އަރުޖުން ކަޕޫރާއި މަލައިކާ އާރޯރާ.
28 އޯގަސްޓް 2023 - 05:57
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ރުޅިވި ކަމަށް ބުނާ އަޑުތައް ގަދަވެފައި ވަނިކޮށް، އެއީ ދޮގެއް ކަމަށް ބުނާ އިޝާރާތެއް އެ ތަރިން ދީފި އެވެ.
މިފަހުން އެ އަޑުތައް ގަދަވީ މަލައިކާ ނުލައި އަރުޖުން ޗުއްޓީ ހޭދަކުރަން ދިއުމުންނެވެ. އެއީ މީގެ ކުރިން އެ ތަރިންނަކީ އަބަދުވެސް އެކީގައި ޗުއްޓީ ދަތުރުތަކުގައި ދާ ކަޕުލްއަކަށް ވާތީ އެވެ.
އަރުޖުން، މައިލަކާއަށް ލަނޑު ދިނީ ކަމަށާއި އޭނާ މިހާރު އުޅެނީ ސޯޝަލް މީޑިއާ އިންފްލުއެންސާ، ކުޝާ ކަޕީލާއާ ރައްޓެހިވެގެން ކަމަށް ބުނާ އަޑުތަކެއް ވެސް ފެތުރުނެވެ. އެކަމަކު، ކުޝާ ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.
ދެތަރިން ރުޅިވި ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އަރުޖުން ވަނީ މަލައިކާ އޭނާގެ ކުއްތާގެ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމުން އެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އަރުޖުން، 38، އާއި މަލައިކާ، 49، ރައްޓެހިވީ 2018 ގަ އެވެ. އެ ދެ މީހުން ކައިވެނިކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް މިފަހުން ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.
މަލައިކާ އަކީ ކުރީގެ ކައިވެންޏަށް ޒުވާން ދަރިޔަކު ހުރި މީހެކެވެ. އޭނާގެ 20 އަހަރުގެ ދަރިފުޅު އަރުހާން ހާންގެ ބައްޕަ އަކީ ސަލްމާން ހާންގެ ކޮއްކޮ އަރުބާޒް ހާނެވެ. މަލައިކާ އާއި އަރުބާޒް ވަކިވީ 2017 ގަ އެވެ. އަރުޖުން އަކީ އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރި
29 August 2023
ދެން ރުޅިވީ ޔޯ! ދެން?
ޢިހްސާސް
28 August 2023
ރަގަޅަށްލިޔޭ. އެދެމީހުން ރަށްޓެހިވީ 2018 ގައެއްނޫން. އެއަށްވުރެ ކުރިން.