"ރޮބޯމޭން" އުފެއްދުމުގެ އެއްބަސްވުމުގައި މީޑިއާނެޓްގެ ފަރާތުން މުހައްމަދު އިކްރާމް އަދި އޯކޭޒްއިންކްގެ ފަރާތުން މުހައްމަދު މުންތަސިރް (މުންކޮ) ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ.-- ފޮޓޯ: އޯކޭޒްއިންކް
13 މެއި 2024 - 07:09
އާންމުން މުނިފޫހިފިލުވައިދިނުމުގައި މަޝްހޫރު ރޮބޯމޭންގެ ކެރެކްޓާ އަށް ބިނާކޮށް "ރޮބޯމޭން ދަ މޫވީ"ގެ ނަމުގައި ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފަ އެވެ.
މި ފިލްމު އިއުލާންކުރީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް މިދިޔަ ހުކުރު ދުވަހު އެވެ.
"ރޮބޯމޭން ދަ މޫވީ" ފިލްމު އަދި ވީޑިއޯ ޕްރޮޑަކްޝަންގައި ފާހަގަކޮށްލެވޭ އޯކޭޒްއިންކް އާއި މީޑިއާނެޓް ވީޑިއޯ ކްލަބް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ބައިސްކޯފްގެ މަޝްހޫރު ސިޓްކޮމް "ކަރުހަކުރު" ގެނެސްދިން މުހައްމަދު މުންތަސީރް (މުންކޮ) އާއި މަޝްހޫރު ޑައިރެކްޓަރު އަދި ކުރީގެ އެކްޓަރު އިބްރާހިމް ވިސާމް (ކަނޑި) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ.
ރޮބޯމޭންއަކީ މީގެ އަށް ވަރަކަށް އަހަރު ކުރިން ކުޑަކުދިންގެ ހަފުލާތަކާއި މުނިފޫހިފިލުވުމުގެ އެކި އިވެންޓުތަކުން އާންމުންނަށް ފެންނަން ފެށި ކެރެކްޓާއެކެވެ. މޫނު ފޮރުވަން އަޅި ކުލައިގެ ހާއްސަ މާސްކެއް އަޅައިގެން ހުންނަ ރޮބޯމޭން އަކީ އަސްލު ކާކު ކަމެއް ނޭނގެ އެވެ.
ސަރުކާރުން ވަނީ ހުނަރުވެރި، ފަންނުވެރި އަދި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީ އަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ކަމަށް ކަނޑައަޅައި، ރޮބޯމަން އަށް މިދިޔަ އަހަރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދީފަ އެވެ.
މި ފިލްމާ ބެހޭ ގޮތުން މުންކޮ ބުނީ، މިއީ ކުޑަކުދިންނަށް ހާއްސަ ކުރާ ފިލްމެއް ކަމަށެވެ. އަދި މި ފިލްމު ގެނެސްދޭނީ އެންމެން އެކުގައި ނުވަތަ އާއިލާއާ އެކު ތިބެގެން ވިޔަސް ބަލައިލެވޭނެ ފިލްމެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.
"އެންމެ އެކުގައި ތިބިގެން މިހެން ބަލައިލެވޭ ކަހަލަ ފިލްމެއް މިހާރު ވަރަށް ނާދޭ، އެހެންވެ އެ ތިންކިންގައި މި ފިލްމު މި ހަދަނީ،" އޭނާ ބުންޏެވެ.
"ރޮބޯމޭން" އުފެއްދުމުގެ އެއްބަސްވުމުގައި ޑައިރެކްޓަރު މުހައްމަދު މުންތަސިރް (މުންކޮ) ސޮއިކުރަނީ.-- ފޮޓޯ: އޯކޭޒްއިންކް
މުންކޮ ބުނި ގޮތުގައި، ވަރަށް އަވަހަށް މި ފިލްމުގެ "ކާސްޓިން ކޯލް"އަކަށް ހުޅުވާލާނެ އެވެ. އެއީ ފިލްމުގެ ބައެއް ރޯލުތަކަށް ކުޑަކުދިންނާއި އެހެން އެކްޓަރުން ނެގުމަށެވެ.
އޭނާ ބުނީ މި ފިލްމު ގެނެސްދެވޭނެ ތާރީހެއް ބުނަން އަދި ނޭނގުނު ނަމަވެސް، މިހާރު ޕްލޭންކޮށްފައި އޮތް ޝެޑިއުލްއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. އަދި މި އަހަރު ފަހުކޮޅު މި ފިލްމު ގެނެސްދިނުމަށް އަމާޒުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
15 May 2024
އާއިލާ އެންމެން އެކުގައި ބަލަންކެރޭގޮތަށް ފިލްމުތައް ހެދުން ވަރަށް މުހިންމު.ހަމައެޔާއެކު، ފިލްމުގެ ޑައިލޮގްތައް ދިވެހިބަހުގެ ހަމަތަކާއި (ކުށް ނުލާ) އެއްގޮތަށް ހުރުންވެސް ވަރަށް މުހިންމު. މިހާރުގެ ގިނަ ފިލްމުތައް ކޮލިޓީ ރަނގަޅުވިޔަސް، ވާހަކަދެއްކުމުގައި ބަހުގެ ހަމަތަކަށް އެއްގޮތަކަށްވެސް ނުވިސްނައޭ ބުންޏަސް ދޮގަކަށް ނުވާނެ. މިކަމާވެސް ވިސްނާނެ ކަމަށް އުންމީދުކުރަން.
ގުއިޑޯ
14 May 2024
ރަނގަޅު ކަމެއް. ކުޑަކުދިން ވަނީ ރޮބޯމޭން ބަލައިގެންފަ.
ކާލާމަންނަ
13 May 2024
ރޯބޯމޭން ޝަރަފުވެރިކޮށްދޭން ގެންދާތި ގައުމިއްޔަތުމިނިސްޓަރު.
ފިލްމަށް ލިޔާނެ ވާހަކަ ހުސްވުން
13 May 2024
ކީކޭ ދެން ބުނާނީ. ސާސްކަފު ލަނޑުދަޑީގެ ބައެއް މި ވެރިން މި އުޅެނީ ފުރިހަމަ ކުރަން. ތި މާސްކް މޭން އަށް ކިހާ ވަރެއްބާ ޕޭ ކުރަނީ ؟؟.
2024
13 May 2024
މާނައަކީ ރައިސްގެ ޚާއްސަ އިނާމުބަލާ ދިޔައިރުވެސް ތިސޮތީކާކުކަމެއްނޭނުގުނޭ..... ބޮއިހަލަކި