މުނިފޫހިފިލުވުން / ޖޭމްސް ކެމަރޯން

ސުޕަހީރޯ ފިލްމްތަކަށް ޖޭމްސް ކެމެރެން ފާޑު ކިޔައިފި

ޖޭމްސް ކެމެރެން: އޭނާ ބުނަނީ މިހާރުގެ ސުޕަހީރޯ ފިލްމްތައް އެހާ ކަމުނުދާ ކަމަށް.

މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އަންހެން ސުޕަހީރޯ ފިލްމް "ވޮންޑަވުމަން" އަށް، ޑައިރެކްޓަރު ޖޭމްސް ކެމެރެން ފާޑުކިޔުމުން އެކަން ހަޖަމު ކުރަން ފަސޭހަ ކަމަކަށް ނުވި އެވެ. "ޓައިޓޭނިކް" އާއި "އެވެޓާ" ގެނެސް ދިން ޑައިރެކްޓަރަށް އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ފާޑު ވެސް ކިޔެ އެވެ.

އެކަމަކު އަނެއްކާ ވެސް ކެމެރެންގެ ހިތްހަމަނުޖެހުންތަކެއްގެ ވާހަކަ އެވެ. މި ފަހަރު އަނެއްކާ ވެސް ސުޕަހީރޯ ފިލްމްތަކަށް އިޝާރާތްކޮށެވެ. އަންނަ ހުކުރު ދުވަހު "އެވެންޖާޒް: ދި އިންފިނިޓީ ވޯ" ރިލީޒް ކުރަން ތައްޔާރުވަމުން އަންނަނިކޮށް އޭނާ ބުނީ "އެވެންޖާޒް"ގެ ފިލްމްތައް ބަލައި މިހާރު ފޫހިވެ ވަރުބަލިވާ ވަރުވެއްޖެ ކަމަށެވެ. އެކަމަކު އަނެއްކާ ވެސް ކުރިއަށް އޮތީ އެ ސިލްސިލާގެ ބޮޅެއް ކަމަށް ބުންޏެވެ.

ކެމެރެން އަށް ޓްވިޓާގައި ދީފައިވާ ރައްދެއް.

ކެމެރަން ބުނީ ސުޕަހީރޯ ޖޯންރާއަކީ އޭނާ ވެސް ވަރަށް ގަޔާވާ ޖޯންރާއެއް ކަމަށެވެ. އެކަމަކު މާވެލް އާއި ވޯނާ ބްރަދާޒް ފަދަ ސްޓޫޑިއޯތަކުން އަބަދު އެއް ވައްތަރެއްގެ ފިލްމްތަކެއް ގެނެސްދޭތީ، ސުޕަހީރޯ ފިލްމްތައް ބަލަން މިހާރު ދެވޭ ޝައުގުވެރިކަން ކުޑަ ކަމަށް ބުންޏެވެ.

ކެމެރަން ބުނި ގޮތުގައި މި ފަހުން ސިނަމާތަކަށް އައި ގިނަ ސުޕަހީރޯ ފިލްމްތަކަކީ ވާހަކައިގެ ގޮތުން މާ ބޮޑު އޮށްޓަރެއް ނެތް ފިލްމްތަކެވެ.

އެގޮތުން އެފަދަ ފިލްމްތަކުން އާންމުކޮށް ދައްކުވައި ދެނީ އާއިލާއެއް ވެސް ނެތް މާ ވަރުގަދަ ފިރިހެނުންތަކެއް ކަމަށާއި އެ މީހުންގެ ކަމަކީ ލިބިފައި އޮންނަ ގަދަފަދަ ބާރަކުން ސިޓީތައް ފުނޑައިލުން ކަމަށް ކެމެރަން ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ ސްޕަހީރޯ ޖޯންރާގެ ފިލްމްތަކުން އާންމުކޮށް މި ދައްކައިދޭ ހިޔާލީ ކަންތައްތަކަށް ވުރެ ބޮޑަށް، އެއަށް ވުރެ މުހިއްމު ވާހަކަތައް އެބަ ހުރިހެން ސިނަމާގައި ކިޔައި ދޭން،" ޓާމިނޭޓާ ފަދަ ސައިންސް ފިކްޝަން/ފެންޓަސީ ފިލްމްތައް ގެނެސްދޭ ޑައިރެކްޓަރު ބުންޏެވެ. "މިސާލަކަށް ހަމަ ސައިންސް ފިކްޝަން ޖޯންރާގައި އެބަހުރި އަދިވެސް އަހަރެމެންނަށް އަތް ނުލެވޭ ދިމަދިމާ."

ކެމެރެން އަށް ޓްވިޓާގައި ދީފައިވާ ރައްދެއް.

ކެމެރެން މިހާރު އަންނަނީ 2020 ގައި ގެނެސްދޭ "އެވެޓާ 2" ގެ މަސައްކަތް ކުރަމުންނެވެ.

އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފެއިގް ބުނީ ކެމެރެންގެ ހިޔާލު ކޮންމެ ގޮތަކަށް ހުއްޓަސް، މާވެލްގެ ސުޕަހީރޯ ފިލްމްތައް އޭނާ ބަލާކަން އެނގުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އެހެންވެ މާ ބޮޑު ހާސް ކަމެއް ނެތް ކަމަށް ބުންޏެވެ.

މާވެލް އިން އެންމެ ފަހުން ގެނެސް ދިން ސްޕަހީރޯ ފިލްމް "ބްލެކް ޕެންތާ" އަކީ މި އަހަރުގެ އެންމެ ހިނގި އެއް ފިލްމެވެ. ފިލްމްގެ އާމްދަނީ ބިލިއަން ޑޮލަރު ފަހަނައަޅައި ގޮސްފަ އެވެ.

"އެވެންޖާޒް: އިންފިނިޓީ ވޯ" އަކީ މާވެލް އިން ގެނެސްދޭ އެ ސިލްސިލާގެ ތިން ވަނަ ފިލްމެވެ. އަދި އަންނަ އަހަރަށް ވެސް މީގެ ފިލްމެއް އެބަ އޮތެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަވޭއޭ

24 April 2018

ހޮލީވުޑް އިން އުފައްދާ ގިނަ ފިލްމްސް ތަކަކީ އެއީ ހަގީގަތާއި ޚިލާފު ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތް އެކުލެވިގެންވާ ފިލްމްސް ތަކެވެ. ޖޭމްސް އެބުނަނީ ރަނގަޅަށެވެ. އުސޫލެއްގެ ގޮތުން ދުނިޔެ އަކު ނުތިބޭނެ ސުޕަރ ހީރޯ އިން ނެެއް އެއީ ފުރަތަމަ ވެސް ބިދުވައެކެވެ. އިންސާނުން ގެ ތެރޭގައި އެންމެންނަކީ އެއީ އީކްއަލް ބަޔެކެވެ. ތަފާތު ވަނީ އެމެން ކުރާ ބުރަ މަސައްކަތުން ދުނިޔެ އިމާރާތް ކުރަމުން ނެރެދޭ ނަތީޖާ އިންނެވެ. ޓާރމިނޭޓަރ ސީރީސް ގައި ސައެންސް ފިކްޝަންސް ސީންތައް ހުންނަ ކަމަށް ޖޭމްސް ދައުވާ ކުރި ނަމަވެސް މަމެން އެކަމަށް އެއްބަސް ނުވާނަމެވެ. އޭގައި ހަމަ ގިނައީ ތަޅާ ފޮޅުމާއި އަދި ރަހްމެތް ނެތް ގޮތުގައި މީހުން މެރުމާއި ދުނިޔެ ފަނާ ކުރުމެވެ. އެނޫން ވާހަކަ ތަކަށް ހޮލީވުޑް ގައި ފިލްމްސް ތައް އުފެއްދޭނެއެވެ. އެމެރިކާ ތެރޭގައި ޑޮމެސްޓިކް ވަޔަލެންސް އުފެއްދުމުގެ މެއިން އިންސްޓްރުމެންޓް އަކީ އެއީ ހޮލީވުޑް އެވެ. ހޮލީވުޑް އިން އުފައްދާ ފިލްމްސް ތަށް ސެންސަރު ކުރަން ސެނެޓް އިން ގާނޫނެއް ފާސް ކުރަން ވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454