ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

އިންޑިއާ އަށް ގޯލް ނުޖެހޭތީ ހައިރާންވޭ: ސްޓިމަކް

އިންޑިއާ ކޯޗު ސްޓިމަކް އެޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން، ފޯވަޑް އުދާންތަ ސިންގް އާއެކު. -- ފޮޓޯ: އޭއައިއެފްއެފް

އިންޑިއާގެ ކުޅުންތެރިންނަށް މަދުވަނީ ގޯލު ޖެހުން އެކަނި ކަމަށާއި އެކަން ނުވާތީ ހައިރާންވާ ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމިކް ބުނެފި އެވެ.

އިއްޔެ ހަވީރު ސްރީ ލަންކާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު ސްޓިމަކް ބުނީ ދަނޑުމައްޗަށް އަރައި ގޯލް ޖެހުމަކީ އޭނާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިންޑިއާ މިއަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ދެ މެޗު ކުޅުނުއިރު އެ ދެމެޗުން ވެސް ވީ އެއްވަރެވެ. ފުރަތަމަ މެޗުގައި އިންޑިއާ އިން ބަންގްލަދޭޝްގެ ގޯލަށް 8 ހަމަލާއެއް ފޮނުވާލި އެވެ. ބަންގްލަދޭޝްގެ ކީޕަރު އެ ހަމަލާތައް ދިފާއުކުރި އެވެ. ލަންކާއާ ދެކޮޅަށް އިންޑިއާ 11 ހަމަލާ ފޮނުވާލިއިރު ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ.

"ހަމައެނަކި ގޯލު މަދުވަނީ. އަހަންނަށް ދަނޑުމައްޗަށް އަރައި ގޯލެއް ނުޖެހޭނެ. އެކަން ކުރަންޖެހޭނީ ކުޅުންތެރިން،" ދެ މެޗު ވެސް ޑޮމިނޭޓް ކުރީ އިންޑިއާ ޓީމުންކަން ފާހަގަކޮށް ސްޓިމަކް ބުންޏެވެ.

"ލަންކާ ޓީމު ކުރީ ދެމެޗުގައި ވަރަށް ރަނގަޅަށް ކުޅުނު. އެކަމު މިއަދު އެމީހުނަށް ފުޓުބޯޅައެއް ނުކުޅެވުނު. އަހަރެމެން ގޭމް ކޮންޓްރޯލް ކުރީ. ބަންގްލަދޭޝްއާ ދެކޮޅަށް ވެސް."

މީގެ އިތުރުން ސްޓިމަކް ބުނީ، މުބާރާތުގައި އިންޑިއާއަށް ގޯލު ނުޖެހޭތީ ހައިރާންވާ ކަމަށާއި، ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އިންޑިއާއަށް ދިމާވީ އެ މައްސަލަ ކަމަށެވެ. ނަމަވެސް ސްރީ ލަންކާ ވަރުގެ ޓީމެއް ކޮޅަށް ގޯލު ނުޖެހުމުން، ގޯލު ކުރިމަތީ އެހާ ބިރުން އުޅެވެނީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން ރަނގަޅު ކަމަށް ބުންޏެވެ.

ސްޓިމަކް ވަނީ މެޗުގައި ލަންކާ ޓީމުން ކުޅުނު ކުޅުމާ މެދު ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ސްރީ ލަންކާ ކުޅުނީ ފުޓުބޯޅަ ނޫން ކަމަށާއި، އެމީހުން ބެލީ ވަގުތު ބޭކާރު ކުރެވޭތޯ ކަމަށް އޭނާ ބުންޏެވެ. ސާފް ޗެމްޕިއަންޝިޕަކީ މި ސަރަހައްދުގެ ފުޓުބޯޅަ ޑިވެލޮޕްކުރަން މުހިއްމު ކަންތައްތަކެއް ހާސިލްކުރަން ޖެހޭ މުބާރާތެއް ނަމަވެސް އޭގެ ބަދަލުގައި ބައެއް ޓީމުތަކުން ކުޅުންތެރިންނަށް ދަނޑުމަތީ އޮށޯވެ އޮވެ ގޭމް ލަސްކުރަން އިރުޝާދު ދޭ ކަމަށް ބުންޏެވެ.

ސްރީ ލަންކާ ޓީމުގެ ކޯޗު އަދި ޓެކްނިކަލް ޑިރެކްޓާ އާމިރު އަލަގިޗް. މުބާރާތަށް ފަހު ޓީމު ކޯޗު ކަމުން ދުރުވެ، އޭނާ ހުންނާނީ ހަމައެކަނި ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ކަމުގެ މަގާމުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއާ ހިލާފަށް މި ނަތީޖާ އަކީ ލަންކާ ފުޓުބޯޅަ އަލުން ދިރިގެން އައި ފަދަ ނަތީޖާއެއް ކަމަށް އެ ޓީމާ ހަވާލުވެހުރި ކޯޗު އާމިރު އަލަގިޗް ވަނީ މެޗަށް ފަހު ފާހަގަކޮށްފަ އެވެ. ގައުމުގައި ކުލަބް ފުޓުބޯޅަ ހުއްޓިފައި އޮތް ނަމަވެސް އޭނާ ބުނީ، މި ނަތީޖާ އަކީ ވޭތުވެދިޔަ 18 މަސްދުވަހު ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށާއި، އަދިވެސް ދަސްކުރުމުގެ ބައި ކުރިޔަށް އޮތީ ކަމަށެވެ.

"ދަސްކުރުމުގެ ބައި ހުއްޓާލައިފައި ނަތީޖާ ނެރެން ޖެހޭ ފަހަރު ވެސް އަންނާނެ. މިއީ ވަރަށް ރަނގަޅަށް އޯގަނައިޒްޑް ފުޓުބޯޅައެއް ކުޅެވުނު މެޗެއް. މި މެޗުން އަހަރެމެންނަށް އުންމީދު ލިބިއްޖެ. ކުޅުންތެރިން އަމިއްލަ ނަފްސަށް ބޮޑު އިތުބާރެއް މި ލިބުނީ،"

"މި މެޗުގެ ކުރިން އަހަރެމެން ކުޅުނު 12 މެޗުން ވެސް ވި ބަލި. މިއީ އެއްވެސް ގައުމީ ޓީމަކަށް އަދި ކޯޗަކަށް ވެސް ބަލައިގަންނަން ފަސޭހަ ނަތީޖާތަކެއް ނޫން. މުބާރާތަށް ފަހު ވެސް އަހަރެން ހުންނާނީ ލަންކާ ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓާ ކަމުގައި." މިދިޔަ އަހަރު ފެބްރުއަރީ މަހު ލަންކާ ކޯޗުކަމާ ހަވާލުވި އަލަގިޗް ބުންޏެވެ.

އިންޑިއާއާ ދެކޮޅަށް އެއްވަރު ކުރި ނަމަވެސް ނޭޕާލާއި ބަންގްލަދޭޝް އަތުން ބަލިވެ، ލަންކާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެ ޓީމަށް ބާކީ އޮންނާނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ. މުބާރާތުން ކެޓި ނަމަވެސް އެންމެ ފަހު މެޗުގައި ވެސް ނުކުންނާނީ މޮޅުވުމުގެ އުންމީދުގައި ކަމަށް އަލަގިޗް ބުންޏެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައިކޮ

09 October 2021

ލައިކޮ ހައިރާނެއް ނުވޭ. އެއީ ގޯލު ޖެހުމަކީ ކުރިކެޓުގަ ކުރާކަމެއް ނޫންވީމަ އިންޑިއާއަށް ނޭނގެނީ.

The name is already taken The name is available. Register?

ޝޯމޭން

09 October 2021

ކޯޗު އަދިވެސް އެހެން ގައުމުތަކާ މުބާރާތާ ކުޑަމީސް ކުރުމުގަ. ތިއުޅެނީ މާމަތީ ބަޔަކަށް ވެގަނެގެން. ދެންވެސް ހަމަބިމަށް ތިރިވޭ. ހުރިހާ އެންމެންނަށްވެސް ހަމައެކަނި މަދުވަނީ ގޯލު، ކަލޭމެނަށް އެކަންޏެއް ނޫން. ސްޓެޓްސްގަ ހުރި އެހެން ކަންކަން ލިބިގެން ނުވާނެ މޮޅެއް. އެ އެއްގޮތަކަށް ނުލިބުނަސް ގޯލުޖެހިއްޖެއްޔާ މައްސަލައެއް ނެތްދޯ އަސްލު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454