މުނިފޫހިފިލުވުން / ބޮލީވުޑް

މިހާރު އެންމެ ބޮޑު ވާދަވެރިޔަކީ ރަންވީރް ސިންގް: ރަންބީރް ކަޕޫރް

ރަންބީރާއި ރަންވީރް ކަރަން ޖޯހަރްގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގައި.

ބޮލީވުޑްގައި މިހާރު ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު ވާދަވެރިޔަކީ ރަންވީރް ސިންގް ކަމަށް ރަންބީރް ކަޕޫރް ބުނެފި އެވެ.

މިހާރު ސިނަމާގައި ދައްކަމުން އަންނަ ފިލްމް "ސަންޖޫ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން، ރަންބީރު މެދުއުޑުގައި ހުރި އިރު، އޭނާ ބުނީ ރަންވީރަކީ އޭނާ ކުޅޭ ކޮންމެ ފިލްމެއްގައި ވެސް ވަރަށް މޮޅު އެކްޓިންއެއް ދައްކާ އެކްޓަރެއް ކަމަށެވެ.

"އޭނާގެ ފިލްމްތައް ބެލީމަ ބޮޑު އިންސްޕިރޭޝަނަކަށް އަހަންނަށް ވަނީ. ރަންވީރަކީ ވަރަށް ކަމުދާ އެހާމެ މޮޅު އެކްޓަރެއް. އަހަރެން ގަބޫލު ކުރާ ގޮތުގައި މި އިންޑަސްޓްރީގައި މިހާރު ތިބި އަހަރެމެން ޖެނެރޭޝަނުގެ އެކްޓަރުންގެ ތެރެއިން އަހަރެންގެ އެންމެ ބޮޑު ވަދަވެރިޔަކީ ރަންވީރް،" ރަންބީރުގް ކުރީގެ ލޯބިވެރިޔާ އަދި ބަތަލާ ދީޕިކާ ޕަދްކޯންގެ މިހާރުގެ ލޯބިވެރިޔާއާ ބެހޭ ގޮތުން ރަންބީރު ބުންޏެވެ. "އޭނައަކީ ޖާދުލެއް ކަހަލަ އެކްޓަރެއް."

އޭނާ ބުނި ގޮތުގައި ބޮކްސް އޮފީހުގައި ރަންބީރުގެ ފިލްމްތައް ހޯދާފައިވާ ކާމިޔާބީތައް ފަހަތަށް ޖައްސައިލުމަކީ އުންމީދެކެވެ. އެގޮތުން މި އަހަރު ރިލީޒް ރަންވީރްގެ ކުރި "ޕަދްމާވަތު" އަކީ ބޮކްސް އޮފީހުގައި ޖުމްލަ 585 ކްރޯޑް ރުޕީސް (89.8 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

އެހެންވެ ރަންބީރް މިހާރު އުންމީދުކޮށްގެން ހުރީ "ސަންޖޫ" އިން "ޕަދްމާވަތު" ފަހަތަށް ޖައްސައިލެވޭނެ ކަމަށެވެ. މިދިޔަ މަހުގެ 29 ގައި ރިލީޒް ކުރި ފިލްމްގެ ޖުމްލަ އާމްދަނީ ވަނީ 290 ކްރޯޑް ރުޕީސްއާ ގާތްކޮށްފަ އެވެ.

ރަންބީރު ބުނި ގޮތުގައި ވާދަވެރިކަން އޮތަސް، އެކްޓަރުންގެ މެދުގައި އެއްވެސް ކަހަލަ ހަސަދަވެރި ކަމެއް ނުވަތަ އަރައިރުމެއް ނެތެވެ. އަދި ވާދަވެރިކަން އޮތުމަކީ ބުރަކޮށް މަސައްކަތް ކުރަން ލިބޭ އިތުރު ހިތްވަރެއް ކަމަށް ބުންޏެވެ.

"މީޑިއާތަކުން ސިފަ ކުރާ ގޮތަކަށް ނޫން އަހަރެމެންގެ ތެރޭގައި ވާދަވެރިކަން އޮންނަކީއެއް،" ރަންބީރު ބުންޏެވެ. "އަބަދު ވެސް ހެލްދީ ކޮމްޕެޓިޝަނެއް އޮތުމަކީ މުހިއްކު ކަމެއް."

އޭނާ ބުނި ގޮތުގައި ފިލްމް "ސާވަރިޔާ" އިން 2007 ގައި ބޮލީވުޑަށް ނުކުތް އިރު، ވާދަ ކުރަން ތިބީ ފަސް ވަރަކަށް އެކްޓަރުން ކަމަށް ވިޔަސް، މިހާރު އެ އަދަދު 15 އަށް އަރައިފި އެވެ. އެގޮތުން ލިސްޓް ގަދަ ބާރުންގެ ތެރޭގައި ވަރުން ދަވަން، ޓައިގާ ޝްރޮފް އަދި ސުޝާންތު ސިންގް ރާޖްޕޫތު ފަދަ އެކްޓަރުން ހިމެނޭނަން ފާހަގަ ކުރި އެވެ.

ރަންބީރު ބުނި ގޮތުގައި އޭނާ ރަންވީރާ އެކު ފިލްމެއް ވެސް ކުޅެލަން ބޭނުންވެ އެވެ. އެހެންވެ ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެ ނަމަ އެއްބަސް ވާނެ ކަމަށް ބުންޏެވެ.

"ދެ މީހުންގެ ރޯލްތައް ހަމަހަމަވާ ކަހަލަ އެއްޗެއް ބޭނުން ވަނީ. މިސާލަކަށް ރާމް ލަކަން ކަހަލަ ފިލްމެއް،" އޭނާ ބުންޏެވެ.

ރަންވީރު ބުނެފައިވާ ގޮތުގައި 2010 ގައި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބޭންޑް ބާޖާ ބާރާތު" އިން ބޮލީވުޑަށް ނުކުންނަން އޭނާ އަށް ފުރުސަތު ލިބުނީ އެ ފިލްމް ރަންބީރް ދޫކޮށްލުމުންނެވެ. އެހެންވެ އެ ޝުކުރު އަބަދު ވެސް އޭނާ އަށް އޮންނާނެ ކަމަށް ބުންޏެވެ.

ރަންވީރްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އޮގަސްޓް، 15، 2019 ގައި ރިލީޒް ކުރާ "ބުރައްމަސްތުރާ"، ޖުލައި، 31، 2020 ގައި ރިލީޒް ކުރާ "ޝަމްޝޭރާ" އަދި ނަމާއި ތާރީހު އިއުލާންކޮށްފައި ނުވާ ލަވް ރަންޖަންގެ ފިލްމެއް ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454