވެ.
ތިން ހަފްތާއެއްހާ ފަހުން މާންޔާ ޝޯ އިން ކެޓިއިރު ކުރީކޮޅުގައި އޭނާގެ ފަރާތުން މާބޮޑު ބައިވެރިވުމެއް ވެސް ޝޯއަކުން ނުފެނެ އެވެ. އެކަމަކު މިދިޔަ ހަފްތާއެއްހާ ދުވަހުގައި ގޭތެރޭގައި ހިނގާ ކަންމުގެ ތެރޭގައި ބައިވެރިވެ އުޅުނު މަންޒަރު ފެނިފައިވެ އެވެ.
ޝޯގައި އޭނާ އުޅުނުއިރު އޭނާއަކީ މިސް އިންޑިއާއަށް ވުމުގެ ސަބަބުން އެކަމާ ވަރަށް ފަހުރުވެރިވެގެން އުޅުނު މަންޒަރު ވެސް ފެނުނެވެ. އޭނާ ވަނީ ޝޯގެ ބައިވެރިވާ، އަދި މަޝްހޫރު ޓީވީ ތަރި، ޝްރީޖިތާއަކީ "ހަމައެކަނި ޓީވީ އެކްޓްރެސް" އެއް ކަަމަށް ބުނެ ދަށްކޮށްލުމުގެ ގޮތުން ވެސް ވާހަކަ ދައްކައިފަ އެެވެ. އަދި އޭނާއަކީ އިންޑިއާގެ އެމްބަސެޑަރެއް ކަމަށް ބުނެ ފަހުރުވެރިވެ ވާހަކަ ދެއްކި އެވެ.
އެކަމާ ގުޅިގެން ޝޯ ހުށަހަޅާ ސަލްމާން ޚާން ވެސް ވަނީ "އަމިއްލަ މީހާ ފެނިފައި ހުންނާތީ" މާންޔާއަށް ފާޑުކިޔައިފަ އެވެ. މާންޔާގެ އެ ކޮމެންޓާ ގުޅިގެން، ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ތަރިންތަކެއް ވަނީ އެމީހުންގެ މަސައްކަތް ދަށްކޮށް، މާންޔާ ދެއްކި ވާހަކަތަކާ މެދު ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި އޭނާއާ ދެކޮޅަށް ނިކުމެ ވާހަކަ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2022
25 October 2022
ޢައިސޯއަ ފަސްޓްޓައިން ހަމަ ރީތި ތިކުއްޖާ...ބޮއިހަލަކި
ކެތެރިން ކެތީ
25 October 2022
މީއާ ޚަލީފާ އާ ވައްތަރުގޮތެއް ހުރޭ.... ހްމްމްމްމް