ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ހޮލީވުޑްގެ ތަރި ޖޯނީ ޑެޕް ހޮލީވުޑްގެ ބޮޑު ފިލްމީ ސްޓޫޑިއޯއެއްގެ ފިލްމަކުން އެނބުރި އައުމަށް ތައްޔާރުވާން ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ހޮލީވުޑްގެ މެއިންސްޓްރީމް ފިލްމަކުން ޑެޕް ނުފެންނަތާ މިހާރު 8 އަހަރު ވެފައިވާއިރު، އޭނާ އެނބުރި އަންނަނީ "އެބެނޭޒާ: އަ ކްރިސްމަސް ކެރޯލް" ކިޔާ ބިރުވެރި ފިލްމަކުންނެވެ.

ޕެރަމައުންޓް ޕިކްޗާސް އިން އުފައްދާ މި ފިލްމަކީ ޗާލްސް ޑިކަންސްގެ މަޝްހޫރު ވާހަކަ "އަ ކްރިސްމަސް ކެރޯލް" އަސްލަކަށް ބަލައިގެން، ތަފާތު ބިރުވެރި ގޮތަކަށް ތައްޔާރުކުރާ ފިލްމެކެވެ.

މި ފިލްމުގައި ޑެޕް ކުޅޭނީ ލީޑު ރޯލު ކަމަށްވާ އިބެނޭޒާ ސްކްރޫޖްގެ ރޯލެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ މަޝްހޫރު ބިރުވެރި ފިލްމުތައް ކަމަށްވާ "އެކްސް" އާއި "ޕާލް" އަދި "މެކްސީން" އުފެއްދި ޑައިރެކްޓަރު ޓައި ވެސްޓް އެވެ.

"އެބެނޭޒާ: އަ ކްރިސްމަސް ކެރޯލް"ގެ ޓްރެއިލާ ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ. 

ޚަބަރުތަކުގައި ބުނީ މި ފިލްމުން ހޮލީވުޑްގެ އެހެން މަޝްހޫރު ތަރިން ވެސް ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި އިއަން މެކެލެން، ޑެއިޒީ ރިޑްލީ، ރޫޕަޓް ގްރިންޓް އަދި އެންޑްރިއާ ރައިޒްބޮރޯ ހިމެނޭ ކަމަށް ބުންޏެވެ.

ސެން ޑިއޭގޯ ކޮމިކް-ކޮންގައި މި ފިލްމުގެ ފަސްޓް ލުކް އާންމުކޮށްފައިވާއިރު، ޑެޕް ވަނީ ފިލްމުގައި އޭނާ ފެންނަ ކެރެކްޓާގެ މޭކަޕާ އެކު ސަޕްރައިޒް އެޕިއަރެންސެއް ވެސް ދީފަ އެވެ.

ކުރީގެ އަނބިމީހާ އެމްބާ ހާޑްގެ ވަރީގެ މައްސަލައާ ގުޅިގެން ދިމާވި ގާނޫނީ ގޮންޖެހުންތަކަށް ފަހު، ޑެޕް މީގެ ކުރިން ޔޫރަޕްގެ އަމިއްލަ ފިލްމުތަކުން ފެނުނު ނަމަވެސް، މިއީ ހޮލީވުޑްގެ ބޮޑު ސްޓޫޑިއޯއަކާ އެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މި ފިލްމު ރިލީޒްކުރަނީ އަންނަ ނޮވެމްބަރު މަހު 13 ގަ އެވެ.