މީރާ އާއި ފާލިހް
15 އެޕްރީލް 2017 - 12:33
އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު އޭނާގެ ލޯބިވެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ތަރި އަބްދުﷲ ފާލިހް މިއަދު ކައިވެނި ކުރާނެ އެވެ.
ކައިވެނީގެ ކުލަގަދަ ރަސްމިއްޔާތުގެ ވާހަކަ އަހަން ސަޕޯޓަރުން ކިތަންމެ ބޭނުންވިޔަސް މީރާ ބުނީ މިވަގުތު "އެއްވެސް އިންޓަވިއުއެއް" ދޭން ބޭނުމެއް ނުުވާ ކަމަށެވެ. ނަމަވެސް އޭނާގެ ހަޔާތަށް އަންނަ އުފާވެރިކަމުގެ ހާއްސަކަން ސޯޝަލް މީޑިއާ މެދުވެރިކޮށް، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ފޭނުންނާއި ސަޕޯޓަރުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.
މީރާ ބުނަނީ ކައިވެނީގެ ހަފުލާ އާއި މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ތައްޔާރީތަކަކީ ވެސް ސިއްރެއް ކަމަށާއި އެއްވެސް މައުލޫމާތެއް އޭނާ މިވަގުތު ނުދޭނެ ކަމަށެވެ. ނަމަވެސް ވަރަށް "އެކްސައިޓިން" ކަންތައްތަކެއް ކުރިއަށް އެބަހުރި ކަމަށް ބުންޏެވެ. އެ ހުރިހާ ކުލައަކާއި މަންޒަރެއް ސްނެޕް ޗެޓް މެދުވެރިކޮށް ލައިވްކޮށް ފޭނުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް މީރާ ބުންޏެވެ.
މީރާ އާއި ފާލިހް
މީރާ އަކީ ދިވެހިންގެ ހިތާއި މިއުޒިކުގައި ލެޖެންޑަރީ މަގާމެއް ހާސިލުކޮށްފައިވާ ކުޅަދާނަ މިއުޒީޝަން މެޒޯ މުހައްމަދުގެ އަންހެން ދަރިފުޅެވެ. ބައްޕަގެ ފިޔަވަޅު މަތިން ފެށި މިއުޒިކީ ހަޔާތުގައި މީރާގެ ތަރި އަރައިގެން ގޮސް ރާއްޖޭގެ އެންމެ އަލިގަދަ ތަރިންގެ ތެރޭގައި ވަނީ ހިމެނިފަ އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ހުށަހެޅުންތަކުގެ ތެރޭގައި އިންޑިއާގެ ބޭންޑް ސަނަމްއާ އެކު ރިކޯޑްކޮށްފައިވާ "ޔެ ވާދާ ރަހާ" ގެ ދިވެހި/ހިންދީ ކަވާ ލަވަ އާއި އޭގެ ވީޑިއޯ ހިމެނެ އެވެ.
މީރާ އާއި ފާލިހްގެ ކައިވެންޏާ ބެހޭ ގޮތުން މީރާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް
އޭގެ އިތުރުން މިފަހުން އަމިއްލަ ރާގުތަކެއް އުފައްދައި އެއާ އެކު ގެނެސްދިން ތިން ވީޑިއޯ ލަވައަކީ ވެސް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު ލަވަތަކެކެވެ.
މިއުޒިކްގެ މި އުސްއަލިތަކުން އެއް ފަރާތަކަށް ޖެހި އެންމެފަހުން ޒާތީ ދިރިއުޅުމުގެ އެންމެ ހާއްސަ ދުވަހަށް ފާލިހްއާ އެކު މީރާ ކުޅެން ފެށި ލޯބީގެ ރާގަށް އާންމުންގެ ސަމާލުކަން ލިބުނުތާ މިހާރު ހައެއްކަ މަސް ވެއްޖެ އެވެ. މިއީ މީރާގެ އަލަތު ކައިވެނި ނަމަވެސް މި ކައިވެނި ވެގެންދާނީ ފާލިހްގެ ދެ ވަނަ ކައިވެންޏަށެވެ. ކުރީގެ ކައިވެނި ރޫޅިފައިވާއިރު ފާލިހްގެ ދަރިއަކު ވެސް އެބަހުއްޓެވެ.
ފާލިހް އަކީ މޯލްޑިވިއަން އައިޑޮލްގެ އަލަތު ސީޒަނުން އުފައްދައި ބްރޭންޑްކޮށްގެން އާންމުންނަށް ތައާރަފްކޮށްފައިވާ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. މޯލްޑިވިއަން އައިޑޮލްއާ އެކު ބޮޑު މަޝްހޫރުކަމެއް ލިބުނު ފާލިހަކީ އެ ސީޒަނުގެ ފަސް ވަނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މރ. ހަދާނެއް ނުނެތޭ.
15 April 2017
މީރާއަށް ފުލް ޕެކޭޖެއް ދެއްތޮ، މި ކައިވެނީގެ އުފަލުގަ މީރާގެ ބައްޕަ މިއަދު ކޮށްފަ އިން ޓްވީޓް ވަރަށް ސަޅި.
ބެއްޔާ8
15 April 2017
މަރުޙަބާ އަބްދުﷲ ފާލިހް .ފުރަ މާލެ ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ލިބުނީތީ.
ދޮންބެއްޔާ
15 April 2017
ރާއްޖެތެރޭ ކުދިން ތި ފުރަމާލެ އަވާރާގައިޖެހިގެން ޖެހިފަހުރި ހާލު ފެނިފައި ހުރި.
އިކްރާމް
15 April 2017
އުފާވެރި ދުވަހެއް ތިޔަ ދެބޭ ފުޅުންނައް ވަރައް ބޮޑައް މަރުޙަބާ/ ފާލިހް ކުރީ ކައިވެންޗައް ވީގޮތް މިފަހަރު ވިޔަނުދޭތި. ކޮންމެ ކަމެއްގައިވެސް ދެބޭފުޅުން މަޝްވަރާ ކޮއްގެން ކުރިޔައް ދާތި. ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް މައްސަލަތައް ޖެހޭނެ. ނަމަވެސް ބުއްދިވެރިން ނަކީ އެކަންކަން ދެނެގަނެ އެކަންކަން ހައްލުކުރާ މީހުން. ތިޔަ ދެބޭފުޅުންގެ އުފަލުގައި އަޅުގަނޑުވެސް ބައިވެރިވަން. މާތް ﷲ ތިޔަ ކައިވެނީގައި ބަރަކާތް ލައްވާ އުފާވެރި މުސްތަޤް ބަލެއް މިންވަރު ކުރައްވާށި. އާމީން
ަައަލީ
15 April 2017
މި ޚަބަރު ޚަބަރަކަށް ނުވަނީ ކީއްވެ? ބޭރުގެ ދެމީހަކަށް ނުވާތީތޯ?
ާއައްބުދުއްލާ މުހައްމަދު(ޖޯން)
15 April 2017
މީރާ އާއި ފާލިހަށް ބާއްޖަވެރި އުފާވެރި ކައިވެންޏަކަށް އެދެން
ކުކުޅު ކަތީބު
15 April 2017
މި ވެސް ހަބަރެއްތަ.
ޢަލީ
15 April 2017
ސާބަހޭ ފާލިޙް ކުރިއަށް ދެކުދިންގެ ހަޔާތް