ބަންގްލަދޭޝްގެ ކޯޗް އޮސްކާ ރޭގެ މީޑިއާ ބްރީފުންގައި ވާހަކަ ދައްކަނީ --- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އޮކްޓޯބަރ 2021 - 06:56
ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނުކުތް ރެފްރީ އިރާގުގެ ޔޫސުފް ސައީދު ހަސަން ހުރީ ރާއްޖެ ކޮޅަށް ބުރަވެފައި ކަމަށް ބަންގްލަދޭޝްގެ ކޯޗް އޮސްކޯ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.
ސަސްޕެންޝަނެއް ކުރިމަތިވެދާނެތީ ރެފްރީންގެ ވާހަކަ ދައްކަން އުނދަގޫވި ނަމަވެސް މެޗަށް ފަހު އޮތް ޕްރެސް ބްރީފިންގައި އޮސްކާ ބުނީ، ރެފްރީ ހުރީ ވަކިކޮޅަކަށް ބުރަވެފައި ކަމަށެވެ. އެކަމަކު، އޭނާގެ ޓީމު މެޗުން ބަލިވީ އެހެން ވެގެން ނޫން ކަމަށް ބުންޏެވެ.
"...ހަގީގަތުގައި މިރޭގެ މެޗުގައި ރެފްރީ ހުރީ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ވަކި ކޮޅަކަށް ބުރަވެފައި. އަހަރެން ބުނާނީ މި ރެފްރީ ޖެހެއޭ މުޅި މި މުބާރާތުން ބޭރުކުރަން. މި ކަހަލަ ރެފްރީން ލައިގެން މި ކަހަލަ މުބާރާތެއް ކުރިއަކަށް ނުގެންދެވޭނެ،" އޮސްކާ ބުންޏެވެ.
"އެކަމަކު އަހަރެމެން ތަކުރާރުކޮށް ބުނަން. އަހަރެމެން ބަލިވީ އެހެން ވެގެނެއް ނޫން. ރާއްޖެ އިން އަހަރެމެންނަށް ވުރެ ރަނގަޅަށް ކުޅުނީ."
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ އިން މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އާއި އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
"ރާއްޖެ ކުޅުނީ އެންމެ މެޗެއް. އަހަރެމެން މި އައީ ކޮންމެ 72 ގަޑިއިރަކުން މެޗެއް ކުޅެމުން. އެހެންވީމާ ކުޅުންތެރިންގެ ވަރުބަލިކަން ފެނިގެންދާނެ،" ---ބަންގްލަދޭޝްގެ ކޯޗު
ދަގަނޑޭ ލަނޑު ޖެހީ ބަންގަލަދޭޝްގެ ކުޅުންތެރިން އެ ޓީމުގެ އޭރިއާގެ ތެރެއިން ރާއްޖޭގެ ނާއިޒު ހަސަން (ދާދު) އަށް ފައުލް ކުރުމުންނެވެ. ނަމަވެސް އެ ޕެނަލްޓީ ދިން ގޮތާ މެދު ބަންގްލަދޭޝްގެ ބެންޗުގައި ތިބި އޮފިޝަލުން ވެސް ހިތްހަމަނުޖެހުނު ތަން ފެނުނެވެ.
އޮސްކާ ބުނިގޮތުގައި، މުބާރާތް ފެށި ފަހުން ކޮންމެ 72 ގަޑިއިރަކުން ބަންގްލަދޭޝް މެޗެއް ކުޅެފައި ވުމަކީ ކުޅުންތެރިންނަށް ވަރުބަލިކަން އިހްސާސްވި ކަމެކެވެ.
"ރާއްޖެ ކުޅުނީ އެންމެ މެޗެއް. އަހަރެމެން މި އައީ ކޮންމެ 72 ގަޑިއިރަކުން މެޗެއް ކުޅެމުން. އެހެންވީމާ ކުޅުންތެރިންގެ ވަރުބަލިކަން ފެނިގެންދާނެ،" އޭނާ ބުންޏެވެ.
ކޯޗު ބުނީ އޭނާ މަސައްކަތް ކުރީ ރާއްޖެ އިން ލަނޑު ޖެހުމުން، ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި އެޓޭކަށް ކުޅުންތެރިން ގިނަ ކުރުމަށް ކަމަށެެވެ. ނަމަވެސް ދެ ވަނަ ލަނޑެއް ޖެހި ހިސާބުން އިތުރަށް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން އެ އަށް ވުރެ ބޮޑަށް ޑިފެންސް ހުޅުވި ނަމަ ގިނަ ލަނޑުތަކެއް ވަންނާނެ. ރާއްޖޭގެ ކުޅުންތެރިން އެ އައީ ބްރޭކަކަށް ފަހު،" އޮސްކާ ބުންޏެވެ.
"އަހަރެމެންނަށް މިއަދު ރަނގަޅަކަށް ނުކުޅެވުނު."
ބަންގްލަދޭޝް އަށް ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ނޭޕާލްގެ މެޗު ކަމަށް ވާއިރު، އޮސްކާ ބުނީ އެ މެޗުގައި ބޭނުން ކުރަން އޭނާ އަށް އަދި އެއް ވަޒަން އެބައޮތް ކަމަށެވެ.
މި މުބާރާތުގައި ލަންކާ ފިޔަވައި އަނެއް ހަތަރު ގައުމަށް ފައިނަލަށް ދިއުމުގެ ފުރުސަތު އަދި ވެސް އެބައޮތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
09 October 2021
ދިވެހިޓީމްގެ ކުޅުންތެރިންގެ ފައިގައި ޖަހާ ބަންގާޅު މީހުން ވައްޓާލީ ކިތައް ފަހަރުބާ؟ އެވަރަށް ފައުލް ކުރާއިރުވެސް ރެފްރީ ނިންމީ ޓީމް ކުޅުވަން! އެހެންވީމާ ރެފްރީ މެޗް ކޮންޓްރޯލް ކުރުން ވަރަށް ރަގަޅު!
ތަކުރުބޭ
09 October 2021
ރެފްރީގެވާހަކަ ހަގީގަތުގައި ގޯހެއްނޫން. ރެފުރީ މިވަގުތު ހުރީ ރާއްޖޭގައި ރާއްޖެކޮޅުގައި. އޮސްކާއަށް ނޭގުނަސް އޮސްކާވެސް ހުރީ ރާޖެކޮޅުގައި ދެން ހުރެވޭތަނަކަށްތާ ބުރަކޮށް ބާރުބޮޑުކުރެވޭނީ. އެހެންނޫނަސް އިންސާނުންނަކީ ތިމާމެންގެ ދެރަގަބޫލު ކުރުމަށް ހިތްހަމަޖެހޭބައެއްނޫން.
ޓިކެޓް ނުލިބުނު ސޮރު
08 October 2021
"ތިންވަނަ ފަހަރު! މީ އެފަހަރު" އިރާދަ އާ ނުލާ މި ޝިޢާރު ނިންމާލާފައި އޮންނާތީ ވަރަށް ކަންބޮޑުވޭ! ޚާއްސަކޮށް އަހަރުމެން މުސްލިމުން!
ރަތްބެ
08 October 2021
ވަރަށް ބޮޑު ތެދެއް. މޮޅަށް ކުޅުނީ ބަނގުލަދޭޝް.
ބޯ ގަޅި ޝާހިދު
08 October 2021
މީ އިއްތިފާޤެއް! ޤައުމީ ޓީމު ޤައުމީ ދުވަހު މޮޅުވުމަކީ އަހަރެންގެ ހަނދާނު ގައި އެންމެ އެންމެ އުފާވި ދުވަސް@
ހސޖްޖޗވސ
08 October 2021
ރަނގަޅު ވާހަކައެއް. ރެފްރީ ހުރީ ދިވެހިންގެ ކޮޅުގައި. މަ ވެސް އެއްބަސް.
ޞޭޑާ
08 October 2021
ކަލޯ ޓީމް ކުޅުނީ ބޯޅަ ތަ ، ރެފްރީ މިހިނޭ އެހެނޭ ތިޔަ ކިޔަނީ ރެސްލިން ކަލޯ ޓީމް ލައްވާ ކުޅުވީ
ޝޯމޭން
08 October 2021
ބައްސާމު ރާއްޖެ ދެންއޮންނަ މުބާރާތެއްގަ ހަތަރުކަނުގަ ބޮޑެތި ސްކްރީން ބަހައްޓާފަ ސްލޯމޯ ދެއްކޭވަރު ކޮށްލެވިއްޖެއްޔާ މިވެރިންގެ މިކަހަލަ އަނގަ ބަންދުކުރެވޭނެކަންނޭނގެ ވީއޭއާރ ނުބެހެއްޓިޔަސް. ރޭގަ ވަކި ކޮޅަކަށް ރެފުރީ ޖެހިފަ ހުރިއްޔާ އެހުރީ ބަންގްލަދޭޝް ކޮޅަށްކަން އަމިއްލަޔަށް ކަށަވަރުވާނެ އޭރުން ގައިމުވެސް.
ނަގިއްޔާ
08 October 2021
އޮސްކާ މެޗް ބެލީ ކޮންލޮލަކުން އެހެން ރެފްރީއެއް ހުރިނަމަ އޭނަ ޖެހޭނެ ކަށީގެ ޑޮކްޓަރަށް ދައްކަން ކާޑު ދެއްކި ގިނަކަމުން ކޮޑު ހުޅުގައި ރިއްސާވަރުން!
މުލޭ
08 October 2021
ރަނގަޅު ވާހަކައެއް.
ޑިސްއޮނަރަބަލް ޑީޑީ
08 October 2021
ދިވެހިރާއްޖޭގާ އުޅެވިފާހުރީމާ އޮސްކާހީ ހީކުރަނީ ދިވެހިންނަކީ މޮޔައިންކަމަށްތަ؟ ތީ ވަރަށްބޮޑު އޮޅުމެއް. ދިވެހިން ނުލާހިކު ސުމާޓުވާނެ. ކަނާތުންކޮށްލާކަންތައް ވާތަށްވެސް އަނގާނުލާ ކަންކަންކޮށްނިމަންލަން ދިވެހިން ވަރަށް މޮޅުވާނެ.