މޯލްޑިވިއަން އައިޑޮލްގައި އުނޫޝާ ޕާފޯމްކުރަނީ
14 މެއި 2017 - 15:37
ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖް މަރިޔަމް އުނޫޝާ (ކިޑީ) މުޅި ރާއްޖޭގެ ޓުއާއަކަށް ތައްޔާރުވަމުން އަންނަކަން މިއަދު އިއުލާންކޮށްފި އެވެ.
މިއީ އުމުރުން ހަ އަހަރުގައި ލަވަކިޔަން ފެށި އުނޫޝާ، 31، ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ 17 އަހަރު ތެރޭ ޓުއާއަކަށް ދާ ފުރަތަމަ ފަހަރެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި، މި ގޮތަށް ދުރާލާ ރާވައި އިއުލާންކޮށްގެން މުޅި ރާއްޖޭގައި ޝޯތައް ބާއްވާ ފުރަތަމަ ޓުއާ ވެސް މެ އެވެ.
ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ބޮޑެތި ޝޯތަކުގައި ޕަފޯމްކޮށްފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާގެ ދަތުރު ފަށާނެ އިރެއް އަދި ޝޯތައް ބާއްވާނެ ތަންތަނެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެކަމަކު އުނޫޝާ ތަމްސީލްކުރާ ޕަބްލިސިސްޓް ކުންފުނި، "ދިވަސް"ގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޝޯތައް ބާއްވާނެ އެވެ.
"ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުގައި ޕަފޯމްކުރާނެ،" އޭނާ ވިދާޅުވި އެވެ.
އުނޫޝާގެ ޓުއާ އިއުލާންކޮށް އާއްމުކުރި ޕޯސްޓަރެއް
ސައުންޑް ސްކުއަޑް އިން އިންތިޒާމްކުރާ ޓުއާގެ ޕާޓްނަރުންގެ ތެރޭގައި ދިވަސް އާއި ޒޯއާޓްސް ވެސް ހިމެނެ އެވެ.
އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެކި އެވޯޑްތައް ހާސިލްކުރުމުގެ އިތުރުން ބޮލީވުޑް ފްރެންޗައިޒް "ޖިސްމް" އަށް ވެސް ލަވަކިޔައިދީފައިވާ އުނޫޝާ، މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ދެ ސީޒަންގެ ޖަޖިން ޕެނަލްގައި ވެސް ހިމެނުނެވެ. އަދި އޭނާއަކީ އެ ޝޯގެ ހަމައެކަނި އަންހެން ޖަޖެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާނު
15 May 2017
ޖިސްމު ލަވައަށް ކިހިނެއްވީ
ޅޮހި
15 May 2017
ޢެލަވަ އިންނާނެ ޔޫ ޓިއުބް ގަ. "ޙޭވައްލާ". ޢެކަމު ރަނގަޅު ވަނި ވީޑިއޯ އަށް ނުބެލިއްޔާ.
ޖަމަލޭ
15 May 2017
އަހަރެމެނަށް ހެޔޮ ހިންދީ އިނގިރޭސި ލަވަތަކުގެ ކޮޕީ ދިވެހި ލަވަ ކިޔަން ނުދިޔަސް..
ކލލ
14 May 2017
އުނޫޝާމެން މާ އިނގިރޭސި ވީމަ ކަމަކު ނުދޭ. ނައިފަރު ދޮހޮއްކޮއަށް ޒީރޯ ޑިގްރީ ދިޔަފަހުން ދިވެހި މިއުޒިކީ ދުނިޔެ އޮތީ ހަނަފަސް ސަހަރާއެއްގައި. ރީތި ދިވެހި ވަންތަ ދިވެހި ރާގު ދިވެހި ލަވައިގެ ޚަރީފު މޫސުމެއްގައި. ހާދަހަވާ ދެރައޭ!
ކިޑިކީ
14 May 2017
ކީއްވެތަ މުޅިދުނިޔޭގެ ޓުއަރ އަކަށް ނުދިޔައީ
ސިޔާސީ
14 May 2017
ޕޕމ ކައުންސިލް އިންތިހާބު ނާކާމިޔާބުވީމަ ތާއީދު ހޯދަން ދަނީ
އަލީ
14 May 2017
ޓުއަރ ސްޕޮންސަރ ކުރާނެ ފަރާތެއް ނުލިބިގެއް އުނޫޝާ ވެސް އެ އުޅެނީ! ކިހިނެއް ރާއްޖޭގައި ފަންނާނުން ކުރި އަރާނީ؟ ބޭކާރު ބޭކާރު. ޓުއަޔަކަށް ދިޔަޔަސް ދިވެހި ފަންނާނުން މި ޖެހެނީ އަމިއްލަ ޖީބުން ޙަރަދު ކުރަން...
ސައްދާމް
14 May 2017
އަހަރުމެން ނުއުޅެން ބޭކާރު ހަރަދު ކުރަން..........
ހޫޅުލެ
14 May 2017
ކީއްވެ ބާގާ އެއް އަލްބަމް ކަވަރަކައްލީ؟؟
ދަންޑަހެލު
14 May 2017
ބާގާ އެއީ ހަބަރާއި ގުޅޭ ބަޔެއް ނޫން، ހަބަރު ނިމިގެން ތިިރީގައި އޮތް އިސްތިހާރެއް ފުކެއް ބޮޑު ވާނުވާ ނޭގުނަސް
އުތުރު
14 May 2017
ކާމިޔާބު ޝޯއަކަށް އެދެން...ފަހަތަށް ބެލުމެށްނެތި ކުރިޔަށް