އިންޑިއާގެ އެކްޓަރު އިޝާން ކައްތާރް
06 އެޕްރީލް 2023 - 06:58
އިންޑިއާގެ އެކްޓަރު އިޝާން ކައްތާރް އަށް، ނެޓްފްލިކްސް އިން ނެރެން ހަމަޖެހިފައިވާ ސީރީޒް "ދަ ޕާފެކްޓް ކަޕުލް" ގެ މުހިންމު ރޯލެއް ލިބިއްޖެ އެވެ.
އެލިން ހިލްޑަބްރޭންޑުގެ "ދަ ޕާފެކްޓް ކަޕުލް" ފޮތަށް ބިނާކޮށް ނެޓްފްލިކްސް އިން ހަދާ އެ ސީރީޒްގައި އިޝާން ފެންނާނީ، ހޮލީވުޑްގެ މަގްބޫލު ތަރިން ކަމަށްވާ ނިކޯލް ކިޑްމަން އާއި ލީވް ޝްރައިބާ އަދި ޑަކޯޓާ ފޭނިންގް ފަދަ އެކްޓަރުންނާ އެކު އެވެ.
އެ ސީރީޒްގައި އުޅޭ މެއިން ކެރެކްޓާއިންނާ ކާސްޓުން މިހާރު އިއުލާނުކޮށްފައިވާއިރު، އިޝާން ކުޅެން ހަމަޖެހިފައި ވަނީ ގްރޫމްގެ އެންމެ ގާތް އެކުވެރިޔާގެ ރޯލެވެ.
ބޮލީވުޑް ބަތަލާ، ޝާހިދް ކަޕޫރުގެ އެއްބަނޑު ކޮއްކޮ، އިޝާން އަށް ލިބުނު މިފުރަސަތާ އެކު ގިނަބަޔަކު އަންނަނީ އޭނަ އަށް މަރުހަބާ ކިޔަމުންނެވެ.
އިޝާން އިންސްޓަގްރާމުގައި ޝެއާކުރި ފިލްމުގެ ކާސްޓު ހިމެނޭ ޕޯސްޓަކަށް ކޮމެންޓުކޮށް މަރުހަބާ ކީ މީހުންގެ ތެރޭގައި، ކަރަން ޖޯހަރާއި، ޑިއާ މިރްޒާ އަދި އިޝާންގެ މަންމަ، ނީލިމާ އަޒްލީމް ހިމެނެ އެވެ. އަދި ޝާހިދުގެ އަންހެނުން މީރާ ރާޖްޕުޓް ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.
އިޝާން އެންމެ ފަހުން ފެނިފައި ވަނީ ކެޓްރީނާ ކައިފް އާއެކު މިދިޔަ އަހަރު ނިކުތް "ފޯން ބޫތު" ފިލްމުންނެވެ. އޭގެ ކުރިން، 2020 ވަނަ އަހަރު ނިކުތް މިރާ ނައިރްގެ ނެޓްފްލިކްސް ޝޯ "އަ ސުއިޓެބަލް ބޯއީ" އިން ވެސް އޭނާ ފެނުނެވެ.
ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި، މި މަސްތެރޭ ސީރީޒްގެ ޕްރޮޑަކްޝަން ފަށާނެ އެވެ. ނެޓްފްލިކްސް އިން ބުނިގޮތުގައި، ހަ އެޕިސޯޑުގެ މި ސީރީޒް ޑައިރެކްޓުކުރާނީ އެމީ އަދި އޮސްކާ އެވޯޑު ހޯދާފައިވާ ޑައިރެކްޓަރު ސުޒޭން ބިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދާނޯމޮސް
06 April 2023
ޝާހިދުކަޕޫރުގެ ފެމެލީ އަކީ ވަރަށް މޮޅަށް އިނގިރޭސިބަހުން ވާޖަކަދަށް ކަންމޮޅު ބަޔަކު ތިބޭ ފެމެލީއެކެވެ. ޝާހިދަކީވެސް ވަރަށް ޕްރަނައުންސް ކުރާ އެކްޓަރެކެވެ. މީނަގެވެސް އެހުނަރު ހުރީމާ ލިބުނު ޗާންސެކެވެ.