އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ހޮލީވުޑްގެ އެކްޓްރެސް ޖެނިފާ ލޯޕޭޒް (ޖޭލޯ).
29 އެޕްރީލް 2025 - 06:07
ބާޒާރުގައި ތަކެތީގެ އަގު އުފުލުމުން ނުވަތަ އިންފްލޭޝަން ރޭޓު މައްޗަށް ދިއުމާ އެކު، ލޯބީގެ އަގު ވެސް މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ބުނެ އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ހޮލީވުޑްގެ އެކްޓްރެސް ޖެނިފާ ލޯޕޭޒް (ޖޭލޯ) ސަމާސާކޮށްފި އެވެ.
ޖޭލޯ މިދިޔަ އާދިއްތަ ދުވަހު އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓުކުރި މީމްއެއްގައި ބުނީ "ޑިއު ޓު އިންޕްލޭޝަން، މައި ލަވް ވިލް ކޮސްޓް އަ ތިންގް" ނުވަތަ ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ލޯބީގެ އަގު ވެސް މިހާރު ބޮޑުވެފައިވާ ކަމަށެވެ.
އެމެރިކާގެ އިގުތިސާދީ ހާލަތާ ގުޅުވައި ޖޭލޯ ޖެހި މި ޖޯކު ގުޅުވާފައި ވަނީ 2001 ވަނަ އަހަރު ނެރުނު އޭނާގެ މަޝްހޫރު ލަވަ "ލަވް ޑޯންޓް ކޮސްޓް އަ ތިންގް" ނުވަތަ "ލޯތްބަކީ އަގު ނުކުރެވޭނެ އެއްޗެއް"އާ އެވެ.
ޖޭލޯ އެ މީމް ހިއްސާކޮށްފައި ވަނީ އެމެރިކާގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް، ރިސެސްއަކަށް ހިނގައިދާނެ ކަމުގެ ބިރުބޮޑުވެ، އަދި ރައީސް ޑޮނަލަޑް ޓްރަމްޕުގެ ޓެރިފް ޕޮލިސީތަކުގެ ސަބަބުން އެ ގައުމުގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރާފާނެ ކަމަށް ހީވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޖޭލޯ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "އޮފީސް ރޮމޭންސް"ގެ ކޯ-ސްޓާރު ބްރެޓް ގޯލްޑްސްޓެންއާ އެވެ. ބްރެޓްއާ ރަށްޓެހިވުމުގެ ކުރިން ޖޭލޯ އުޅުނީ އެމެރިކާގެ އެކްޓަރު ބެން އެފްލެކްއާ ކައިވެނިކޮށްގެންނެވެ. ދެ އަހަރުގައި އެކުގައި އުޅުމަށް ފަހު އެމީހުން ވަރިވީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯލްޑް
29 April 2025
ގޯލްޑް ޑިގާސް.