ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރް.
22 ޖުލައި 2024 - 06:29
ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރްގެ ހާލު ރަނގަޅުވުމުން އޭނާ ހޮސްޕިޓަލުން ގެއަށް އިއްޔެ ދޫކޮށްލައިފި އެވެ.
ޖާންވީގެ ހާލު ދެރަވެގެން އިންޑިއާގެ މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ކާންވީގެ ބައްޕަ ބޯނޭ ކަޕޫރް އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް ނައު" އަށް ބުނީ ޖާންވީގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ ކަމަށެވެ. އަދި ހޮސްޕިޓަލުން އޭނާއަށް ވަރަށް ރަނގަޅަށް ފަރުވާދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކާނާ ވިހަވެގެން ޖާންވީ އެޑްމިޓްކޮށްފައި އޮތް އިރު އޭނާ ކައިރީގައި ހޮސްޕިޓަލުގައި ތިބީ ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ ހުޝީ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނެ އަޑު ފެތުރިފައިވާ ޝިކާރު ޕަހާރިޔާ އެވެ.
ޖާންވީގެ ފިލްމެއް އެންމެ އަވަހަށް ދެން ނުކުންނާނީ އަންނަ މަހު ދޭއްގަ އެވެ. އެއީ ތުރިލާ ފިލްމެއް ކަމަށްވާ "އުލްޖާ" އެވެ. އެ ފިލްމުގައި ޖާންވީއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ގުލްޝަން ދޭވައިއާ އާއި ރޯޝަން މެތިއު އަދި މެއިޔަން ޗަންގް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަންސި
22 July 2024
މި މަންޖެވެސް ކެއީ އައްޑޫގަ ހުންނަ ޕޮލިސް ފެސިލިޓީން ދޯ އެ ރޭ
ވެލެންޓީނޯ މައްކު
22 July 2024
ޖާނޫ. ފާޑުފާޑުގެ ކާއެއްޗެހި ނުކައިބަލަ ދޮންކޮޅާ. މަ މުޅިން ހަލާކު ވެދާނެ ޖާނުއަށް ކަމެއް ވެއްޖިއްޔާ.
ސައްލޫ ބާއީ
22 July 2024
ތިޔަކަހަލަ ހޭޓްއެޓޭކް ޖެހޭ ކަހަލަ ޙަބަރު ނުދެއްޗޭ މަގާ ޖާނޫ ޑާލިން.