"ޕަޓިއާލާ ބޭބްސް" ގެ ޕޯސްޓަރެއް: މި މަހުގެ 27 ގައި ދައްކަން ފަށާނެ.
26 ނޮވެމްބަރ 2018 - 07:40
ސޮނީ ޓީވީން ދެން އެންމެ އަވަހަށް ފަށާނެ އާ ސިލްސިލާއަކީ "ޕަޓިއާލާ ބޭބްސް" އެވެ. މިއީ ގެވެހި މަޔަކާއި ޒުވާން އުމުރަށް އަޅާފައިވާ އަންހެން ދަރިއެއްގެ ވާހަކަ ތަފާތު ގޮތަކަށް ކިޔައިދޭ ސިލްސިލާއެކެވެ.
"ޕަޓިއާލާ ބޭބްސް" މި މަހުގެ 27 ގައި ދައްކަން ފަށާ އިރު، ސޮނީން އަންނަނީ ސިލްސިލާގެ ތަފާތު ޕްރޮމޯތައް ވެސް ދައްކަމުންނެވެ. މީގެ ލީޑް ރޯލުން ފެނިގެން ދާނީ ޒީޓީވީން 2013-2015 އަށް ގެނެސް ދިން ކާމިޔާބު ސިލްސިލާ "ޖޯދާ އަކްބަރު" ގައި ޖޯދާގެ ރޯލް ކުޅުނު ޕަރިދީ ޝަރުމާ، 31، އެވެ.
އޭނާގެ ދަރިފުޅުގެ ރޯލް "ޕަޓިއާލާ ބޭބްސް" ގައި ކުޅެފައި ވަނީ ސޮނީން ވަރަށް ފަހުން ނިންމައިލި ތާރީހީ ސިލްސިލާ "ޕްރިތުވީ ވައްލާބް" ގައި މުހިއްމު ރޯލެއް ކުޅުނު އަޝްނޫރު ކޯރް، 14، އެވެ.
New Promo for Patiala Babes!! @paridhiofficial @ashnoorkaur03 @SonyTV @SonyLIV #ParidhiSharma #ParidhiOfficial #JodhaAkbar #JodhaAkbarZeeTv #Jodha #AshnoorKaur #SonyTvOfficial #PatialaBabes #PatialaBabesOfficial #MiniKhurana #BabitaKhurana #MrsBabitaKhurana #AshRidhi pic.twitter.com/xPKyl5XVlq
— Patiala Babes (@patialababesony) November 20, 2018
"ޕަޓިއާލ؛ާ ބޭބްސް" ގެ ޕްރޮމޯއެއް.
"ޕަޓިއާލާ ބޭބްސް" ގައި ޕަރިދީ ކުޅޭނީ ބަބީތާ ކިޔާ ކެރެކްޓާއެކެވެ. އެކަމަކު އޭނާއަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަ، ކަންކަމާ އަމިއްލަ އަށް ކުރިމަތިލާން ޖެހިލުންވާ މަޔެކެވެ. ދަރިފުޅު މިނީ، މަންމަ "ޒަމާނަށް ފައްތަން" މަސައްކަތް ކުރާ އަދި މަންމަ ދެކެ ވަރަށް ލޯބިވާ ދަރިއެއްގެ ގޮތުގައި ފެންނާނެ އެވެ.
SECOND PROMO OF PATIALA BABES! Starting from 27th November 2018, 9pm!! Only on Sony Tv!!@paridhiofficial @ashnoorkaur03 @SonyTV #ParidhiSharma #JodhaAkbar #AshnoorKaur #SonyTvOfficial #PatialaBabes #PatialaBabesOfficial #MiniKhurana #MrsBabitaKhurana #BabitaKhurana pic.twitter.com/DkNWLbRaLL
— Patiala Babes (@patialababesony) November 10, 2018
"ޕަޓިއާލ؛ާ ބޭބްސް" ގެ ޕްރޮމޯއެއް.
"ޕަޓިއާލާ ބޭބްސް" އާ ބެހޭ ގޮތުން ޕަރިދީ ބުނީ ވަރަށް ދުވަސްކޮށްފައި އަލުން ސްކްރީނަށް އާދެވޭތީ އުފާވާ ކަމަށެވެ. އަދި މައެއްގެ ރޯލު ކުޅެން ޖެހުމުން ފުރަތަމަ އެކަން ފަސޭހަ ކަމަކަށް ނުވި ކަމަށް ބުންޏެވެ.
"އެކަމަކު ވަރަށް އުފާ ކުރަން ބަބީތާގެ ރޯލް ކުޅެން ލިބުނީމަ. އަހަރެން ބުނާނީ މިއީ ހުރިހާ އަންހެނުންނާ ވެސް ވަރަށް ރިލޭޓްވާނެ ކެރެކްޓާއެކޭ،" ސްޓާ ޕްލަސް އިން 2011-2012 އަށް ދެއްކި "ރުކް ޖާން ނެހީ" ގައި ވެސް މަސައްކަތް ކުރި ބަތަލާ ބުންޏެވެ.
ޕަރިދީ ބުނި ގޮތުގައި ބަތަލާއެއްގެ ގޮތުގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތަފާތު އެކި ކަހަލަ ރޯލްތައް ކުޅެން ފުރުސަތު ލިބި، އޭގެ ބޭނުން ހިފުން ކަމަށެވެ. އެހެންވެ "ޕަޓިއާލާ ބޭބްސް" އަކީ ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަމަށް ބުންޏެވެ.
"އަހަންނަށް ޔަގީން ބެލުންތެރިންނަށް މި ސިލްސިލާ ކަމުދާނެކަން،" ޕަރިދީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy