ހަބޭސް ބޮޑުބެރުގެ ބޭންޑް މަދަހަތައް ސައުންޑް ކުލައުޑަށް، އަޑު އަހާލަމާ

ރޯދަ ހަދިޔާއެއްގެ ގޮތުގައި ހަބޭސް ބޮޑުބެރު ބޭންޑުން ގެނެސް ދިން މަދަހަ ވީޑިއޯ ސީޑީ "ޒަމާން" ގެ ލަވަތައް ސައުންޑް ކުލައުޑުން އަޑު އަހާލެވޭ ގޮތަށް ހަދައިފި އެވެ.


ހަބޭސްގެ އަމިއްލަ ރާގުތަކަށް ހަދާފައިވާ މަދަހަ ސީޑީގައި ހިމެނެނީ ހަތް މަދަހަ އެވެ.

"ޒަމާން" މަދަހަ ސީޑީގެ މަދަހަތައް.

މިއިން ކޮންމެ މަދަހައަކީ ވެސް ވަރަށް އަސަރު ގަދަ ޅެމަކާ އެކު، އެހުންތެރިންގެ ހިތްތަކަށް އަސަރު ކުރުވާ ގޮތަށް ކިޔާފައިވާ މަދަހަތަކެއްކަން ފާހަގަކޮށްލެވެ އެވެ. މި މަދަހަތައް ކިޔާފައި ވަނީ މިއުޒިކާ ނުލަ އެވެ.

ހަބޭސް ބޮޑުބެރު ބޭނުންޑުން ބުނީ މި އަހަރު ނެރުނު "ޒަމާން" މަދަހަ ސީޑީ އަށް ފަހު، ކޮންމެ އަހަރަކު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި އެ ބޭންޑުން މަދަހަ ސީޑީއެއް ނެރޭނެ ކަމަށެވެ.