އެމެރިކާގެ ރޮކް މިއުޒިކްގެ ލެޖެންޑު، ޓީނާ ޓާނާ.
25 މެއި 2023 - 14:52
"ދަ ބެސްޓް" އާއި "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ އެމެރިކާގެ ރޮކް މިއުޒިކްގެ ލެޖެންޑު، ޓީނާ ޓާނާ އުމުރުން 83 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
ބޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އޭނާ މަރުވީ ބަލިވެ އުޅޭތާ ވަރަށް ގިނަ ދުވަސްވީ ފަހުންނެވެ. މިދިޔަ އަހަރުތަކުގައި އޭނާ ވަނީ ސިއްހީ އެކި މައްސަލަތައް ދިމާވެގެން ފަރުވާ ހޯދައިފަ އެވެ. ކެންސަރާއި ސްޓްރޯކެއް ޖެހި އަދި ކިޑްނީ ފެއިލްވެގެން ވެސް އޭނާ ފަރުވާ ހޯދި އެވެ.
ޓީނާ ޓާނާ އެންމެ ފުރަތަމަ މަޝްހޫރުވީ 1960ގެ އަހަރުތަކުގައި އޭނާގެ ކުރީގެ ފިރިމީހާ އައިކްއާއެކު ކިޔާފައިވާ "ޕްރައުޑް މެރީ" އާއި "ރިވާ ޑީޕް" އަދި "މައުންޓެއިން ހައި" ފަދަ ލަވަތަކުންނެވެ.
ގެވެށި އަނިޔާގެ މައްސަލައެއްގައި 1978 ވަނަ އަހަރު އައިކް ކައިރިން ވަރިވުމަށް ފަހު، 1980ގެ އަހަރުތަކުގައި އޭނާ ނެރުނު ލަވަތަކުން މާ ބޮޑު ކާމިޔާބީއެއް ހޯދި އެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ ރޮކް އެން ރޯލް މިއުޒިކުގެ ރާނީގެ ގޮތުގަ އެވެ.
ޓީނާ ޓާނާ ވަނީ އެމެރިކާގެ މިއުޒިކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ގްރޭމީސް އަށް ފަހަރެއްގެ މަތިން ހޯދައިފަ އެވެ.
ޓީނާ ޓާނާ ދެ ކައިވެންޏެއް ކުރި އިރުގައި އޭނާއަށް ލިބުނު ދެ ފިރިހެން ދަރިން ވެސް ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަފުތާ އެވާރޑު
27 May 2023
ދުނިޔެ އެދޫކުރީލަވަޔާއި މިއުސިކުގެ ތެރޭގައި އިސްލާމްވި ކަމެއް އެނގިފައެއް ނެތް ޔާﷲ އަޅަމެން މުސްލިމުންގެގޮތުގައި މަރުގަންނަވާ ހަރާމް ކަންތައްތަކުން ދުރުހެލިވެގެންވާ ބަޔަކު ކަމުގައި ވަނިކޮށް މަރުގެންދަވާދޭނވެ
ރަދީފްއޮފިޝަލް
25 May 2023
އަހަރުމެންގެ ރަންޒަމާނުގަ ޓީވީއެމުން ފޮނުވި ސްޕޮޓްލައިޓް ، ސިއެސްޓާ އަދި އިންދަ މޫޑް ފަދަ ޕްރޮގްރާމްތަކުން ޓީނާގެ ލަވަތައް ފެނުނު.މިއަދު ކޮންމެ މީހެއްގެ ފޯނުން ފަސޭހައިން ލަވަތަކުގެ ލައިރިކްސް ބަލާލެވުނަސް އޭރު އަހަރުމެން ބަލަނީ ''އިޔާ ބުކް'' ކިޔާ އެއްޗަކުން.ހެހެހެހެ.މިއަދުގެ ޒުވާނުންނަށް އަހަރުމެންގެ ސްޓްރަގަލް އެނގޭބާ.ވ.ވެދުން
4321
25 May 2023
އިންތިބޭދޯ ޕުރޮގުރާމު ގެނަސްދެނީ.
ރަދީފްއޮފިޝަލް
25 May 2023
ޔޭސް ބްރަދާ.
ޙަސަން އަޙްމަދު
25 May 2023
ހީވާ ގޮތުން ކަލޭ އުމުރު އުޅޭނީ 45-55 މަށަކީ ވެސް ސްޕޮޓްލައިޓް ޕްރޮގްރާމްގައި ޓީނާ ޓާނާގެ ލަވަތައް ދެއްކި އިރު ޓީނޭޖަރެއް.
ރަދީފް ބީޓާ
27 May 2023
ލައިރިކްސްއެއްނޫން ލިރިކްސް… ދެން އެހެންވެސް ވެދާނެ މުސްކުޅިފުޅުވީމަ