ލޮރެންސް ވާން އުޅޭ ފިރިމީހާ ކުކްއާ އެކު.
06 ފެބުރުއަރީ 2019 - 15:42
އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ހޮލީވުޑް މަޝްހޫރު ބަތަލާ ޖެނިފާ ލޮރެންސް ލޯބިވެރިޔާ ކުކް މެރޮނީއާ އެންގޭޖްވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ ބަތަލާގެ ތަރުޖަމާނު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެ ދެ މީހުން އެންގޭޖްވެފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށްވެ އެވެ.
ބައެއް މީޑިއާތަކުން ލޮރެންސްގެ އެންގޭޖްވި ވާހަކަ ރިޕޯޓްކޮށްފައި ވަނީ ނިއު ޔޯކްގައި ހިންގާ ފްރެންޗް ރެސްޓޯރަންޓަކުން ޖެނިފާ އާއި މެރޮނީ ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅެނިކޮށް ފެނުނު އިރު، ކަށި އިނގިލީގައި އަނގޮޓީއެއް އޮތް ތަން ފެނިގެންނެވެ.
ލޮރެންސް އާއި މެރޮނީ އެންމެ ފުރަތަމަ ބައްދަލުވީ ލޮރެންސްގެ ރައްޓެއްސެއް ކަމަށްވާ ލައުރާ ސިމްޕްސަން މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގަ އެވެ. މެރޮނީއަކީ ނިއު ޔޯކްގެ ގްލެޑްސްޓޯން ގެލެރީގެ ޑިރެކްޓަރެވެ.
ލޮރެންސް އާއި ކުކް
އެ ދެ މީހުން އެންގޭޖްވެފައި މި ވަނީ ލޮރެންސް ކުރިން ރައްޓެހިވެގެން އުޅުނު ޑައިރެކްޓަރު ޑެރެން އެފްރޮނޯސްކީއާ 2017 ގައި ވަކިވެފައި ވަނިކޮށެވެ. އެ އަހަރު އޭނާ ޑައިރެކްޓް ކުރި ބިރުވެރި ފިލްމު "މަދާ" ގައި ލޮރެންސް ވަނީ ލީޑް ރޯލް ވެސް ކުޅެފަ އެވެ.
އެފްރޮނޯސްކީގެ އިތުރުން ލޮރެންސް ވަނީ އެކްޓަރު ނިކޮލަސް ހޯލްޓްއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.
މިދިޔަ އަހަރު "ރެޑް ސްޕެރޯ" އިން ފެނިގެން ދިޔަ ލޮރެންސްގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޖޫންގައި ރިލީޒް ކުރާ "ޑާކް ފީނިކްސް" އެވެ.
ޕޭޖް ސިކްސް އިން ބުނި ގޮތުގައި ލޮރެސް އާއި ކުކް މާ ލަސްތަކެއް ނުކޮށް ކައިވެނި ވެސް ކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާނޫ
06 February 2019
މިހެން ވެގެން ޤައުމުގެ އިޖްތިމާއީ ފޭރާން ހަލާކުވަނީ ،