އަޖޭ.
01 މާޗް 2020 - 07:24
ރިލަޔަންސް އެންޓަޓައިންމަންޓުން ރައިޓްސް ހޯދި ތަމަޅަ ފިލްމު "ކައިތީ" ގެ ރިމޭކަށް އަޖޭ ދޭވްގަން ސޮއިކޮށްފި އެވެ.
އެ ފިލްމަށް އަޖޭ ގެންނަން ނިންމާފައިވާކަމަށް މީޑިއާތަކުން ވެސް މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައި ވަނިކޮށް ރިލަޔަންސުން ކުރި ޓްވީޓެއްގައި ބުނީ އަޖޭއާ އެކު ފިލްމު ހަދާކަން އިއުލާންކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 12 ގައި ކަމަށް ބުންޏެވެ.
ނަމަވެސް "ކައިތީ" ގެ ހިންދީ ފިލްމާ ބެހޭ އިތުރު ތަފުސީލެއް ހާމައެއްނުކުރެ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރާނީ ތަމަޅަ ފިލްމުގެ ވެސް ޑައިރެކްޓަރު ލޮކޭޝް ގަނަރާޖެވެ.
We are thrilled to announce that @ajaydevgn will be playing the lead in #RelianceEntertainment, @DreamWarriorpic and @ADFFilms' Hindi remake of the Tamil Action-Thriller, #Kaithi. The film will release on February 12, 2021.@Shibasishsarkar #SRPrakashbabu @prabhu_sr @Meena_Iyer
— Reliance Entertainment (@RelianceEnt) February 28, 2020
މިދިޔަ އަހަރު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރިހީބެއް ހޯދި "ކައިތީ" އެކްޝަން ތުރިލާއެކެވެ، މީގައި ކިޔައިދެނީ ޖަލުން މިނިވަންވާ ކުށްވެރިއަކު، އޭނާގެ އަންހެން ދަރިފުޅާ އަލަށް ބައްދަލުކުރަން ދާ މަގުމަތީގައި އަނެއްކާ ވެސް އިތުރު ކުށެއްގައި ބެދިގެން ހިނގާ ހާދިސާތަކެވެ.
"ކައިތީ" ގައި ބަތަލުގެ ރޯލް ކުޅުނީ ކާތީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ނަރައިނާއި ދީނާ ހިމެނެ އެވެ.
މި ފިލްމުގެ ހިންދީ ރިމެކަށް އަޖޭ ސޮއިކުރި އިރު، ކުރިން އަޑުތައް އަރާފައިވާ ގޮތުން ރިތިކް ރޯޝަނާއި ރަންވީރު ސިންގް އަށް ވެސް "ކައިތީ" ހުށަހެޅި އެވެ. އެކަމަކު ރިލައިންސުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
"ކައިތީ" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އަޖޭ މި ވަގުތު އަންނަނީ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ މަސައްކަތްކުރަމުންނެވެ. ޖެނުއަރީ މަހު ރިލީޒްކުރި "ތާނަޖީ: ދި އަންސަންގް ވޮރިއާ" އަށް ފަހު، މި އަހަރު އޭނާ ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އިންޑިއާ" އާއި "މައިދާން" ހިމެނެ އެވެ.
މި މަހުގެ 24 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" ގެ ހާއްސަ ރޯލަކުން ވެސް އަޖޭ ފެނިގެންދާ އިރު، ނީރަޖް ޕާންޑޭގެ ޕީރިއަޑް ފިލްމު "ޗަނަކިއާ" ގެ ޝޫޓިން އަޖޭ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
01 March 2020
ތަމަޅަ ފިލްމު "ކައިތީ" ގައި ލަވައެއް ނެތް، އެކްޓްރެސް އެއް ނޫޅޭ. ހިންދީ ފިލްމު ކިހިނެތްބާ ވާނީ. ވަރަށް މޮޅު ތަފާތު ފިލްމެއް މީ.