ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

"މަހަލް-ދޭޝް" ޑާބީ – ފޯރި ގަދަވާނެ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގަލޮޅު ދަނޑުގައި ސާޕް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު، ނުވަތަ "މަހަލް-ދޭޝް ޑާބީ" އަކީ ދެ ޓީމަށް ވެސް އެ މެޗުން ތިން ޕޮއިންޓް ހޯދުން މުހިއްމު މެޗެކެވެ. ދިވެހި ފަސްގަނޑުގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާއިރު، މިއީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދަނޑަށް ކުޅިބެލުންތެރިން ނުވަދެ ހޭދަވި ދިގު މުއްދަތަށް ފަހު ދަނޑަށް ކުޅިބެލުންތެރިން ވައްދަން ފެށި ފުރަތަމަ މުބާރާތެވެ.

އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމެއް ކުޅޭ މެޗުތައް އާއްމުކޮށް މަޝްހޫރުވެފައި ވަނީ ޑާބީގެ ނަމުންނެވެ. އިނގިރޭސި ވިލާތުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗު މަޝްހޫރުވެފައި ވަނީ މެންޗެސްޓާ ޑާބީގެ ނަމުންނެވެ. އިޓަލީގައި ނަމަ އިންޓަ މިލާނާއި އޭސީ މިލާނުގެ މެޗަކީ މިލާން ޑާބީ އެވެ. އަދި ސްޕޭންގައި ނަމަ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުގެ މެޗަކީ މެޑްރިޑް ޑާބީ އެވެ.

ރާއްޖޭގައި، ޚާއްސަކޮށް މާލޭގައި ވެސް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ އިރު ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް މިރޭ ކުޅޭ މެޗަކީ އެއްގޮތަކުން އެ މީހުންނަށް ވެސް ހޯމް މެޗެކެވެ. ނަމަވެސް ބަންގްލަދޭޝްގެ ސަޕޯޓަރުން ބޭނުންވި އަދަދަށް ޓިކެޓް ވިއްކައިފައެއް ނުވެ އެވެ. ހުރިހާ ޓީމެއް އެއްބަސްވެގެން ނިމްމާފައި ވަނީ އަވޭ ޓީމަށް ހަތަރު ޕަސެންޓް ޓިކެޓް ވިއްކުމަށެވެ. އެހެންވެ މިރޭ ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކީ 200 ޓިކެޓެވެ.

އެހެން ނަމަވެސް މާލޭގައި ބަންގްލަދޭޝްގެ ބޮޑު އާބާދީއެއް ދިރިއުޅުމާ އެކު މިރޭގެ މެޗު އެއްބަޔަކު ސިފަކޮށްފައި ވަނީ މަހަލް-ދޭޝް ޑާބީގެ ގޮތުގަ އެވެ.

މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕް މުބާރާތުގެ ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ހޯސްޓް ކުރި ނަމަވެސް އެ މެޗްތައް ކުރިޔަށް ގެންދިޔައީ ވެސް ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ގަލޮޅު ދަނޑުގައި ބައްދަލުކުރީ 2016 ވަނަ އަހަރު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. ބަންގްލަދޭޝްގެ އެތައް ހާސް ސަޕޯޓަރުންނެއް ކުޅިބަލަން ދަނޑަށް ވަންއިރު ރާއްޖޭން މެޗް ކާމިޔާބުކުރީ 5-0 އިންނެވެ.

ދަނޑަށް ކުޅިބަލަން ވަންނަ ޓިކެޓަށް ބޮޑު ތަރުހީބެއް

ދަނޑަށް ކުޅިބަލަން ވަންނަ ދިވެހި ސަޕޯޓަރުންގެ ފަރާތުން އަބަދު ވެސް ޓީމަށް ހިތްވަރު ލިބެއެވެ. ޓީމު ދެރަވިޔަސް، އެއްވަރުވިޔަސް އަދި މޮޅުވިޔަސް ގައުމީ ޓީމަށް ސަޕޯޓްކުރުމުގައި ގައުމީ ޖޯޝެއް ނުކެނޑެއެވެ. ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެޓީމް ކުޅޭ މެޗުގެ ޓިކެޓު ވިއްކަންފެށިތާ ހައެއްކަ ގަޑިއިރުތެރޭ މެޗަށް ވިއްކަން ހަމަޖެހުނު ހުރިހާ ޓިކެޓެއް ވިކި ހުސްވި އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނައިރު އޭގެތެރޭގައި ބަންގްލަދޭޝްގެ ބޮޑު އާބާދީއެއް އުޅެއެވެ. ރާއްޖޭގައި ކުޅޭ މެޗަކަށްވެފައި އެއްކޮޅުން މުބާރާތުގެ ހޯސްޓް ބައްދަލުކުރާއިރު، އުސޫލެއްގެ ގޮތުން އަވޭ ޓީމް ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ވަކި އަދަދަކަށެވެ. މިރޭގެ މެޗުގެ އަވޭ ޓީމް، ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހުނީ 200 ޓިކެޓް ކަމަށް ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.

ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ޓިކެޓް ގަންނަން ކައުންޓަރު ދޮށުގައި ކިޔޫ ހަދާލާފައި ތިއްބައި، މަދު ވަގުތުކޮޅެއް ތެރޭ އެ ޓިކެޓްތައް ހުސްވުމުން އެސަރަހައްދުގައި ތިބި އެގައުމުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ސަލާމާތީ ބާރުތަކުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ޖެހުނުއިރު، ސަޕޯޓަރުން ދަނޑަށް ދާން ބޭނުންވެފައި ތިބި ވަރުން ކަޅު ބާޒާރުގައި 500ރ. އިން ފެށިގެން 2000ރ. އަށް ވެސް ޓިކެޓް ގަންނަން ފެށި އެވެ.

މެޗުގެ ނަތީޖާ ނެރުން ދެ ޓީމަށް ވެސް މުހިއްމު

މިރޭ މި ދެޓީމު ބައްދަލުކުރާ މެޗުން ދެ ޓީމު ވެސް އުއްމީދުކުރާނީ ފުރިހަމަ ތިން ޕޮއިންޓަށެވެ. ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ރާއްޖެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވީ ފަހު ވަގުތު ވަން ލަނޑަކާ އެކު 1-0 އިންނެވެ. ގޯލު ނުޖެހުނު ނަމަވެސް ރާއްޖޭން ވަނީ މުޅި މެޗުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ނޭޕާލް ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ރާއްޖެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ގޯލަށް ހަމަލާއެއް ފޮނުވާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބަންގްލަދޭޝް މިހާތަނަށް ދެ މެޗް ކުޅެފައިވާއިރު ދެ މެޗްގައި ވެސް އެ ޓީމު ފެނުނީ ވަރުގަދަކޮށެވެ. ފުރަތަމަ މެޗުގައި 1-0 އިން ސްރީ ލަންކާ މައްޗަށް ކުރި ހޯދިއިރު، ދެވަނަ މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެ، ބަންގްލަދޭޝް ވަނީ ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާ 1-1 އިން އެއްވަރު ކޮށްފަ އެވެ.

ފަސް ޓީމު ވާދަކުރާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ނޭޕާލެވެ. ބަންގްލަދޭޝް ދެވަނައިގައި އޮތީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އިންޑިއާ އަދި ރާއްޖެ މިހާތަނަށް ކުޅުނީ އެންމެ މެޗެކެވެ. އިންޑިއާ މިއަދު ހަވީރު ބައްދަލުކުރާނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވި ސްރީ ލަންކާއާ އެވެ. ރާއްޖޭގެ ޓީމު މިރޭ މެޗުން މޮޅު ނުވެވިއްޖެ ނަމަ މުބާރާތުގެ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު މުޅިންހެން ގެއްލޭނެ އެވެ.

ރަހުމަތްތެރިކަން އެއްފަރާތް ކޮށް އޮސްކާ ދިވެހިންނާ ދެކޮޅަށް

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު އިދިކޮޅު ޓީމުގެ ކޯޗަކަށް ހުރީ ރާއްޖޭގެ ފުޓުބޯޅަ ދަންނަ، ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކާ އެކު މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. ރާއްޖޭގެ ކޯޗު އަލީ ސުޒޭނާ ދެކޮޅަށް އޭނާ ނުކުންނަ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ސްޕެއިންގެ އޮސްކާ ބުރުޒޯން ބަރޭރަސް ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދިން މަދު ދުވަސްކޮޅުތެރޭ ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.

މި މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޮސްކާ ވަނީ ރާއްޖޭގެ އެޓޭކްގެ ވަރުގަދަ ވާހަކަ ދައްކައިފަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި ކީޕަރު ފައިސަލް ހިމެނޭހެން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ މީގެ ކުރިން ކްލަބް ލެވެލްގައި އޮސްކާގެ އިތުބާރި ހޯދާފައިވާ ކުޅުންތެރިންނެވެ.

އެހެން ނަމަވެސް މިރޭ ރާއްޖެއާ ދެކޮޅަށް އޮސްކާ ނުކުންނާނީ ރާއްޖެއާ ދެމެދު އޮތް ރަހުމަތްތެރިކަން 90 މިނިޓަށް އެއްފަރާތް ކޮށްލައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ދެ ޓީމުގެ ބައްދަލުވުންތައް

ރާއްޖޭން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި 1997 ވަނަ އަހަރު ވާދަކުރަން ފެށިއިރު ފުރަތަމަ ނުކުންނަން ޖެހުނީ ވެސް ބަންގްލަދޭޝްއާ އެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެއަށް ފަހު ރާއްޖޭން ބަންގާޅާ ދެކޮޅަށް ކުޅުނީ 2003 ވަނަ އަހަރުގެ މުބާރާތުގަ އެވެ. ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް މުބާރާތް ބޭއްވި އެ އަހަރު އެ ގައުމުން ވަނީ މުބާރާތުގައި ރާއްޖެ ދެ ފަހަރު ބަލިކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި 1-0 އިން ރާއްޖެ ބަލިކުރިއިރު، ފައިނަލުގައި ބަންގްލަދޭޝް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. އެއަށް ފަހު ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ދެ މެޗުވެސް ކާމިޔާބުކުރީ ދިވެހިރާއްޖެ އެވެ.

- 1997 ސާފް ޗެމްޕިއަންޝިޕް (ގުރޫޕް ސްޓޭޖް): ދިވެހިރާއްޖެ 1-1 ބަންގްލަދޭޝް

- 2003 ސާފް ޗެމްޕިއަންޝިޕް (ގުރޫޕް ސްޓޭޖް): ބަންގްލަދޭޝް 1-0 ދިވެހިރާއްޖެ (ގުރޫޕް ސްޓޭޖް)

- 2003 ސާފް ޗެމްޕިއަންޝިޕް (ފައިނަލް): ބަންގްލަދޭޝް 1-1 [5-3 ޕެނަލްޓީ] ދިވެހިރާއްޖެ

- 2011 ސާފް ޗެމްޕިއަންޝިޕް (ގުރޫޕް ސްޓޭޖް): ދިވެހިރާއްޖެ 3-1 ބަންގްލަދޭޝް

- 2015 ސާފް ޗެމްޕިއަންޝިޕް (ގުރޫޕް ސްޓޭޖް): ބަންގްލަދޭޝް 1-3 ދިވެހިރާއްޖެ

11 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުޅި

07 October 2021

ކޮލޯނިއަލް މާސްޓަރުން ކިޔާހާއެއްޗެއް އަހަރެމެން ކިޔާކަށްނުޖެހޭ.

The name is already taken The name is available. Register?

ލަންޑަން ޑާބީ

07 October 2021

މީކިހިނެތް ޑާބީ އަކަށް ވާނީ އަޖައިބެއް އިނގިރޭސި ވިލާތުގަ އޮވޭ އިންޑިއާ ބޮޑު އާބާދީއެއް އެމީހުން ނުކިޔާ ޑާބީ އެކޭ

The name is already taken The name is available. Register?

ބޮކިފުރާޅު ޢީސާ

07 October 2021

"މަހަލް-ދޭޝް" އަށްވުރެ މާރީތި "މޯލް-ދޭސް."

The name is already taken The name is available. Register?

ޑއިޜކ

07 October 2021

ރަގަޅު... އެމީހުންގެ ވެސް ހޯމް އަހަރުންގެ ވެސް ހޯމް... ކޮންމެ ދޭސް އެއް މޮޅުވިޔަަސް ހަމަ އަހަރުން މޮޅުވިކަމަށް ވާނީ

The name is already taken The name is available. Register?

ޝޯމޭން

07 October 2021

ހޯމް އެންޑް އަވޭއަށް ހަދާފަހުރި ގަވައިދުތައް ތަންފީޒުކުރުމާއި ބްލެކްމާކެޓުގަ ޓިކެޓުވިއްކުން ކޮންޓްރޯލް ކުރަން އަޅާފަ ހުރި ފިޔަވަޅުތައް އެއީ އެފްއޭއެމްގެ ވަރަށް ރަނގަޅު ނިންމުންތަކެއް. އުއްމީދުކުރަން ރަނގަޅަށް ކުރާކަމެއް އެގޮތައް ދަމަހައްޓާނެކަމަށް. މިރޭގެ މެޗުގަ ރާއްޖެއަށް ކާމިޔާބީއަށް އެދެން. ގައުމީޓީމު ކުރާ ހިތްވަރަށް ސާބަސް ހައްގު. އުއްމީދަކީ ނަތީޖާ މިރޭ އަހަރުމެން ކޮޅަށް ބުރަވުން.

The name is already taken The name is available. Register?

އަލީ

07 October 2021

އިންޑިއާ މެޗް ޑްރޯވުމުން ރާއްޖެ އަނެއްމެޗުން ބަލިވެފަ އިނީމަ ފައިނަލް ފުރުސަތު ކުރިއަށްވުރެވެސް ކުޑަވީ

The name is already taken The name is available. Register?

އަދުނާނުބެ

07 October 2021

ބަލިވާނެ. ހެ ހެ ހެ

The name is already taken The name is available. Register?

ހިމެނޭނެއޭ

07 October 2021

މިރޭގެ ސްކޯގެ އަކަ މަމެން ޖަހާލާނަމޭ އަދަކީ 7/10/2020 އެއީ 12 އޭ ދެން 12 އެއީ 3 ބަންގާޅު ކުޅެނީ 3 ވަނަ މެޗް 3 އިން 3 ކެނޑީމާ ސުމެއް ރާއްޖެ ކުޅެނީ ދެވަނަ މެޗް 3 އިން 2 ކެނޑުމުން އަންނަނީ 1 ނަތީޖާ އަކީ ކޮންމެ ޓީމެއް ގޯލް ޖެހިނަމަވެސް ޖަހާނީ އެއް ލަނޑޭ މިރޭ މެޗު އެއްވަރު ނުވާނެއޭ މޮޅޭވާނީ ކޮންމެވެސް އެއް ޓީމެއް މޮޅުވާ ޓީމެއް މޮޅުވާނީ 1 ލަނޑު ޖަހައިގެން 1 އެއީ ދެޓީމަށް ވެސް ޓޫވޭ އުސޫލުން ދަތުރު ކުރާނެ އެއްޗެކޭ އޭގައި ހިމެނޭނެއޭ އިޚްލާސްތެރި ކަން

The name is already taken The name is available. Register?

ޖަމަލު

07 October 2021

ކޮން ފޯރިއެއް ކިޔާކަށް. ދުއިސައްތައެއްހާ ޓިކެޓް އަވޭ ޓީމޭ ކިޔާފަ ވިއްކާފަ

The name is already taken The name is available. Register?

ޝޯމޭން

07 October 2021

ބާއި އެއީ ގަވާއިދު. ސާފުގެ ހުރިހާ ގައުމެއް އެއްބަސްވެގެން ހަދާފަ ހުރި ގަވައިދު އެއީ. އަހަރުމެން ކަލޭމެން ބަންގްލަދޭޝް މީހުންދެކެ އެއްވެސް ރުޅިއެއް ނެތް. ދެން އަންނަ ސާފު ޗެމްޕިއަންޝިޕުގަ ކަލޭމެން ގައުމުގަ މުބާރާތް އޮންނައިރެއްގަ ކަލޭމެންވެސް އެގޮތައް، ޔައުނީ ގަވައިދާ އެއްގޮތައް ޓިކެޓު ވިއްކީމަ ހުންނާނީ ރަނގަޅަށް.

The name is already taken The name is available. Register?

ދިވެއ

07 October 2021

މޮޅުވީމަ ނޫނީ ނުބުނާނަން މޮޅުވާނޭކޭވެސް. ކާމިޔާބު އެދެން މަހަލްދީބަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454