04 އެޕްރީލް 2019 - 07:38
އިންޑިއާގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) މާ ބޮޑު ކުލަވަރެއް މިހާރަކު ނުފެނެ އެވެ. އެ ސްޓޫޑިއޯއަކީ ކޮންމެ އަހަރަކު ވެސް ގިނަ ފިލްމުތަކެއް ގެނެސްދޭ ސްޓޫޑިއޯއެކެވެ.
އަނެއްކޮޅުން އަހަރެއް ނިމި އާ އަހަރެއް ފެށުމާ އެކު އެ އަހަރު ރިލީޒްކުރާނެ ފިލްމުތަކުގެ ކަލަންޑަރެއް ވެސް ބެލުންތެރިންނާ ހިއްސާ ކުރެ އެވެ. އެކަމަކު މިހާރަކު އެ ފޯރިއެއް ވެސް ނެތެވެ. ވައިއާރްއެފުން މިދިޔަ މަހުގެ 1 ގައި ރިލީޒްކުރަން ތާވަލުކުރި ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރު" އަށް ވެސް ވާނުވާއެއް ނޭނގެ އެވެ.
މިދިޔަ އަހަރުން މި އަހަރަށް ފަސްކުރި އެ ފިލްމަކީ ކުރިން ބެލެވުނު ގޮތުން ވައިއާރްއެފުން މި އަހަރު ފަށައިގަންނާނެ ފިލްމެވެ. އެކަމަކު އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލް ކުޅެފައިވާ ދިބާކަރު ބެނަޖީ ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ފަހުގެ އެއްވެސް މައުލޫމާތެއް ވައިއާރްއެފުން ނުދެ އެވެ.
#RaniMukerji starts shooting for #Mardaani2 | @Mardaani2 pic.twitter.com/RN31v5sVWZ
— Yash Raj Films (@yrf) March 27, 2019
މިދިޔަ މަހުގެ ފަހުކޮޅު ރާނީ މުކަރްޖީ ލީޑް ރޯލް ކުޅޭ ފިލްމު "މަރުދާނީ 2" ގެ ޝޫޓިން ފެށި ނަމަވެސް އެ ފިލްމު ވެސް އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ޓައިގާ ޝްރޮފާއި ރިތިކް ރޯޝަން އެކީގައި ފެނިގެންދާ ފިލްމެއްގެ ޝޫޓިން މިދިޔަ އަހަރު ނިންމައިލި ނަމަވެސް، އެ ފިލްމުގެ ނަން ވެސް މިހާތަނަކަށް އިއުލާނެއް ނުކުރެ އެވެ. ވައިއާރްއެފްގެ ވެބްސައިޓް ބުނާ ގޮތުން އެ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.
ރަންބީރު ކަޕޫރާއި ސަންޖޭ ދަތު މުހިއްމު ރޯލްތައް ކުޅޭ "ޝަމްޝޭރާ" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު އެ ފިލްމަކީ އަންނަ އަހަރުގެ ޖުލައި 31 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
Getting into the #Shamshera mode! @Vaaniofficial trains in Kathak for @ShamsheraMovie. pic.twitter.com/vdRfIG11ZI
— Yash Raj Films (@yrf) March 25, 2019
އެހެންވެ "ސަންދީޕް އޯރް ޕިންކޯ ފަރާރް" އާއި "މަރުދާނީ 2" އާއި ޓައިގާ އާއި ރިތިކްގެ ފިލްމުގެ އިތުރުން ވައިއާރްއެފްގެ އިތުރު އެއްވެސް ފިލްމެއް މި އަހަރު ގެންނާނެ ކަމުގެ އެއްވެސް އިޝާރާތެއް އަދިއެއް ނެތެވެ. މިކަމަކީ އެ ސްޓޫޑިއޯ ފިލްމުތަކަށް ލޯބި ކުރާ މީހުންގެ ހިތްތައް މަރައިލާނެ ކަމަކަށް ވާނެ އެވެ.
މިދިޔަ އަހަރު ވެސް ވައިއާރްއެފުން އެންމެ ތިން ފިލްމު ގެނެސް ދިން އިރު، އޭގެ ތެރެއިން އެއް ފިލްމަކި އަހަރުގެ ބޮޑު އެއް ފްލޮޕެވެ. އެއީ ބޮލީވުޑްގެ ދެ ސްޕަސްޓާރުން ކަމަށްވާ އާމިރު ހާނާއި އަމީތާބް ބައްޗަން އެކީގައި ފުރަތަމަ ފަހަރަށް ސްކްރީނަށް ގެނައި ބޮޑު ބަޖެޓް ފިލްމު "ތަގްސް އޮފް ހިންދުސްތާން" އެވެ.
އޭގެ އިތުރުން ދެން އެ ސްޓޫޑިއޯ އިން މިދިޔަ ބެލުންތެރިންނަށް ގެނެސް ދިނީ ކުޑަ ބަޖެޓްތަކުން ހެދި ރާނީގެ "ހިޗްކީ" އާއި އަނުޝްކާ ޝަރުމާ އާއި ވަރުން ދަވަންގެ "ސުއީ ދާގާ": މޭޑް އިން އިންޑިއާ" އެވެ. އެ ދެ ފިލްމަކީ ފުދޭ ވަރަކަށް ހިނގި ދެ ފިލްމެވެ.
Action. Adventure. Drama. ✨#ThugsOfHindostan is NOW Available on Digital.
— Yash Raj Films (@yrf) March 7, 2019
Watch it on @iTunes: https://t.co/LEJ5K9b54p | @GooglePlay: https://t.co/EP4Q7ZFtFb | @PrimeVideoIN: https://t.co/V3EEtibG0a @SrBachchan | @aamir_khan | #KatrinaKaif | @fattysanashaikh | @TOHTheFilm pic.twitter.com/tBuD16dC3A
މި ފަހުން ވައިއާރްއެފްގެ ޖާދޫ ވަރަށް ބޮޑަށް ގެއްލި، އެ ސްޓޫޑިއޯގެ ހަރަކާތްތެރިކަން ކުޑަވެގެން ގޮސްފައިވާ އިރު، ބެލުންތެރިން ދެން އެންމެ ބޮޑަަށް އިންތިޒާރު ކުރާނެ އެ ސްޓޫޑިއޯގެ އެއް ފިލްމަކީ "ދޫމް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ. އޭގެ ތިން ވަނަ ބައި އާމިރާއެކު ގެނެސް ދިންތާ ވެސް މިހާރު މިއީ ހަ ވަނަ އަހަރެވެ.
އެހެންވެ "ދޫމް 4" އަކީ ފަހަރުގައި ވައިއާރްއެފުން މި އަހަރު އިއުލާންކޮށްފާނެ ކަމަށް ބެލެވޭ ފިލްމެކެވެ.
ބައެއް މީހުން ބުނާ ގޮތުން އައިކޮނިކް އެތައް ފިލްމެއް ވައިއާރްއެފްގެ ތައްގަނޑުގައި ގެނެސް ދިން އެ ސްޓޫޑިއޯގެ ވެރިޔާ ޔާޝް ޗޯޕްޅާ 2012 ގައި މަރުވި ފަހުން އެ ސްޓޫޑިއޯގެ އަސްލު ޖާދޫ ވަނީ ގެއްލިގެން ގޮސްފަ އެވެ. ސްޓޫޑިއޯ ހިންގުމުގައި މިހާރު އިސްކޮށް އުޅެނީ މީޑިއާތަކަށް އަބަދު ވެސް ވަރަށް ދުރުގައި އުޅޭ ޔާޝްގެ ދޮށީ ދަރިފުޅު/ޑައިރެކްޓަރު އަދި ބަތަލާ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
05 April 2019
އެހެންނުންވާނީ އެ ސްޓޫޑިއޯގެ ދެވަނަ ހިއްސާދާރު އަދީތިޔާ ގެ ކޮއްކޮ އުދޭ ޗޯޕުޅާ އުޅުނީ އެހެން ކަމެއްގަ. މާ ބޮޑަށް އަންހެންކުދިން ފަހަތުގަ!