ޒޭން މާލިކާއި ޖީޖީގެ ލޯބީގެ ގުޅުން ވެސް ނިމުމަކަށް!

މަޝްހޫރު ޒުވާން ޖޯޑެއްގެ ލޯބީގެ ގުޅުމުގައި އަނެއްކާވެސް ސިއްކަ ޖެހުނީ އެވެ. މި ފަހަރު ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް ލަވަ ކިއުންތެރިޔާ ޒޭން މާލިކް އެވެ.


މަޝްހޫރު އިނގިރޭސި ބޭންޑް ވަން ޑިރެކްޝަންގެ ކުރީގެ މެމްބަރު އަދި ޒުވާން ލަވަ ކިއުންތެރިޔާ ޒޭން މާލިކާއި އޭނާގެ ލޯބިވެރިޔާ މޮޑެލް ޖީޖީ ހިދީދް ލޯބީގެ ގުޅުން ހަތް މަސް ދުވަހުން ފަހުން ނިމުމަކަށް އައިސްފައިވާ ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ބުނެ އެވެ.

އެހެން ނަމަވެސް ދެ މީހުން ވަކިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ. އީނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ޒޭން އާއި ގީގީގެ ގުޅުން ނިމުމަކަށް އައިސްފައި ވަނީ ދެ މީހުންގެ ދޭތެރޭ ތަފާތު ކުދިކުދި މައްސަލަތައް ޖެހި އަރާރުންވަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ.

މިދިޔަ އެޕްރީލް މަހު ޖީޖީގެ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ހަފުލާގައި ވެސް ދެ މީހުން ވަރަށް ގަދައަށް ޒުވާބުކޮށްފައިވާ ކަމަށްވެ އެވެ.

ޒޭން އާއި ޖީޖީ: ދެ މީހުން މިހާރު ވަކިވެފައިވާ ކަމަށްވޭ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޒޭން، 23، އާއި ޖީޖީ، 21، ގެ ގުޅުމަށް މި ވަގުތު ހުއްޓުމެއް އަޔަސް، އެ ދެ މީހުން ވަރަށް އަވަހަށް އަލުން ގުޅުން ގާތެވެ. އަދި މިކަމާ ޖީޖީ ހުރީ ވަރަށް މާޔޫސްވެފައި ކަމަށްވެ އެވެ.

އެހެންވެ އަލުން ޒޭން އާ ގުޅެން ކުރެވެން ހުރި މަސައްކަތްތައް އެމެރިކާ އަށް އުފަން ގިގީ ކުރަމުން އަންނަ ކަމަށްވެ އެވެ.

ޒޭން އާއި ޖީޖީ އެކުގައި ކުޅުނު ލަވަ "ޕިލޯޓޯކް"

ޒޭން އާއި ޖީޖީ ޑޭޓް ކުރަން ފެށިކަން ޔަގީންވީ ޒޭންގެ ވީޑިއޯ ލަވަ "ޕިލޯ ޓޯކް" ގައި ދެ މީހުން އެކުގައި ފެނުނު ހިސާބުން ފެށިގެންނެވެ.

އެކަމަށް ޒޭން ރަސްމީކޮށް އެއްބަސްވީ ރޭޑިއޯ ޝޯއެއްގައި ފޭނަކު ކުރި ސުވާލަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.