"ޕުޝްޕާ"ގެ އެކްޓަރު އައްލޫ އަރްޖުން ހައްޔަރުކޮށްގެން ގެންދަނީ.
24 ޑިސެމްބަރ 2024 - 06:23
"ޕުޝްޕާ 2" ޕްރިމިއާކުރުމަށް ހައިދަރުއާބާދުގެ ސިނަމާއެއްގައި ބޭއްވި އިވެންޓުގައި ފިތިބާރުވެގެން މަރުވި މީހާގެ އާއިލާއަށް އެ ފިލްމުގެ ޕްރޮޑިއުސަރު ފަސް މިލިއަން ރުޕީސްގެ އެހީއެއް ދީފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ޕުޝްޕާ"ގެ ޕްރޮޑިއުސަރު ނަވީން ޔެރްނޭނީ ވަނީ އެ ހާދިސާގައި މަރުވި އަންހެން މީހާގެ އާއިލާއަށް އެހީގެ ގޮތުގައި ފަސް މިލިއަން ރުޕީސް ދީފަ އެވެ. އެ ފައިސާ އާއިލާއާ ހަވާލުކުރީ ނަވީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އެ ހާދިސާގައި އަނިޔާވި އަންހެން މީހާގެ ދަރިފުޅުގެ ހާލު ބެލުމަށް ނަވީން ހޮސްޕިޓަލަށް ދިޔުމަށް ފަހުގަ އެވެ. އެ ކުއްޖާއަށް ފަރުވާދެނީ އިންޑިއާގެ މަޝްހޫރު ކިމްސް ހޮސްޕިޓަލުގަ އެވެ. އަންހެން މީހާގެ އާއިލާގެ ފަރާތުން ފައިސާގެ ޗެކާ ހަވާލުވީ އޭނާގެ ފިރިމީހާ އެވެ.
BREAKING: Cheque of ₹5⃣0⃣ lacs given to Allu Arjun's Pushpa 2 stampede victim family by the film's producer. pic.twitter.com/gaPlcQU7DC
— Manobala Vijayabalan (@ManobalaV) December 23, 2024
އެ ކުއްޖާއަށް އަދިވެސް އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނައިރު، ބޭސްފަރުވާގެ ހުރިހާ ހަރަދެއް ކޮށްދެނީ "ޕުޝްޕާ"ގެ ލީޑު އެކްޓަރު އައްލޫ އަރްޖުން އެވެ.
އަންހެން މީހާ މަރުވި މައްސަލާގައި ހައިދަރުއާބާދުގެ ފުލުހުން ވަނީ އައްލޫ އަރްޖުން ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް، އަންހެން މީހާގެ އާއިލާއިން އެކަމާ ދެކޮޅު ހެދި އެވެ. އަރްޖުންގެ ވަކީލުން ވަނީ ޓެލަންގާނާ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށް، ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފަ އެވެ.
އަރްޖުން ވެސް ބައިވެރިވި އެ އިވެންޓު ބޭއްވީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހައިދަރުއާބާދުގެ ސަންދިޔާ ތިއޭޓަރުގަ އެވެ. އެ ފިލްމު ބަލަން ދިޔަ މީހުންނާއި އަރްޖުން ދެކިލަން ސިމަނާ ކައިރިއަށް އެއްވި މީހުންނާ އެކު، އެ ސަރަހައްދު އޮތީ ފުރި ބާރުވެފަ އެވެ. އެ ހާދިސާގައި މަރުވީ ކުޑަކުއްޖަކު ގޮވައިގެން އެ ފިލްމު ބަލަން ދިޔަ އަންހެނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓޭމްޕީޑު ޕޮޑު
24 December 2024
މަބުނީ އަނެއްކާ މިއީ މިކަހަލަ އެއްވުންތަކުގައި އާންމުކޮށް ވާ ކަމަކަށް ހަދާފާނޭ ބަޔަކު މީހުން އާމްދަނީ ހޯދަން... ވަރަށް ބަލައިގެން އުޅެންވާނީ ދެން... މިހާރު ތިޔަ އޮތީ ފޮޅުވަތެއް އަޅާ ދެވިފައި.
ފައިލު
24 December 2024
50 ލައްކަ ދިނީ.
އަޅި އަލީ
24 December 2024
ދޮންކަލޯ 50 ލައްކަ އެއީ ކިތައް މިލިއަންތޯ!
ޜައްޔިތު އަހުމަދު
24 December 2024
50 ލައްކަ އާއި 5 މިލިއަން އާއި އެއީ ދެ އަދަދެއްތަ؟ ޢެއްޗެއް ފެންނަ އިރައް ކޮމެންޓް ކުރެވޭތޯ ބަލާތި