ޓޮމް ހާޑީ.
07 އެޕްރީލް 2020 - 08:25
މި އަހަރު ރިލީޒްކުރާ ޖޭމްސް ބޮންޑްގެ ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު ޑެނިއަލް ކްރެއިގް އެ ރޯލަށް އަލްވަދާއު ކިޔާނެ އެވެ. މިިއީ މީގެ ދެތިން އަހަރު ވެސް ކުރިން ކަށަވަރުވެފައި އޮތް ކަމެކެވެ.
އެއާ އެކު އެންމެ ބޮޑަށް ބަހުސްކުރެވެނީ ދެން ބޮންޑްގެ ރޯލް ކުޅޭނެ އެކްޓަރާ ދޭތެރެގަ އެވެ. މި ދޭތެރެއިން މީޑިއާތަކުގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އަކީ ބޮންޑްގެ ރޯލުން ދެން ބަތަލާއަކު ފެނިދާނެ ވާހަކަ އެވެ. އަދި މިކަމަށް ބޮންޑްގެ ރޯލް ކުރިން ކުޅުނު ބައެއް އެކްޓަރުން ވެސް ތައީދު ވެސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕިއާޒް ބްރޮޒްނަން ހިމެނެ އެވެ.
ނަމަވެސް ބޮންޑް ސީރީޒްގެ ޕްރޮޑިއުސަރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
MGM, Universal and Bond producers, Michael G. Wilson and Barbara Broccoli, announced today that after careful consideration and thorough evaluation of the global theatrical marketplace, the release of NO TIME TO DIE will be postponed until November 2020. pic.twitter.com/a9h1RP5OKd
— James Bond (@007) March 4, 2020
ބޮންޑްގެ ރޯލް ދެން ކުޅޭނެ އެކްޓަރަކާ މެދު ކުރެވޭނެ ބަހުސްތައް އަދި ކުރިއަށް އޮތީ އެވެ. މިހާރު އެތައް ނަމެއް އެ ރޯލާ ގުޅުވައިފި އެވެ. އޭގެ ތެރޭގައި ބޮންޑްގެ ރޯލާ ނުވައްތަރު ކަޅު އެކްޓަރަކު ވެސް ހިމެނެ އެވެ. އެގޮތުން އިޑްރިޒް އަލްބާއާ އެކު، ބޮންޑްގެ ރޯލާ ގުޅުވައިގެން ތިލަވި ނަންތަކުގެ ތެރޭގައި ޓޮމް ހިޑެލްސްޓަން، ރިޗަޑް މެޑެން އާއު ޖޭމްސް ނޯޓަން އާއި ސޭމް ހިއުއާން އަދި ކުރީގެ އިނގިރޭސި ބޭންޑް "ވަން ޑިރެކްޝަން" ގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ހިމެނެ އެވެ.
މި ލިސްޓްގެ ތެރެއަށް މިހާރު އަލަށް އިތުރުވެގެން އުޅޭ ނަމަކީ ""ޕީކީ ބްލައިންޑާޒް" އާއި ވެނަމް" އަދި "ލެޖެންޑް" ފަދަ ފިލްމުތައް ކުޅެފައިވާ 42 އަހަރުގެ ޓޮމް ހާޑީ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ބޮންޑްގެ ރޯލް ދެން ހަވާލުކުރާނެ އެކްޓަރުންގެ ރޭހުގައި ހާޑީ އަކީ ހަމަ ވަރަށް ވަރުގަދަ ނަމަކަށް ވާނެ އެވެ.
އެކަމަކު މި ވާހަކަ އިހަށް ބާއްވާފައި އިންތިޒާރުކުރަންވީ ޑެނިއަލް ކްރެއިގް ފަސް ވަނަ ފަހަރަށް ބޮންޑްގެ ރޯލް ކުޅުނު "ނޯ ޓައިމް ޓު ޑައި" ރިލީޒްކުރާނެ ދުވަހަކަށެވެ. ކުރިން މި މަހުގެ 3 ގައި އިނގިރޭސިވިލާތުގައި ޕްރިމިއާކުރަން އޮތް ފިލްމު ވަނީ ކޮރޯނާވައިރަހާ ހެދި ނޮވެމްބަރު މަހުގެ 12 އަށް ފަސްކޮށްފަ އެވެ.
ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން ފަހަރުގައި މި އަހަރު ފިލްމު ސިނަމާތަކަށް އައުމުގެ ފުރުސަތު ވެސް ކުޑަ އެވެ. މިކަމާ ބެހޭ ގޮތުން ޖޭމްސް ބޮންޑްގެ ޕްރޮޑިއުސަރުންގެ ބަހަކަށް މަޑުކޮށްގެން ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
elle
07 April 2020
ހެންރީ ކެވިލް ރނގަޅުވާނެ