ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާ.
08 އޮކްޓޯބަރ 2025 - 15:24
ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާއަށް އިންޑިއާ އިން ބޭރަށް ދަތުރުކުރެވޭނީ 60 ކްރޯޑް ރުޕީސް ދެއްކުމުން ކަމަށް މުމްބާއީގެ ހައި ކޯޓުން މިއަދު ބުނެފި އެވެ.
ޝިލްޕާ އާއި ރާޖް މަކަރާއި ހީލަތުން 60 ކްރޯޑް ރުޕީސް ހޯދި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އިންޑިއާގެ މުމްބާއީގެ ޕޮލިހުގައި މީހަކު އެދުނީ މިދިޔަ އޮގަސްޓް މަހު އެވެ.
މުމްބާއީ ފުލުހުންގެ އިކޮނޮމިކް އޮފެންސެންސް ވިންގް (އީއޯޑަބްލިއު) އިން މިހާރު ވެސް ތަހުގީގުކުރަމުން އަންނަ އެ މައްސަލަ ކޯޓުން ނިމެންދެން އެ ދެމަފިރިން ގައުމުން ބޭރަށް ދަތުރުކުރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް، ގައުމުން ބޭރަށް ދަތުރުކުރަން ބޭނުންވާތީ އެ ހުއްދަ ހޯދަން އެ ދެމަފިރިންގެ ފަރާތުން މުމްބާއީގެ ހައި ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އިންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓްކުރި ގޮތުގައި، ޝިލްޕާގެ ދެމަފިރިން މި މަހާއި އަންނަ ޑިސެމްބަރު މަހު ގައުމުން ބޭރަށް ދަތުރުކުރަން ބޭނުންވާތީ، އެ ހުއްދަ ދޭން އެ މީހުންގެ ވަކީލުން ވަނީ ހައި ކޯޓުގައި އެދިފަ އެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވެފައި ވަނީ އެ ދެމަފިރިން ހައްޔަރު ނުކޮށް ތިބީ މި މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭތީ ކަމަށެވެ. ނަމަވެސް، ރާޖަކީ އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ މީހަކަށް ވާތީ، ގައުމުން ބޭރަށް ދަތުރުކުރަން އެމީހުންނަށް ހުއްދަ ދީފި ނަމަ، ފިލުމުގެ ފުރުސަތު އެބައޮތް ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
އެހެންވެ، އެ ދެމަފިރިން އިންޑިއާ އިން ބޭރަށް ދަތުރުކުރަން ބޭނުންވާ ނަމަ 60 ކްރޯޑް ރުޕީސް ހައި ކޯޓަށް ދައްކަން ވަނީ އަންގައިފަ އެވެ. އެ ހުއްދަ ދިނުމާ މެދުގައި ގޮތެއް ނިންމާނީ އެ ފައިސާ ދެއްކުމުން ކަމަށް ވެެސް ކޯޓުން މިއަދު ނިންމި އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހު 14 އަށް ވަނީ ތާވަލްކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން އީއޯޑަބްލިއު އިން މިދިޔަ ހޯމަ ދުވަހު ވަނީ ޝިލްޕާގެ ބަޔާން ނަގައިފަ އެވެ. އޭނާގެ ބަޔާން ނަގަން އެ ގޭގައި ފުލުހުން ހަތަރު ގަޑިއިރު ހޭދަކުރި ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ދެމަފިރިންނަށް މި ސީރިއަސް ތުހުމަތު ކުރީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީ އެވެ. ދީޕަކްގެ ލޮޓަސް ކެޕިޓަލް ފައިނޭންޝިއަލް ސާވިސް ލިމިޑެޓުން ޝިލްޕާގެ ދެމަފިރިން 60 ކްރޯޑް ރުޕީސްގެ ލޯނެއް ނަގައި، އެ ރުފިޔާ އަނބުރާ ދައްކާފައި ނުވާ ކަމަށާއި އެ ފައިސާ ބޭނުންކުރި ގޮތް ވެސް އޭނާއަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިލްޕާ
09 October 2025
ޝިލްޕާ މިހާރު މަޝްހޫރުކަން ހޯދަނީ ފިލްމު ކުޅެގެން ނޫން ދޯ. އަބަދުވެސް މި ކަހަލަ ކަންތައް ގަނޑެއް ތެރޭ. ފިރި ސޮރު ޖަލުގަ ވެސް މާ ވަރުގަދަ ފިލްމެއް ޑައިރެކްޓް ކޮށްގެން.
އަޒްފާނު
08 October 2025
ކަރަން ޖައުހަރީގެ ކޮމެންޓަށް ތާއީދު ހަމަ..
ޝިފްލާ
08 October 2025
ޝިލްޕާ 2 ނުވަތަ 3 ފިލްމް ކުޅެލާ އޭރަށް ހަމަވީ! ޝިލްޕާ ގެ ރަންޒަމަާނުގަ އެއް ފިލްމް ވެސް ކުޅެދިނީ 60 ނޫނީ 50 ކުރޯޑަށް ދޯ! އެކަމަކު މިހާރު 15ކުރޯޑަށް ވެސް ޝިލްޕާ ލައްވާ ފިލްމެއް މީހަކު ނުކުޅުވާނެ ! އަނެއްކާ ކުރިން ހެން އެތައް ބައިވަރު ފިލްމެއް މިހާރަކު ނުއުފައްދާ! މިހާރު ފިލްމު ކުޅޭ ތަރިނަނަށް ވެސް ލިބެނީ އަހަރަކު 3 ފިލްމް ވަރު! ޝިލްޕާ މެންގެ ޒަމަާނު 90 ގެ އަހަރު ތަކުަގަ މީހަކު މަދުވެން 7 ފިލްމު ވަރު ކުޅެލާނެ! މިހާެުރުގެ ތަރިން 100 ކުރޯޑަށް ފިލްމެ