23 ޖެނުއަރީ 2019 - 10:02
"މީން ގާލްސް" އާއި "ފްރީކީ ފްރައިޑޭ" ފަދަ ފިލްމުތައް ކުޅެފައިވާ ހޮލީވުޑްގެ ބަތަލާ ލިންޒީ ލޯހަން ރާއްޖޭގައި ޗުއްޓީ ޖޭދަ ކުރަމުން އެބަދެ އެވެ.
އުމުރުން 32 އަހަރުގެ ބަތަލާ ވަނީ ޗުއްޓީ ހޭދަ ކުރަމުން އަންނަ ބ. އަތޮޅުގެ އަމިއްލަ ފުށީ ރިސޯޓްގައި ނަގާފައިވާ ބައެެއް ފޮޓޯތަކާއި ވީޑިއޯ ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އޭނާ އިންސްޓަ ސްޓޯރީގައި ހިއްސާކޮށްފައިވާ ފޮޓޯތަކަކާ އެކު ބުނެފައި ވަނީ އެންމެ ފަހުން ޗުއްޓީއަކަށް އާދެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި ރާއްޖެއަކީ ވަރަށް ހިތްގައިގު ގައުމެއް ކަމަށެވެ. މި ދަ ދަތުރުގައި ލިންޒީއާ އެކު ކޮއްކޮ އަލީ ލޯހަން، 25، ވެސް ބައިވެރިވެ އެވެ.
ލިންޒީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ އިރު، އަންގާރަ ދުވަހު އެމްޓީވީން ވަނީ އޭނާގެ އައު ރިއަލިޓީ ޝޯ "ލިންޒީ ލޯހަންސް ބީޗް ކުލަބް" ދައްކައިން ފަށައިފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2013 ގެ "ދަ ކެނިއޯންސް" އެވެ.
ލިންޒީ އަމިއްލަ ފުށި ރިސޯޓްގައި.
މި އަހަރު ލިންޒީ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު ސުޕަނެޗްރަލް ތުރިލާ "އެމަންގް ދަ ޝެޑޯސް" ސިނަމާތަކަށް އަންނާނެ އެވެ.
އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ލައިފް ސައިޒް"، "އައި ނޯ ހޫ ކިލްޑް މީ" އަދި "ލޭބާ ޕެއިންސް" ހިމެނެ އެވެ.
ލިންޒީއާ ބެހޭ ގޮތުން ދޭތެރެ ދޭތެރެއިން މީޑިއާތަކުގެ ސުރުހީތަކަށް އެކި ކަހަލަ ވާހަކަތައް އަރަ އެވެ. އެގޮތުން އިސްލާމްވެ، ބުރުގާ އެޅީ ވާހަކަ ވެސް މި ދޭތެރެ އިން މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމުއްދީން
23 January 2019
ލިންޒީ ދެން ލަސްނޮކޮށް އިސްލާމްވެބަލަ ޕްލީޒް.