ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ.
24 ނޮވެމްބަރ 2025 - 12:53
ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ މިއަދު މަރުވެއްޖެ އެވެ.
އުމުރުން 89 އަހަރުގައި ދަރްމެންދުރަ މަރުވިކަން "ފިލްމުފެއާ" އާއި "ހިންދުސްތާން ޓައިމްސް" އިން ދެންމެ ވަނީ ކަށަވަރުކޮށްދީފަ އެވެ.
ދަރްމެންދުރަގެ ހާލު ގޯސްވެގެން އިންޑިއާގެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި މި މަހު ކުރީކޮޅު ފަރުވާދިނުމަށް ފަހު ގެއަށް ދޫކޮށްލީ މިދިޔަ ހަފުތާގަ އެވެ. މާ ބޮޑަށް ހާލު ދެރަވެ، ވެންޓިލޭޓަރުގައި ބާއްވައިގެން ވެސް އޭނާއަށް ފަރުވާދިނެވެ.
މިދިޔަ މަހު ފަހުކޮޅު ވެސް އޭނާ ވަނީ ހޮސްޕިޓަލުގައި ބާއްވައިފަ އެވެ. އެ ފަހަރު އޭނާ ބޭއްވީ މެޑިކަލް ޗެކަޕްތަކެއް ހެދުމަށްޓަކާ ހޮސްޕިޓަލުގައި މަޑުކުރަން އަމިއްލައަށް އެދިގެންނެވެ.
Veteran actor, #Dharmendra affectionately known as Bollywood’s ‘He-Man’ and ‘Dharam Paaji,' passed away today at the age of 89. His passing leaves behind an unmatched legacy of over six decades.#News pic.twitter.com/iqE7oXfXJL
— Filmfare (@filmfare) November 24, 2025
"ޝޯލޭ" އާއި "ޗުޕް ޗުޕް ކޭ" އަދި "ރާމް ބަލްރާމް" ކަހަލަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ދަރްމެންދުރަ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ތޭރީ ބާތޯ މެއިން އޭސާ އުލްޖާ ޖިޔާ" އިންނެވެ. އަދި އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކާއި އެކްޝަން، ކޮމެޑީ އަދި ޑްރާމާ ފިލްމުތައް ވެސް ހިމެނެ އެވެ.
Ambulance left #Dharam ji’s residence under high security.#FilmfareLens pic.twitter.com/HiSiZsZN8Z
— Filmfare (@filmfare) November 24, 2025
ދަރްމެންދުރަ މަރުވި އިރު، އޭނާގެ ދެ އަނބިންނާއި ހަ ކުދިން ތިބެ އެވެ.
ދަރްމެންދުރަގެ ހަގު އަތްނބަކީ ކުރީގެ މަޝްހޫރު އެކްޓްރެސް އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ހެމާ މާލިނީ އެވެ. ހެމާއަށް ދަރްމެންދުރަގެ ދެ ކުދިން ތިބޭއިރު، ދޮށީ ދަރިފުޅު އީޝާ ޑިއޯލް ކުރިން ފިލްމު ކުޅުނެވެ.
ދަރްމެންދުރަގެ ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ އެކްޓަރުންނެވެ. ސަނީ އާއި ބޮބީއަކީ ދަރްމެންދުރަގެ ދޮށީ އަނބި ޕްރަކާޝް ކޯރަށް ލިބުނު ދަރިންނެވެ. އެ އަތްނބަށް ހަތަރު ކުދިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަފިއްޔާ މޫސާ
25 November 2025
ފަރޭ ވީމަ މަރުވީ، އަމީތާބު އަވަހާރަ، ކޮބާ ނެތެންނު އިންސާފެއް.
ބައެއް23
25 November 2025
އަހަރެމެން ކިޔަނީ ދަރޭ، ސަރަތޭ، ޖީތޭ. ދިވެހިންނަކީ ވަ ނަން ކިޔަން މޮޅުބައެއް
ހަމަ އެކަނި ހުނަރު
24 November 2025
އަހރެމެން މާ ބޮޑަކަށް ބަލާކަށް ބޭނުމެއް ނުން ދަރޭ ކޮން ދީނެއްތޯ! ކިތައް އަބިންތޯ! އަހރެމެން ވިސްނުން ހުރީ ދަރޭ އަކީ އހަރެމެން ކުޑައިރުއްސުރެން ސަޕޯރޓް ކުރަމުން އައި މީހެއް ކަން! އޭނަގެ ދިނކަށް ނުވިސްނަނަން! އޭނަ ކުޅުނު ފިލްމް ތަކާ ދެއްކި ހުނަރަށް އހަރެމެން ލޯބި ކުރީ! މުސްލިމް ބައި ވެސް އޭނަ ކުޅުނު! އޭނަގެ ޥަހުސަށް އަހރެމެން ލޯބި ކުރީ! ދަރޭ ގެ ހިތާމަ ވެރި ވަކިވުން ހިތުގަ އިްނނާނެ އަދި ހެޔޮދުއާ ކުރަނީ
ކޮތަރޭ
25 November 2025
ކަލޭ ދަރޭ އަށް ހެޔޮ ދުޢާ ކުރީމާ ކޮން ހެވެއް ދެން ދަރޭ އަށް އޮތީ؟ ކަލޭގެ ޖާހިލުކަން އެންމެންނަށް ފެންނަނީ
ކޮތަރޭ
24 November 2025
ހިންދޫ ދީނުގައި ދެ އަންބަށް މީހުންނާއި ނީނދެވޭތީ ދަރްމެންދުރަ ހުންނަނީ ރަސްމީ ލިޔެކިޔުންތަކުގައި މުސްލިމެއްގެ ގޮތުގައި. އެއީ މުސްލިމުންނަށް އިންޑިއާގައި ދެ އަންބަށް ވެސް މީހުންނާއި އިނދެވޭތީ. އެހެންވެގެން ދަރޭގެ 2 އަނބިން ތިބެނީ
މަޗާ
24 November 2025
ވަސީލަތެއް ނެތް ޒަމާނުގަ އަހަރެން އެންމެ ބޮޑަށް މުނި ފޫހި ފިލުވަން ބެލީ މި މިހާގެ ފިލްމުތަކާ ލަވަތަށް .އަދި މިއަދުވެސް އޭނަގެ ކަންކަން ކުޑަކޮށް ނަމަވެސް ބެލޭ.
ދޮގުހަބަރު
24 November 2025
ފައިނަލީ...! ނޫސްތަކުން ދަރުމެންދުރަ ކިތައްފަހަރު މަރާލައިފި.
ޗަޕް
24 November 2025
ދަރުމެންދްރަގެ ދޮށީ އަނބިވެސް އަދިވެސް ހުންނަނީ ދަރޭގެ އަނބިމީހާގެ ގޮތުގައި. އެހެންވީމަ އޭނަގެ 2 އަނބިން ތިބޭ