އަޝްފާގުގެ ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅު ކުރަނީ. --މިހާރު ފޮޓޯ: ފަޔާޒް މޫސާ
13 އޮކްޓޯބަރ 2021 - 21:03
މެޗުގެ ކުޅުން ނިމިއްޖެ
ނާއިޒް އަށް ކުރި ފައުލްއަކާ ގުޅިގެން އިންޑިއާ ކުޅުންތެރިއަކަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް
މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނިޓް
އިންޑިއާގެ ބެންޗުން އޮފިޝަލަކަށް އަނެއްކާވެސް ރީނދޫ ކާޑު ދައްކައިފި
އިންޑިއާ ކޯޗަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކާ ބެންޗުން ފޮނުވާލައިފި
އިންޑިއާ ޓީމުން ތިން ބަދަލެއް ގެނެސްފި
އައިސަމް އާއި ސަމޫހުގެ ބަދަލުގައި ކުޅެން އެރުވީ އުމޭރު އަދި ނޫމާން (ހެލްމެޓް)
ރާއްޖޭން ދެ ބަދަލެއް ގެނެސްފި
އިންޑިއާ އަށް އަރިމަތިން ލިބުނު ހިލޭ ޖެހުމެއް ޗެތުރީ ބޮލުން ފޮނުވާލުމުން ގޯލުގެ ތެރެއަށް
ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން އަރުވައިފި
އިންޑިއާ އަށް އަނެއްކާވެސް ކޯނަރެއް
އަޝްފާގު ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަންނަންދަނިކޮށް އިންޑިއާ ކީޕަރު އަތުން ޖައްސާ ގޯލުމަތިން ކޯނަރަކަށް ބޭރަށް
އިންޑިއާގެ ޕެނަލްޓީ އޭރިއާގެ ރޮނގުގެ ކުޑަ ތަންކޮޅެއް ބޭރުން އަޝްފާގު ވައްޓާލުމުން ހިލޭ ޖެހުމެއް
ރާއްޖޭގެ ގޯލު އޭރިއާ ތެރޭން ޗެތުރީ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް
މެދު ރޮނގާ ހިމައިން އަޝްފާގު ހަމްޕު އަށް ދިން ބޯޅަ އަށް ހަމްޕު އަރާ ސެންޓޭ އަށް ޖައްސާލުމުން މުޅިން ހުސްކޮށް ސެންޓޭ ފޮނުވާލި ބޯޅަ އިންޑިއާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް
އަޝްފާގު ޕެނަލްޓީ ޖެހުމަށް ފަހު އުފާފާޅު ކުރަނީ. --މިހާރު ފޮޓޯ: ފަޔާޒް މޫސާ
އަޝްފާގު ނެގި ހިލޭ ޖެހުން އިންޑިއާ ކީޕަރު ހިފައިފި
އަރިމަތިން އަޝްފާގު ބޯޅަ ހިފައިގެން ހުސްކޮށް އަރަނިކޮށް އިންޑިއާ ކުޅުންތެރިއަކު ފައުލް ކުރުމުން ރާއްޖެ އަށް ހިލޭ ޖެހުމެއް. އިންޑިއާ ކުޅުންތެރިޔާ އަށް ރީނދޫ ކާޑެއް
އަނިޔާވި އިންޑިއާގެ ކުޅުންތެރިޔާ ބަދަލުކޮށްފި
އިންޑިއާ ކުޅުންތެރިއަކަށް އަނިޔާވެގެން ދަނޑުމަތީގައި މިހާރު ދަނީ ފަރުވާ ދެމުން
ދެ ވަނަ ހާފުގެ ކުޅުން ފަށައިފި
@AliAshfaq07 scores from the spot!
— Mihaaru (@Mihaarunews) October 13, 2021
HALIF TIME
Maldives 🇲🇻 1 vs India 🇮🇳 1
Follow our live coverage: https://t.co/MH5ZxIsXrK#SAFFChampionship2021 pic.twitter.com/IKUj6rrro1
HALF TIME MALDIVES 1 🇲🇻 INDIA 1 🇮🇳
— Mihaaru (@Mihaarunews) October 13, 2021
Follow our live coverage: https://t.co/MH5ZxIsXrK#SAFFChampionship2021 pic.twitter.com/7VIIqy4yyO
ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނިޓް
އަޝްފާގު ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް
ޕެނަލްޓީ ޖަހަނީ އަޝްފާގު
އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރޭން ހަމްޕު ހިފައިގެން ދިޔަ ބޯޅައެއް އިންޑިއާ ކުޅުންތެރިން ވައްޓާލުމުން ރާއްޖެ އަށް ޕެނަލްޓީއެއް
ފުރަތަމަ ހާފުގެ ކުޅުމުން ފަސް މިނިޓް ބާކީ އޮތް އިރު އިންޑިއާ ކުޅުންތެރިން ދަނީ ރާއްޖޭގެ ހާފުގެ ތެރޭގައި ކުޅެ ހަމަލާތައް އުފައްދަމުން. ރާއްޖޭގެ ގޭމް ނުކުޅެވި މިސްވާ ބޯޅަތަކުގެ ފައިދާ އިންޑިއާ ކުޅުންތެރިން ނަގާ ރާއްޖޭގެ ގޯލަށް ނުރައްކާ ބޯޅަތަކެއް ފޮނުވާލަން ފުރުސަތު ލިބޭ
އިންޑިއާ ކުޅުންތެރިން އަރިމަތިން އަރާ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު ފައިސަލް އަތުގައި ޖެހިފައި ކަހަލަ ގޮތަކަށް ކީޕަރު ބޯމަތިން ގޯލަށް
އިންޑިއާ ކުޅުންތެރިން އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެ އަށް ހިލޭ ޖެހުމެއް. އިންޑިއާ ކުޅުންތެރިއާ އަށް ރީނދޫ ކާޑެއް
ކައުންޓަ އެޓޭކުގައި އަޝްފާގަށް ލިބުނު ބޯޅައެއް މުޅިން ހުސްކޮށް އަރާ ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި އިންޑިއާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރަށް
މި ވަގުތު އިންޑިއާ އިން މި ވަނީ ފުލުފުލާ ދެ ހަމަލާ ރާއްޖޭގެ ގޯލަށް ފޮނުވާލާފައި
ރާއްޖޭގެ ހާފުގެ މެދުތެރޭން އިންޑިއާ އަށް ލިބުނު ހިލޭ ޖެހުމަކުން ލިބުނު ބޯޅަ ސުނިލް ޗެތުރީ ބޮލުން ފޮނުވާލުމުން ގޯލު މަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ރާއްޖޭގެ ކުޅުންތެރިން ދިފާއުކޮށްފި
ސެންޓޭ ފޮނުވާލި ހިލޭ ޖެހުން އިންޑިއާ ކުޅުންތެރިން ދިފާއުކޮށް ކުޅުމުގެ ތެރެއަށް
ޕެނަލްޓީ އޭރިއާގެ އެއް ކަނާ ދިމާލުން ރާއްޖެ އަށް ހިލޭ ޖެހުމެއް
— Mihaaru (@Mihaarunews) October 13, 2021
ކޯނަރުން ނެގި ބޯޅަ އޭރިއާ ތެރެއިން ޗެތުރީ އޯވަހެޑަކުން ޖެހުމުން ގޯލު އަރިމަތިން ބޭރަށް
އިންޑިއާ ކުޅުންތެރިން ރާއްޖޭގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކޯނަރަކަށް ރާއްޖޭ ކުޅުންތެރިން ބޭރުކޮށްލައިފި
Maldives 🇲🇻 vs India 🇮🇳
— Mihaaru (@Mihaarunews) October 13, 2021
Fans of #RedSnappers in festive mood!
Follow our live coverage: https://t.co/MH5ZxIsXrK
PHOTO: FAYAZ MOOSA / MIHAARU#SAFFChampionship2021 pic.twitter.com/pPwrtDvHnh
Maldives 🇲🇻 vs India 🇮🇳
— Mihaaru (@Mihaarunews) October 13, 2021
Fans in full force!
Follow our live coverage: https://t.co/MH5ZxIsXrK#SAFFChampionship2021 pic.twitter.com/U3TcR0nTL4
Maldives 🇲🇻 lineup for the match against India 🇮🇳
— Mihaaru (@Mihaarunews) October 13, 2021
Follow our live coverage: https://t.co/MH5ZxIsXrK#SAFFChampionship2021 pic.twitter.com/2mFhmH30UQ
އިންޑިއާ ހާފުގެ މެދަކާ ހަމައިން އަޝްގާފަށް ލިބުނު ބޯޅައެއް އެކަނި ހިފައިގެން އަރާ ގޯލަށް ޖަހަން އުޅުމުގެ ތެރޭގައި އިންޑިއާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކީޕަރަށް
އިންޑިއާ އަށް ލިބުނު ހިލޭ ޖެހުމެއް ސުނިލް ޗެތުރީ ފޮނުވާލުމުން ރާއްޖޭގެ ވޯލުގައި ޖެހިފައި ކުޅުމުގެ ތެރެއަށް
Maldives 🇲🇻 vs India 🇮🇳
— Mihaaru (@Mihaarunews) October 13, 2021
Maldives twelfth player READY!
Follow our live coverage: https://t.co/MH5ZxIsXrK
PHOTO: NISHAN ALI / MIHAARU#SAFFChampionship2021 pic.twitter.com/p9jNr0wzFh
އަޝްފާގު ނެގި ކޯނަރު އިންޑިއާ ކުޅުންތެރިން ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލައިފި
އަޝްފާގު ކޯނަރު ނަގަނީ
ރާއްޖެ އަށް ކޯނަރެއް
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ އިރު ދެ ޓީމު މިހާތަނަށް ވަނީ ސަރަހައްދީ ފުޓުބޯޅަ މުބާރާތުގައި 14 ފަހަރު ބައްދަލުކޮށްފައި. އޭގެ ތެރޭން ރާއްޖެ އިން ތިން ފަހަރު މޮޅުވިއިރު ދެ މެޗު ވަނީ އެއްވަރުވެފައި.
އިންޑިއާ މިހާތަނަށް ވަނީ ސާފް ޗެމްޕިއަންޝިޕް ހަތް ފަހަރު ހޯދާފައި. ރާއްޖެ އަށް މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ ދެ ފަހަރު. އެ ދެފަހަރު ވެސް ތަށި އުފުލާލާފައި ވަނީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު. އޭގެ ކުރިން މުބާރާތުގެ ފަސް ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ވަނީ ބަލިވެފައި. މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވި ތިން ފަހަރުގެ ތެރޭން ދެ ބަލިވީ އިންޑިއާ އަތުން. އަނެއް ބައްޔަކީ 2003 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝްއާ ކުޅެ ޕެނަލްޓީ ޖަހައިގެންވީ ބަލި. އެއީ މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުޅޭ ހަމައެކަނި ފަހަރު. އިންޑިއާ ވަނީ މުބާރާތުގެ ފައިނަލުގައި ހަތް ފަހަރު ކުޅެ ތިން ފަހަރު ބަލިވެފައި.
ރާއްޖެ އާއި އިންޑިއާ ދިވެހި ގައުމީ ފުޓްބޯޅަ ދަނޑުގައި މީގެ ކުރިން ކުޅުނީ ދެ ފަހަރު. އެންމެ ފުރަތަމަ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައި ރާއްޖެއިން އިންޑިއާ ބަލިކުރި. އޭގެ ފަހުން 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ރާއްޖެ ބަލިވި. މިރޭގެ މެޗަކީ މާލޭގައި މި ދެ ޓީމު ކުޅޭ ތިން ވަނަ ފަހަރު. މިރޭގެ މެޗުން މޮޅުވެގެން ރާއްޖެ އަށް ފައިނަލަށް ދެވޭނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަތީބާ
15 October 2021
ލަދުންވެސް ބޯހަލާކު. ފުޓްބޯޅަޔަކީ ރާއްޖޭގައި އެންމެ ކުރިނާރާ ކުޅިވަރޭވެސް ބުނެވިދާނެ. ޒުވާނުން ތަމްރީންކޮއްގެން އާ ފެށުމަކުން ފަށަންޖެހިފަ.
ޢާދު
14 October 2021
ބާގީން ވެރިކަމުގަތިބީ ކާމިޔާބު ދެއްވާއްވާނީ ވަފާތެރިން ނައް އެކަން އެއޮތީ އެގިސާފުވާން 2008-2018 ދެންވެސް ބާގީން ދޫކޮއް ވަފާތެރިޔަކައް ގައުމު ހަވާލުކުރޭ ކާމިޔާބު ހޯދަން ބޭނުމިއްޔާ މާތްالله ރަހުމަތާއެކު ގައުމު ކޮށިއެރުމުންސަލާތްމަތްވެ ގައުމުދާނީ އަމާންރިވެތި އަހުލާގާ އިސްލާމް ދީން ސާފުކަމުގަ
ފިލުޅު
14 October 2021
ކޮންމެދޭތެރެއަކަށްވަދެ ބަލާނެ ޔާމީނު ޕްރޮމޯޓްކުރެވޭތޯ! މޮޔަޔާ މިހާރު ރަންނަމާރިޔަށް މީހުން ހައްލާލައިގެން ގެންގުޅުނުދުވަސް ފާއިތުވެއްޖެ!ޔާމީނު ބަރަކާތްލެއްވީމަތަ ގައުމަށް ތިޔާގިކަން އަންނަނީ؟ޖާހިލަކު ބުނި މައުމޫނު ވެރިކަމުންވަޑައިގަތި ވާރޭފެނާ ކަނޑުގަހުރި މަހާ ހިފައިގެނޭވެސް!މައުމޫނުގެ ޔާމީނުގެ އިރާދައެއް ދުނިޔޭގަނުހިނގާ!ޕީ÷ީއެމް ޕީއެންސީއަކީ ވަފާތެރިންނެއްނޫން!2018 ގެއްލިދިޔަ ސަބަބަކީވެސްއެއީ!ނޭންގެންޏާ ބޮލުގަ ބޭސްވަށާ!
އަބަދުވެސްމަމޮޅު
14 October 2021
ޒަރިޔަންދޫ، އިންޑިޔާ ކުދިން އެބައުޅޭ ފޮއްޓަށް އެއްޗެހި އަޅައިގެން ރަށަށްދާން. ހެޔޮނުވާނެ މިވެރިން މެޗު ލައިވް ކޮމެންޓަރީއަށް ނަރުވަބަލަ. ޚާއްޞަކޮށް މިކަހަލަ މެޗުތަކުގަ. ގައުމީ ޓީމު ކުޅޭއިރު، ގައުމީ ޓީމުގެ ކުޅުންތެރިންގެ މޮޅުވާހަކަ ހުނަރުވެރިވާހަކަ ކުޅަދާނަ ވާހަކަ ދައްކާނީ އެހެން ގައުމުތަކުގެ މީހުން. އަހަރުމެން އަމިއްލައަށް، ލައިވް ކޮމެންޓަރީގައި އެގޮތަށް ވާހަކަ ދެއްކީމާ އަމިއްލައަށް ތިމާމީހާގެ މޮޅުވާހަކަ ދެއްކުމޭ އެއްފަދަ.
ާސާއަލިބެ
14 October 2021
ފައިސަލް ގެ ދައްކަން މިއަދު މި ފެނުނީ. ކީޕަރަކު ނެތަސް މާރަނގަޅުވާނެ. ގާބިލް މީހުން ތިއްބަ ނޭންގެ ސޮރެއްލީ މީހާ ޒިންމާވާން ޖެހޭނެ.
ސްޕޭސް
13 October 2021
ދެން މަހޭ ނޫޅޭނެ މިއުޒިކްޝޯ ބާއްވާކަށް. އަލްޙަމްދުލިﷲ.
ސައީޑު
13 October 2021
ލޭޓަސް ނިޔުސް: 1. މަހުލޫފު މިއުޒިކްޝޯ ގޭގައި ބާއްވަން ނިންމަހިފި. 2. ގައުމީ ޓީމަށް ދޭން ނިންމި ބޯނާސް އިންޑިޔާ ޒަރުކާރަށް ހަދިޔާ ކުރަށް ނިންމަހިފި. 3. ފުޓްބޯލް އެސޯސިޔޭޝަނުން ކުރި ހަރަދުތަކުގެ ރިޕޯޓްތައް ދެންމެ ގެންލިންޖެ. 4. ރާއްޖޭގެ 2023 އިންތިހާބްގަ އެމްޑީޕީ ފަރާތުން ވާދަ ކުރާ ކެޑިޑޭޓަކީ އިންޑިހާގެ ޗެތުރީ.
ފަޔާ
13 October 2021
އެހެންވާނީ ދަގަނޑޭމެންވެސް މާ ސިޔާސީ ވެގެން އުޅެންޏާ.
ޙުސް
13 October 2021
އަދިވެސް މިއުޒިކު ސޯކުޅެން ނަދުރު ބުނާތި………މަހުލޫފު އައުޓް…
ސަޕޯޓަރ
13 October 2021
އެހެންނުން ވާނީ! ރައީސުލް ޖުމްހޫރިއްޔާ ސަޕޯޓްކުރައްވާނީ ދިވެހިރާއްޖެއަށް، އެކަމަކު އެމްޑީޕީގެ އިސް ލީޑަރު ސަޕޯޓްކުރައްވާނީ އިންޑިޔާއަށް! ރައްޔިތުންގެ މަޖްލިސްގެ ރައީސް ސަޕޯޓްކުރައްވާނީ ދިވެހިރާއްޖެއަށް، އެކަމަކު އެމްޑީޕީގެ ރައީސް ސަޕޯޓްކުރައްވާނީ އިންޑިޔާއަށް! ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ ސަޕޯޓްކުރައްވާނީ ދިވެހި ރާއްޖެއަށް، އެކަމަކު އދގެ ޢާންމު މަޖްލީހުގެ ރައީސް ސަޕޯޓްކުރައްވާނީ އިންޑިޔާއަށް!!! ވީމާ، ޓީމުގެ ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ހުންނާނީ ކޮން ދިމާލަކަށް؟ އެވަރު ވީކަން ވެސް ރަނގަޅެއްނުން!
ކައްޕިތާނު
13 October 2021
މަހޭ އިސްތިއުފާ. މީނައަކީ މިއުޒިކުޝޯ ބާއްވުވުމުގެ އެންމެއިސްމީހާ. ފުޓުބޯޅައަކީ ފުޓުބޯޅަ. އެއީ ނަށައިގެން ކުޅޭއެއްޗެއްނޫން. މީ ދުނިޔޭގެ އެއްތާކުވެސް ކުރާމެއްނޫން. ތާކުންތާކުންނުޖެހޭމީހުންނާ ކަންކަން ހަވާލުކުރީމާ ނުވެނުދާނެގޮތް ފެނިގެން މިދިޔައީ.