"މިސްޓަ އިންޑިއާ" ގެ ޕްރޮޑިއުސަރު ބޯނީ، އޭނާގެ ކޮއްކޮ އަނިލްއާ އެކު.
01 ޖޫން 2019 - 08:48
މީގެ 32 އަހަރު ކުރިން ނެރުނު ކާމިޔާބު ފިލްމު "މިސްޓަ އިންޑިއާ" ގެ ދެވަނަ ބައި ހަދައިފާނެކަމުގެ އިޝާރާތެއް ފިލްމުގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރް ދާދި ފަހުން ދީފައި ވަނިކޮށް، ފިލްމުގެ ރިބޫޓް ވާޝަނެއް ހަދަން ނިންމާފައިވާކަން ޕްރޮޑިއުސަރު ބޯނީ ކަޕޫރު ކަށަވަރުކޮށް ދީފި އެވެ.
މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފުރަތަމަ ބޭނުން ވަނީ "މިސްޓަ އިންޑިއާ" ރިބޫޓް ކުރަން ކަމަށާއި އޭގެ ފަހުން އެ ފިލްމު ފްރެންޗައިޒަކަށް ހަދަން ބޭނުންވާ ކަމަށެވެ.
ސައިންސް ފިކްޝަން ފިލްމެއްގެ ގޮތުގައި ގެނެސް ދިން "މިސްޓަ އިންޑިއާ" އަކީ ބޯނީގެ މަރުވެފައިވާ އަންހެނުން އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ އާއި ބޯނީގެ ކޮއްކޮ އަނިލް ކަޕޫރް ލީޑް ރޯލް ކުޅުނު ފިލްމެކެވެ.
"މި ފިލްމަކީ ސްރީދޭވީ އާއި އަނިލްގެ ފިލްމީ ކެރިއަރު ވެސް މުޅިން އެހެން ހަރުފަތަކަށް ގެންގޮސް ބެލުންތެރިންގެ ހިތްތަކުން ވެސް ހާއްސަ ޖާގައެއް ވެސް ހޯދާފައިވާ ފިލްމެއް. އެހެންވީމާ މިސްޓަ އިންޑިއާގެ ވާހަކަ އިތުރަށް ކުރިއަށް ނުގެންދަންވީ ސަބަބެއް ނެތް،" ބޯނީ ބުންޏެވެ. "އަހަރެން މިހުރީ މި ފިލްމު ހަދާ ގޮތަށް. އެކަމަކު މިވެނި ދުވަހެއްގައި ފިލްމު ގެނެސްދޭކަށް ޓައިމްލައިނެއް ކަނޑައަޅާފައެއް ނެތް."
އޭނާ ބުނި ގޮތުގައި ރިބޫޓް ވާޝަން ޑައިރެކްޓް ކުރަން ޝޭކަރަށް ވަގުތު އޮތް ނަމަ އެކަން ކުރަންވީ އެވެ. އަދި އޮރިޖިނަލް ފިލްމުގެ ކާސްޓުންގެ ތެރެއިން އާ ފިލްމުގެ ކާސްޓާ ގުޅެން ބޭނުންވާ ކޮންމެ އެކްޓަރަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުންޏެވެ.
"މިސްޓަ އިންޑިއާ" އިން އެންމެ ވިދައިލި އެކަކީ ފިލްމުގެ ވިލަންގެ ރޯލް ކުޅުނު އަމްރިޝް ޕޫރީ އެވެ. އޭނާ އެ ފިލްމުގައި ކުޅުނު މޮގެމްބޯގެ ކެރެކްޓާއަކީ ބޮލީވުޑްގެ ފިލްމުތަކުން ވިދައިލި އައިކޮނިކް ނެގަޓިވް ކެރެކްޓާއެކެވެ. ނަމަވެސް އަމްރިޝް މިހާރަކު ދުނިޔެއަކު ނެތެވެ. އޭނާ ވަނީ 2005 ގައި މަރުވެފަ އެވެ.
"Mr. India" ge 2 vana bai hadhaifaane kamuge ishaaraatheh dheefi
The most trusted news source in the Maldives
Mihaaru
"މިސްޓަ އިންޑިއާ" ގެ އިތުރު ބައެއް ހަދާފާނެކަމުގެ އިޝާރާތެއް ޝޭކަރު ވަނީ ދީފައި.
އަދި "މިސްޓަ އިންޑިއާ" ގައި ޕްރޮފެސަރު ސިންހާގެ ރޯލް ކުޅުނު އަޝޯކް ކުމާރު ވަނީ 2001 ގައި މަރުވެފަ އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސަތިޝް ކޯޝިކް، އައްނޫ ކަޕޫރް އަދި ޝަރަތު ސަކްސޭނާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy