މުނިފޫހިފިލުވުން

ޝިލްޕާގެ ދިފާއުގައި ފިރިމީހާ ނުކުމެ ކުރީގެ އަނބިމީހާ ބޭޒާރުކޮށްލައިފި

ޝިލްޕާ އާއި ރާޖް.

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ އަލަތު ކައިވެނި ރޫޅުނު ގޮތާއި އެ ކައިވެނީގެ ގޮށް މޮހައިލަން ޖެހުނު ސަބަބު ފުރަތަމަ ފަހަރަށް ވަރަށް ތިލަކޮށް ޕިންކްވިލާ އަށް ކިޔައި ދީފަ އެވެ.

ކުރިން މީޑިއާތަކުގައި އެ ކައިވެނީގެ ވާހަކަ އެންމެ ބޮޑަށް ދެކެވިފައި އޮތީ ރާޖްގެ ކައިވެނީގެ ތެރެއަށް ޝިލްޕާ ވަދެ، އެ ކައިވެނީ ރޫޅާލިކަމުގެ ތުހުމަތާ އެކީގަ އެވެ. ޝިލްޕާ އާއި ރާޖް ކައިވެނިކުރީ 2009 ގެ އެވެ. އެ ކައިވެންޏަށް މިހާރު ދެ ކުދިން ވެސް އެބަ ތިއްބެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

އަލަތު ކައިވެނި ރޫޅައިލި އިރު ރާޖަށް އަންހެން ކުއްޖަކު ލިބިފައިވެ އެވެ. އެއީ މިހާރު 14 އަހަރުވެފައިވާ ކުއްޖެކެވެ.

ރާޖް ބުނި ގޮތުގައި ކުރީގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކަން މަޖުބޫރުވީ ޝިލްޕާއާ ބެހޭ ގޮތުން ކުރީގެ އަންހެނުން ކަވީތާ ދީފައިވާ އިންޓަވިއުއެއް އަލުން ތިލަކޮށް، ޝިލްޕާއާ މެދު ނަފުރަތު އުފައްދަން މަސައްކަތްކުރާތީ އެވެ. ރާޖް ބުނީ ކަވީތާ ވަނީ ޝިލްޕާ އާއި އޭނާއާ ބެހޭ ގޮތުން ދިގު ހަދައިގެން އިނގިރޭސި މީޑިއާކަށް ކުރިން ވެސް ހުތުރު އިންޓަވިއުއެއް ދީފައި ކަމަށެވެ. އަދި އެކަން ކުރީ އެ މީޑިއާ އަށް ގިނަ އަދަދެއްގެ ފައިސާ ދީގެން ކަމަށް ވެސް ބުންޏެވެ.

އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ ވިޔަފާރިވެރިއެެއް ކަމަށްވާ ރާޖް ބުނި ގޮތުގައި އޭނާ އާއި ކަވީތާގެ ކައިވެނި ރޫޅައިލަން ޖެހުނީ ކުޅެމުން ދިޔަ ހުތުރު ކުޅިގަނޑަކާ ހެދި އެވެ. އެއީ ރާޖްގެ ކޮއްކޮގެ ފިރިމީހާ ވަންޝް އާއި ކަވީތާ ސިއްރު ލޯބީގެ ގުޅުންތަކެއް ގިނަ ދުވަސްތަކެއް ބާއްވަމުން ދަނިކޮށް އެކަން ފަޅާއެރުމެވެ.

ރާޖް ކިޔައިދީފައިވާ ގޮތުގައި އެ އާއިލާގެ އެންމެން އެއްކޮށް ކުރީގައި އުޅުނީ ލަންޑަންގަ އެވެ. އަދި އޭރުއްސުރެ ކަވީތާ އާއި ވަންޝް ދިޔައީ ލޯބީގެ ގުޅުން ބާއްވަމުންނެވެ.

"ފަހުން އެނގުނު ގޮތުގައި މިކަމެއް ކުރިއަށް ގެންދަނީ އަހަރެން ވިޔަފާރީގެ ދަތުރުތަކުގައި ގައުމުން ބޭރަށްދާ ފަހަރުތަކުގައި. އާއިލާގެ އެއްވެސް ބަޔަކަށް މިކަމެއް ހިނގާކަން އޮތީ ރޭކާ ވެސް ނުލައި،" ރާޖް ބުންޏެވެ.

އަދި މި މައްސަލަގަނޑު ފަޅާއެރީ ކޮއްކޮ ފިރިމީހާއާ އެކު އިންޑިއާ އަށް އަލުން ބަދަލުވި ހިސާބުން ކަމަށް ރާޖް ބުންޏެވެ.

ރާޖް އާއި ކުރީގެ އަންހެނުން ކަވީތާ.

"އެ ދުވަސްވަރު ވަންޝް ގެންގުޅުނު ސިއްރު ފޯނަކުން ކަވިތާ އާއި އޭނާއާ ބަދަލުކޮށްފައި ހުރި މެސެޖްތަކެއް ކޮއްކޮ އަށް ފެނުނީ. ދެން ކޮއްކޮ ގުޅާފައި މި ވާހަކަ ދެއްކީމަ އަހަންނާއި ކަވީތާ އިންޑިއާއަށް އައީ. އެކަމަކު އޭރު އެއްވެސް ވަރަކަށް ނާންގަން މި ދެ މީހުންގެ ގުޅުން އަހަރެމެންނަށް އެނގިފައި އޮތް ކަމަކަށް،" ރާޖް ބުންޏެވެ.

އޭނާ ބުނީ ވަންޝް އާއި ކަވީތާ އެއްތަންކޮށްގެން އެ މީހުންގެ ގުޅުން ފަހުން ވަރަށް ގާތުން ބަލަމުން ގެންދިޔަ ކަމަށެވެ. އަދި ފަހުން އެނބުރި ލަންޑަނަށް ދިޔަ ފަހުން ވެސް އެ ގުޅުން ނުހުއްޓޭ ކަމަށާއި އެކަން ފަޅާއެރީ ކަވީތާ ފާހާނާ އަށް ވަދެއްޖެ ނަމަ ނުކުތުން ލަސްވާތީ އެކަން ފާހަގަކުރެވިގެން، ބެލިބެލުމުން ކަމަށެވެ.

"ފާހާނާ ތެރޭގައި ހުރެގެން ފޯނުން އެ ދެ މީހުން ލޯބީގެ ވާހަކަތައް ދައްކަމުން ދިޔަކަން ފަޅާއެރީ. ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ އާއި އަބަދު މިސްވާ ވާހަކަ އާއި ވަކިން އުޅެން އުނދަގޫ ވާހަކަ މި ޒާތުގެ އެތައް ވާހަކައެއް އެ ދެ މީހުންގެ ތެރޭގައި ދެކެވިފައި އޮތީ. ކޮއްކޮގެ ލޯބިވެރިޔާއާ އަންހެނުން ނަހަމަ ގުޅުމެއް ބޭއްވީމަ އަހަންނަށް މަޖުބޫރުވީ ކައިވެނި ރޫޅާލާން،" ރާޖް ބުންޏެވެ. "އެކަމާ ހެދި ހަމައެކަނި އަހަރެންގެ ކައިވެނި އެކަންޏެއް ނޫން ރޫޅުނީ. ކޮއްކޮ އަށް ވެސް ޖެހުނީ ފިރިމީހާއާ ވަކިވާން."

ރާޖް ބުނީ އޭނާގެ އަލަތު ކައިވެނި ރޫޅުމުގައި އެއްވެސް އިރަކު އެއްވެސް ގޮތަކަށް ޝިލްޕާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި ޝިލްޕާއާ ބެހޭ ގޮތުން އެރުވި ހުރިހާ އަޑެއް އެރުވީ ކަވީތާ ކަމަށް ބުންޏެވެ.

"ފުރަތަމަ ކައިވެންޏަކީ އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތައް. އެންމެ ހިތްދަތިވީ ދަރިޔަކު ވެސް ލިބުނުތާ ކުރީކޮޅު ކަވީތާގެ ހަގީގަތް ފަޅާއަރައި ވަކިވާން ޖެހުމުން. އެކަމުގެ ސަބަބުން އަހަންނާއި ދަރިފުޅާ ވަރަށް ބޮޑަށް ދުރުވި،" ރާޖް ބުންޏެވެ.

އޭނާ ބުނީ ކައިވެނި ރޫޅާލި ފަހުން ކަވީތާއާ އެއްވެސް ކަހަލަ މުއާމަލާތެއް ނުބާއްވާ ކަމަށެވެ. އެކަމަކު ދޮށީ ދަރިފުޅުގެ ކަންކަމުގައި އަބަދު ވެސް ކަވީތާގެ އާއިލާގެ މީހުންނާ ގުޅުން އޮންނަ ކަމަށް ބުންޏެވެ. އޭނާ ބުނީ ކަވީތާ އާއި ވަންޝްއާ ދެމެދު މިހާރު ވެސް ގުޅުން އޮންނަ ކަމަށާއި އެ ދެ މީހުން ޑިރެކްޓަރުންގެ ގޮތުގައި ހިއްސާވާ ކޮންސްޓްރަކްޝަން ކުންފުންޏެއް ވެސް އޮންނަކަން އެނގޭ ކަމަށެވެ.

"އަހަރެންގެ ލައިފް މިހާރު ވަރަށް އުފާވެރި. ދެ ކައިވެނި އަޅާކިޔާ ނަމަ އަހަރެން މިހާރު ބުނާނީ މިހާރު މި ހުރީ ޖަހައްނަމަ އިން ނުކުމެވި ސުވަރުގެއެއް ކަހަލަ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއްގައޭ." ރާޖް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަލަތު ކައިވެނީގެ ވާހަކަ މި ގޮތަށް މިޑިއާގައި ދައްކާކަށް ޝިލްޕާ ގަބޫލެއް ވެސް ނުވާނެ އެވެ. އަދި އިންޓަވިއު ދިނީ ޝިލްޕާ އަށް ނާންގައި ކަމަށް ވެސް ރާޖް ބުންޏެވެ.

"އެކަމަކު އަހަރެން ގަބޫލުކުރަނީ ހަގީގަތް ހާމަކޮށްގެން ވާނެ ދެރައެއް ނެތޭ." އޭނާ ބުންޏެވެ. "މިހާ ދުވަސްކޮށްފައި މި ވާހަކަ ކިޔައި ދެވުނީމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ."

5 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެވަނަފަހަރަޑް

13 June 2021

ކޮއްކޮގެ ފިރިމީހާއޭ....ފިރިމީހާ އޭ.. ސޯ ކޮއްކޮއަކީ އަންހެނެއްހޭ ސުވާލަކީ.... ސާފު ކޮށްލަދީބަލަ މި ވާނުވާ... ވަންޝް އަކީ ފިރިހެން ނަމެއް.

The name is already taken The name is available. Register?

ގަޅިދޯ؟

13 June 2021

ފަހުމް ނުވާކަނެ ކަލެޔަށް އަރަބިން ލިޔުނަސް

The name is already taken The name is available. Register?

ވެލްކަމް

13 June 2021

އާދެ އަޅުގަނޑަށް ވީވަރަކުން ސާފުކޮއްލަދޭނަން. ރާޖް ގެ ކޮއްކޮ އަކީ އަންހެނެއް. އިނދެގެން އުޅުނީ ފިރިހެނަކާ. މިފިރިހެން މީހާ(ވަންޝް)، ރާޖް ގެ އަންހެނުންނާ(ކަވީތާ) ލޯބީގެ ގުޅުން އޮންނަނީ. ދެން އަނެއްކާ ރާޖް އަކީ ފިރިހެނެއް ކަމަކަށްވެސް ނެތް މިލިއުމުގަ ބުނެފައެއް. އެހެންވެ ބުނެލަން. ރާޖް އަކީވެސް ފިރިހެނެއް.

The name is already taken The name is available. Register?

ޙހގގ

13 June 2021

ޔޫ އާ ސޯ ޑަމްބް.

The name is already taken The name is available. Register?

ޓެޑް

14 June 2021

ކަލޭ ހަމަ ހިސާބަށް ވުރެ ގަމާރީ ހެހެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454