މެޒޯ މޯޑްގެ ލަވަތައް ކުޅުމުގެ ހުއްދަ ހަބޭސް އަށް ދިންކަމުގެ ލިޔުމާ އެކު މޯޑް އާއި އައްޔަ.
ދިވެހިންގެ ތެރޭގައި މަގުބޫލުވެގެން ދިޔަ އަމިއްލަ ރާގުގެ ގިނަ ލަތަކެއް ކިޔާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ގެ ލަވަތައް ކުޅުމުގެ ހުއްދަ ކުޅަދާނަ ބޮޑުބެރު ބޭންޑް ހަބޭސް އަށް ދީފި އެވެ.
އެ ހުއްދަ ދިން ކަމުގެ ލިޔުމުގައި މެޒޯ އާއި ހަބޭސް އިން ވަނީ ސޮއި ވެސްކޮށްފަ އެވެ.
ހަބޭސް ބޮޑުބެރު ބޭންޑްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ މެޒޯގެ ލަވަތައް ކުޅެން ރަސްމީކޮށް ހުއްދަ ލިބުމުން، ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހިފައިވާ ކަމަށެވެ.
"ޝޯއެއްގެ ތެރޭގައި ދިމާވެގެން މެެޒޯއާ ދެކެވުނު ވާހަތަކެއްގެ ތެރެއިން އަސްލު މި ފުރުސަތު ހަބޭސް އަށް ތަނަވަސްވީ. ދެތިން އަހަރެއްވެއްޖެ މިކަމާ އަހަރެމެން އުޅޭތާ،" އޭނާ ބުންޏެވެ. "ވަރަށް އުފާވި މެޒޯ މޯޑް އެ ފުރުސަތު ހަބޭހަށް ތަނަވަސްކޮށް ދިނީތީ. އެހެންވެ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ވެސް ބޭނުން."
އައްޔަ ބުނީ މެޒޯ މޯޑްގެ އަމިއްލަ ރާގުގެ ލަވަތައް ވަރަށް ޗާލު ކަމަށާއި އެ ލަވަތަކުގެ ރީތިކަން އެ ގޮތުގައި ގެނެސް ދޭން ހަބޭސް ބޮޑުބެރު ބޭންޑާއި އެ ކުޑައިގެ ދަށުން ހިންގާ އެހެން ބޭންޑްތަކުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
"އަހަރެމެންގެ ހުރިހާ ބޭންޑްތަކަށް މެޒޯ މޯޑްގެ ލަވަތަކަށް މިހާރު ޕަފޯމް ކުރެވޭނެ،" އޭނާ ބުންޏެވެ. "މިއީ އަސްލު އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކެނީ."
ހަބޭސް ކުޑައިގެ ދަށުން ގްރެވިޓީ ބައި ހަބޭސް، ހަބޭސް ޕޮޕް އަދި ހަބޭސް ފިއުޝަންގެ ނަމުގައި ބޭންޑްތައް ހިންގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ދުންޔާ
21 April 2017
ހަބޭސް އަކީ ދިވެހި ރާއްޖޭގަ އަމިއްލަ ރާގުގެ އެންމެ މުއްސަނދި ބޭންޑް. ހަބޭސް އިން މިހާރުވެސް އެތައް އަމިއްލަ ރާގެއް އުފައްދާ އެ ލަވަތަށް ނެރުމަށް މަސައްކަތް ކުރަމުން ދާކަން އަހަރުމެނަށް އިނގޭ. އަހަރެން ހަބޭސް ގެ ހުރިހާ ސޯސަލް މީޑިއާ އެއް ފޮލޯ ކުރާތީ ލައްކަ ކަންކަން އިނގޭ މީހެއްގެ ހައިސިއްޔަތުން މި ބުނެލީ. މެޒޯ ގެ ލަވަތަށް ކިޔަން ވެސް އެންމެ ރީތި ގޮތުގައި ހުއްދަ އަށް އެދިލީމަ ހަބޭސް ގެ ޕްރޯ ކަން އަހަންނަށް ވެސް ސިފަވީ.
ޝަވަރުމާ
21 April 2017
ހަބޭސް ތީ ވަރަށް ޕްރޯ ގްރޫޕް އެެއް. ކުރިޔަށް ދާންވީ ހަމަ
އަލީ
20 April 2017
ހަސީނާ އަށް ބުނެލަން އޮތީ ހަބޭސް އަކީ ދިވެހި ރާއްޖޭގަ އަމިއްލަ ރާގުގެ އެންމެ މުއްސަނދި ބޭނޑޭ. އަހަންނަށް އެކަން އެނގޭތީ މި ބުނަނީ. ތިޔަހެން ހަގީގަތް ނުބަލާ ކޮމެންޓް ކުރާތީ ހިތާމަ ކުރަން. ހަބޭސް އިން މިހާރުވެސް އެތައް އަމިއްލަ ރާގެއް އުފައްދާ އެ ލަވަތަށް ނެރުމަށް މަސައްކަތް ކުރަމުން ދާކަން އަހަރުމެނަށް އިނގޭ. އަހަރެން ހަބޭސް ގެ ހުރިހާ ސޯސަލް މީޑިއާ އެއް ފޮލޯ ކުރާތީ ލައްކަ ކަންކަން އިނގޭ މީހެއްގެ ހައިސިއްޔަތުން މި ބުނެލީ. މެޒޯ ގެ ލަވަތަށް ކިޔަން ވެސް އެންމެ ރީތި ގޮތުގައި ހުއްދަ އަށް އެދިލީމަ ހަބޭސް ގެ ޕްރޯ ކަން އަހަންނަށް ސިފަވީ. ޝުކުރަން!
މެންޓަލިސްޓް
20 April 2017
އެެހެންދެއްތޯ ،،،، އަޅުގަނޑުވެ ސުވާލަކީ މެޒޯމޯޑް މިއޮތް ހުރިހާ ދުވަހު ރިސޯޓްތަކުގައި ކީހާ ބޭރުމީހުންގެ ލަވަތަށް ކީޔާ އޭގެން ފައިސާހޯދީ އެލަވަތަކުގެ އޯނަރުންގެ ހުއްދަހޯދައިގެންތޯ ؟؟ އެމީޙުންގެ އިންޓެލެކްޗުއަލް ޕްރޮޕަރޓީއަށް ރޯޔަލްޓީ ދައްކައިގެންދޯ ކިޔާއުޅުނީ ،،، އެހެންމީހެއްގެ ފިކުރި މުދަލެއް އަނެކާ ބޭނުންކޮށް އޭގެން ފައިސާހޯދާނަމަ އެމުދަލުގެ އަސްލު ވެރިމީހާއަށް އޭގެން ފައިދާލިބެންވާނެ ،،، ނޫނީ ހުއްދައޮންނަންވާނެ ،،، އެހެންނޫނީ ވާނީ ހަމަ ވައްކަމަށް ،،، ވަރަށްވެދުން
ބަލްކު އެންޑް ބަލަކް
20 April 2017
ވިސްނާ ވިސްނާ ބޮލުގާ ރިއްސާ ރިއްސާ.
ަިސީނާ
20 April 2017
ހަަބޭސް ސަލާން ޖަހަނީ ދޯ
އަލީ
20 April 2017
މިހާރުކީއްވެބާ ކުރީގަ ކިޔާފައެހުންނަ ރީތި އަމިއްލަރާގުގެލަވަނުކިޔެނީ..؟! މޯލްޑިވިއަންއައިޑޮލްގަވެސް ގިނައީ ހިންދީރާގުގެ ލަވަ.
ާކުޑައިއްބެ
20 April 2017
ހިންދީލަވަ ކޮޕީކުރުމުގެ ހުއްދައަށްވެސް އެެދެންވީ މައްސަލަ ނުޖެހެނީސް..