މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމުގެ ރެކޯޑް އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެކްޝަން ތުރިލާ "ވޯ" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.
އެ ޕްލެޓްފޯމުން ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރި "ވޯ" އަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުމެއް ގެނެސްދިން ފިލްމެކެވެ. މީގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.
ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 475 ކްރޯޑް ރުޕީސް (66 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، މި ފިލްމު ހަދާފައި ވަނީ 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
"ވޯ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން މި ފިލްމު ފްރެންޗައިޒަކަށް ހަދަން ނިންމައި، ފިލްމުގެ ދެވަނަ ބައި ވެސް މާ ދުރު ނޫން މުސްތަގުބަލެއްގައު ގެނެސްދޭނެ ކަމަށް ޑައިރެކްޓަރު ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ކާމިޔާބީއާ އެކު ރިތިކް ވަނީ ފިލްމު ކުޅޭ އަގު ވެސް މިހާރު ބޮޑުކޮށްފަ އެވެ.