ޮޕަތާން ފިލްމުގެ ޕޯސްޓަރެއްގައި، ޝާހްރުކް ހާނާއި، ދީޕިކާ ޕަދުކޯން (ވ) އަދި ޖޯން އަބްރަހަމް (ކ)
06 ފެބުރުއަރީ 2023 - 06:53
ބޮލީވުޑްގެ ބޮކްސްއޮފީހުގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަަނީއެއް ހޯދި، ހިންދީ ބަހުން ނެރުނު ފިލްމަކަށް، ޝާހްރުކް ހާންގެ ބްލޮކްބަސްޓާ، "ޕަތާން" ފިލްމު ވެއްޖެ އެވެ.
ހަތަރު އަހަރަށް ފަހު ސިނަމާތަކަށް ޝާހު އެނބުރިއައި މި ފިލްމުގެ ބޮކްސްއޮފީސް ގްލޯބަލް ކަލެކްޝަން މިހާރު ވަނީ 88.9 މިލިއަން އެމެރިކާ ޑޮލަރު ލިބިފަ އެވެ.
މީގެ ކުރިން އެ މަގާމުގައި އޮތް، 2016 ވަނަ އަހަރު ނިކުތް އާމިރް ހާންގެ "ދަންގާލް" ފަހަތަށް ޖައްސާލުމަށް ފަހު، އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ބަހުގެ ފިލްމަށް މި ވިޔަސް، ހުރިހާ ގޮތަކުން އަދިވެސް، "ދަންގާލް" އުޅެނީ މާ ކުރީގަ އެވެ.
ޗައިނާގެ ބޮކްސް އޮފީހުގައި ބޮޑު މަގްބޫލުކަމެއް ހޯދި "ދަންގާލް" ފިލްމަށް 307 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ޗައިނާ ބަހުން ނެރުނު އެ ފިލްމުގެ ވާޝަނަށް އެކަނި ވެސް 231 މިލިއަން ޑޮލަރު ލިބުނެވެ.
ޕަތާން ސިނަމާތަކުގައި އެޅުވިތާ އަދި ވީ އެންމެ 11 ދުވަހެވެ. މި މުއްދަތުގައި ތާރީހީ ގިނަ ރެކޯޑުތަކެއް އެ ފިލްމުން އަންނަނީ މުގުރަމުންނެވެ.
ޕަތާންގެ ހީރޯ، ޝާހުރުކާއި ވިލަން، ޖޯން އަބްރަހަމް
ޝާހުގެ އިތުރުން ޖޯން އަބްރަހްމް، ދީޕިކާ ޕަދުކޯން އަދި ސަލްމާން ހާންގެ ކެމިއޯއެއް ވެސް ފެންނަ އެ ފިލަމުގައި މައިގަނޑު ވާހަކަ އަކީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންޓަކު، ހަނގުރާމަވެރި ގްރޫޕަކުން އިންޑިއާ އަށް ދޭން އުޅޭ ޓެރެރިސްޓު ހަމަލާއެއް ހުއްުޓުވުމަށް ކުރާ ކަންކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާންޑު
06 February 2023
ޝާހަކީ ހަމަ ޓޮމް.