ޔޫރޯ 2020 ގެ މެޗުތައް ސްޓްރީމް ކުރަން ދިރާގު ޕްރިޕެއިޑް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކުރުމުން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ގޮތް ހަމަޖައްސައިދީފި އެވެ.
ދިރާގުން މިއަދު ބުނީ، މިއީ ޕޯޗުގަލް އާއި ޖަރުމަނު މިރޭ ބައްދަލު ކުރާ މެޗު ސްޓްރީމް ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެެވެ. މި މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ ނުވައެއް ޖަހާއިރު އެވެ.
އެ ކުންފުނިން ބުނީ ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗުތައް މޯބައިލް ފޯނުން ސްޓްރީމް ކުރުމަށް ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށް ފަހު "ސްޓްރީމިން ޕާކް" ހިޔާރު ކޮށްގެން 1ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ.
ދިރާގު ޕްލޭ އެޕުން މެޗުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޗެނަލްތައް ކޮންމެ ތަނެއްގައި ވެސް ބަލައިލެވޭނެ އެވެ. ދިރާގު ޕްލޭގެ މަހު ފީގެ ގޮތުގައި ޖީއެސްޓީއާ ނުލައި ދައްކަން ޖެހޭނީ 65ރ. އެވެ.
ޕްރިޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު ދިރާގުގެ ކަސްޓަމަރުންނަށް މިހާރު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އިތުރު ހިލޭ "ޕާކްސް" ވެސް މިއާއެކު ލިބޭނެ އެވެ. މި ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑްއޮންސް ގަންނާކަށް ނުޖެހޭނެ އެވެ.
މި ކޮމްބޯ ޕްލޭން އެކްޓިވޭޓް ކުރުމަށް ދައްކަން ޖެހޭނީ 250ރ. އެވެ. ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ފޮނުވައިގެން ވެސް ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރެވޭނެ އެވެ.