ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ޗެތުރީގެ ދެ ލަނޑާއެކު ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

އިންޑިއާގެ ޗެތުރީ ކައިރިން ރާއްޖޭގެ ސަމޫހު ބޯޅަ ދިފާއު ކުރަނީ. --މިހާރު ފޮޓޯ: ފަޔާޒް މޫސާ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި 3-1 އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާ މިރޭ ހޯދައިފި އެވެ.

ރާއްޖޭގެ ޓީމު މި މެޗަށް ނުކުތީ އެންމެ ފަހުން ލަންކާއާ ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 އާ އެކު އެވެ. އެ މެޗުގެ ކުރީކޮޅު އަނިޔާވެގެން ބޭލި ކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ އަނިޔާއިން ރަނގަޅުވެ، މިރޭގެ މެޗުގައި ކުޅެފަ އެވެ.

ދެ ޓީމުން ވެސް ފުރަތަމަ ހާފު ފެށީ ފަހަތުގައި ބޯޅަ ނުބާއްވަައި ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެންނެވެ. މެޗުގައި ފެނުނު ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. ބްރެންޑޮން ފެނާންޑޭޒްގެ ހިލޭޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޗެތުރީ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އޭގެ ފަހުން ރާއްޖޭގެ ހުސައިން ނިހާން (ނިހާޓް) އެންމެ ކުރީގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) އަށް އިންޑިއާގެ ޑިފެންސް ލައިން މަތިން ވައްޓާލި ބޯޅަ ހިފައިގެން ގޮސް ފޮނުވާލުމުން ބްލޮކް ކުރީ އިންޑިއާގެ ސުބަސިޝް ބޯސް އެވެ.

އިންޑިއާއިން ފުރަތަމަ ލީޑު ނެގީ މެޗުގެ 33 ވަނަ މިނިޓުގަ އެވެ. ބްރެންޑޮން ޖައްސާލި ބޯޅަ ހިފައިގެން މަންވީރު ސިންގް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފަ އެވެ. މަންވީރު ވަނީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުގައި ވެސް ރާއްޖެ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

ރާއްޖޭން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އިންޑިއާގެ ޕްރީތަމް ކޮޓާލް، ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ އެވެ.

ގިނަ ފައުލްތަކެއް ފެނުނު ފުރަތަމަ ހާފުގައި އިންޑިއާގެ ހަތަރު ޑިފެންޑަރުންގެ ތެރެއިން ތިން ޑިފެންޑަރަކަށް ވަނީ ރީނދޫ ކާޑު ވެސް ދައްކައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ޑިފެންޑަރު ސަމޫހު އަލީ އަށް ވެސް ވަނީ ފުރަތަމަ ހާފުގައި ޗެތުރީއަށް ކުރި ފައުލަކާ ގުޅިގެން ކާޑެއް ދައްކައިފަ އެވެ.

އިންޑިއާ އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 62 ވަނަ މިނިޓުގަ އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް މަންވީރު ސިންގް މެއިން ކޮންޓްރޯލް ކޮށްލިއިރު ލިބުނީ އޭރިއާތެރޭގައި ހުހަށް ހުރި ސުނިލް ޗެތުރީ އަށެވެ. އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެތެރެއަށް ވައްދާލައިފަ އެވެ.

ޗެތުރީގެ މި ގޯލާ އެކު، މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ގަލޮޅު ދަނޑުގައި ގުގުމަމުން ދިޔަ އެތައް ހާސް ދިވެހި ސަޕޯޓަރުންގެ އަޑު ވެސް ވަގުތުކޮޅަކަށް ހުއްޓުނެވެ.

މި ގޯލަށް ފަހު އޭރިއާ ކުރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ދަގަނޑޭ ވަނީ އިންޑިއާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލުގެ ކަނާ ދިމާލުން ދިފާއުކޮށް ބޭރުކޮށްލީ އިންޑިއާގެ ކީޕަރު ގުރްޕްރީތް ސިންގެވެ.

އިންޑިއާ އަށް ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ޗެތުރީ އެވެ. އިންޑިއާއިން އަލުން ލީޑު ނެގިތާ ނުވަ މިނިޓް ފަހުން ޗެތުރީ މި ލަނޑު ޖެހީ ހިލޭ ޖެހުމަކުން ޕްރީތަމް ނަގައިދިން ބޯޅަ ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް އޮއްސާލައިގެންނެވެ.

މެޗުގެ 80 ވަނަ މިނިޓުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބަދަލު ރެފްރީއާ ޒުވާބުކުރުމުގެ ސަބަބުން އޭނާ އަށް ވަނީ ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ. އަދި ފަހު ވަގުތު ރާއްޖޭގެ ނާއިޒް ހަސަން (ދާދު) އަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ސުބަސިޝް ބޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފަ އެވެ.

މެޗުން ބަލިވެ، ރާއްޖެއަށް މުބާރާތުގެ ފައިނަލުގެ ޖާގަ ގެއްލުނުކަމުގައި ވިޔަސް ދަނޑަށް ވަދެތިބި ރާއްޖޭގެ ސަޕޯޓަރުން ވަނީ ގައުމީ ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދީ، 12 ވަނަ ކުޅުންތެރިޔާގެ ނަމޫނާ ދައްކައިފަ އެވެ.

އިންޑިއާގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ވެސް އިންޑިއާ ވަނީ މި ނަތީޖާއިން ރާއްޖެ ބަލިކޮށްފަ އެވެ. އެ މެޗުގައި ވެސް އިންޑިއާ އިން ފުރަތަމަ ލީޑު ނެގި ފަހުން ރާއްޖޭން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އަދި އިންޑިއާ މޮޅުވީ ސުނިލް ޗެތުރީގެ ދެ ލަނޑުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެރޭ 8 ޖަހާއިރު އިންޑިއާ ބައްދަލުކުރާނީ މިއަދު ހަވީރު ބަންގްލަދޭޝްއާ ވާދަކޮށް މެޗު އެއްވަރު ކޮށްލައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ނޭޕާލާ އެވެ.

ލީގު ބުރުގައި ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅުނު އިރު އަށް ޕޮއިންޓާ އެކު އެއް ވަނަ ހޯދީ އެއްވެސް މެޗަކުން ބަލިނުވާ އިންޑިއާ އެވެ. ހަތް ޕޮއިންޓާ އެކު ނޭޕާލް ދެ ވަނަ އަށް ދިޔަ އިރު ރާއްޖެ އަށް ތިން ވަނަ ލިބުނީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ބަންގްލަދޭޝް އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ލަންކާ އަށް ލިބުނީ އެއް ޕޮއިންޓެވެ.

66 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 39%
icon angry icon angry 13%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވ ޙެވާބެ

14 October 2021

ރާއްޖޭގެ ކުޅިވަރައް ލިބޭ ހުރިހާ ކުޅިވަރެއް ފުޓްބޯލް އައް ހަރަދުކުރުމުގެ މާނައެއް ނެތް ލޮލް

The name is already taken The name is available. Register?

ކައްކާ

14 October 2021

ފުޓުބޯޅައިގަ މިއޮންނަނީ ފައިން ބޯޅައިގަ ތެޅުން، އެވަރު އާދައިގެކަމެއްގަ މިހިސާބު އެހެން ގައުމުތަކަށްވުރެ ދިވެހިން ވަކި މޮޅުވެދާނެކަމަށް ދެކެންޏާ އެމީހެއްގެ ނަފްސާނީ މައްސަލަތަކެއް ހުރީތޯ ފުރަތަމަ ބަލަންޖެހޭނީ.

The name is already taken The name is available. Register?

މޯދީ

14 October 2021

ރާއްޖެ މީހުން ކުޅެންވީ އޮއްވަޅު.

The name is already taken The name is available. Register?

ރަދީފްްއޮފިޝިއަލް

14 October 2021

ކީޕަރުގެ ޖޯޒީގަ އިންނަ ބާކޮޅަކުން ވަދެގެން ދާ ބޯޅަވެސް މަތަނުވޭ.. ދެން ކިހިނެތް މޮޅުވާނީ؟

The name is already taken The name is available. Register?

ފައިބޯޅަ

14 October 2021

ކޮންމެފަހަރަކު މުބާރާތެއް ފެށެން މަހަކަށްވީމަ، ތަނަކަށް ގޮސް މަޖާގަޑެއް ހަދާލާފައައިސް، އެފަހަރު މިފަރު ކިޔައިގެން ދިވެހިންގެ ލޭ ކައްކުވައިގެންމިކަމެއް ނުވާނެ. ކާމިޔާބުހޯދޭނީ ރޭވުންެތެރިކަމާއިއެކުކަންކުރީމަ. އަހަރަމެންގެތޭރެގައި ބޭރުގެ ލީގުގައިކުޅޭ ކުޅުންތެރިންނެތް، ބޭރުތަންތަނުގަ ހަދާގޮތަށް 1މަހުގެ ޓްރޭނިން އަކުން ކޮންބައިން ކޮށްލެވޭނެ. ގިނަ ކުޅުންތެރިން ގެޑިސިޕްލިންގ ހުންނަގޮތަކީ ކުޅެނިމިގެންގޮސް ބޮނީ ކޮފީ، އެނާޖީޑްރިންކް،ސިގިރެޓް. ރޭގަނޑުހޭލާ.

The name is already taken The name is available. Register?

ދިވެއްސެއް

14 October 2021

ދިވެހި ފޮރިންމިނިސްޓަރެއް ހުރިނަމަ ރާއްޖެއަށް ހިތްވަރުދީ މޮޅުވީސްކަންނޭގެ!މަޖްލިސްގެ ރައީސް ވޭތުވެ ދިޔަ 5 މަހު ރާއްޖޭގައި ހުރެގެން ހިތްވަރުދީ ސަޕޯޓް ކުރިނަމަ ރާއްޖެ މޮޅުވީސްކަންނޭގެ!ފާސްޓް ހިންގުންތެެރި ރައީސެއް ގައުމުގައި ހުރިނަމަ ރާއްޖެއަށް ހިތްވަރުދީ މޮޅުވީސްކަންނޭގެ! އެކަމަކު ހަރު ދިވެހިން ކަމަށްވާ ޔޫއެން ޚާއްސަ މަޖިީހުގެ ރައީސާއި، އެމްޑީޕީގެ ރައީސާއި، އެންމެ އިސް ލީޑަރާ 3ން ބޭފުޅުން މާޒީގައި ކަންތައް ވެފައިވާ ގޮތުން ސަޕޯޓްކުރާނެކަމަށް ބެލެވެނީ ހިންދުކަރައަށް! ދެން ވާނީ ކިހިނެއް؟ ނުވިތާކަށް އިރާދައާ ނުލާ "ތިންވަނަ ފަހަރު، މީ އެފަހަރު" ޝިޢާރާއި، ފައިނަލް ޔަގީން ނުވަނީސް ފައިނަލަށް ޓީމުގެ އިތުރުން ހުރިހާ އެންމެން ތައްޔާރުވެއްޖެ!

The name is already taken The name is available. Register?

މަހޭބެ

14 October 2021

މޮޅުނުވީ ޓީމަށް ހިތްވަރު ނުލިބިގެން ކަމަށްވަންޏާ ދެން ހީވަނީ ގައުމީ ޓީމު ކުޅުން ހުއްޓާލަންވީހެން. އިންޑިއާ މިގައުމުގައި، ނޭޕާލް މިގައުމުގައި ދިވެހި ގައުމީޓީމު އަތުން މޮޅުވީ ކޮންބަޔަކު އެމީހުންނަށް ހިތްވަރުދީގެންތޯ ސުވާލު ކޮށްލަބަލަ؟ އެހެންނެއްނޫން ވަނީ އަހަރުމެނަށް ތިބެވެނީ އަހަރުމެން ވަރުގެ ބަޔެއް ނެތިގެން ޚާއްޞަކޮށް ފާޑުފާޑުގެ ކޯޗުން. އެމީހުން ރާއްޖޭގެ ޓީމް ސިފަކުރާއިރު ފޯވަޑްލައިންނަކީ ހަމަ ދުނިޔޭގައިވެސް އެވަރު މޮޅުބަޔެއް ނެތްފަދަ ބަޔެއް ދެރަ

The name is already taken The name is available. Register?

އޮޅިގެން

14 October 2021

އޭ މީ ސިޔާސީ ކަބަރެއްނޫނޭ. ޢޮޅިގެންދޯ؟

The name is already taken The name is available. Register?

މޯދީ

14 October 2021

އިންޑިއާ އިން މޯޑިސް އައުޓް

The name is already taken The name is available. Register?

އަޝްފާގު

14 October 2021

ހަމަ މި މޮޅުވީވެސް ރާއްޖޭގެ ޓީމެއް. މީ ތިންވަނަ ފަހަރު. އިންޑިޔާއިން ރާއްޖެއަށް ތިންވަނަ ތަށި ހޯދައިދޭނެ.

The name is already taken The name is available. Register?

ޝޯމޭން

14 October 2021

ތަންކޮޅެއް ދުރުރާސްތާ ޕްލޭނެއް ހަދައިގެން ކުރިޔަށްއޮތް 10 ވަރަކަށް އަހަރުން ޔަންގު ފްރެޝް ޓީމެއް ނެރެވޭވަރު ކޮށްލަބަލަ. 500 ނޫނީ 1000 ކުދިންގެ ޕޫލެއްނަގައިގެން ފުޓުބޯޅަ ތިޔަރީއާ ޕްރެކްޓިކަލްއާ ހުރިހާއެއްޗެއް އަލިފުން ޔާ އަށް ކިޔަވާދީގެން. އޭގެޔެރޭން އަހަރުތަކަކުން ފުރޭނިގެން އައި ނަމަވެސް 23 ކުދިން ނަގާލެވޭނެ ކަންނޭނގެ.

The name is already taken The name is available. Register?

ެދެ1234

14 October 2021

ނޫނޭ މުބާރާތެއް ފެށެން ކައިރިވީމަ ހޮލިޑޭ ހަދާލަން ބޯޅަ ނުކުޅޭ ހަައެއްކަ ކުދިން ލައިގެން ޑުބާއީއާ ގަތަރަށް ކޭމްޕަށް ދިޔައިމާ ރަނގަޅު ވަނީ..

The name is already taken The name is available. Register?

ކޯޗް

14 October 2021

ސުކޯކުރަށް ލިބުނި ޗާންސް އަމިންލަ އެދުމާއި ހެދި ނުޖެހުނީ އިންޑިޔާ ކޯޗް ދެށްކިވާހަކަޔަކުން ދިވެހި ޓީމް މާ ހިތްމޮޅުވީ. އޭނަ ބޮލު ގެ ގޭމެއް ޖެންސީ. ރާއްޖެ ކުޅުންތެރިން ކުޅެށް އެއްވެސް ޗާސްނުދޭ. ކަޑާ ވަންޓާލަނި. ދެކޯޗުން ތަފާތު ފެނިންޖެ. ސުޒޭނު ކޯޗް ހޯދި ކާމިޔާބަށް މަރުހަބާ

The name is already taken The name is available. Register?

އާރީ

14 October 2021

ގައުމްޓީމް ބަލިވެގެން ފައިނަލަށް ނުދިޔާމަ އެއްވެސް ދެރައެއް ނުވޭ. އަހަރެން މާ ދެރަވޭ ނިއުރޭޑިޔަންޓް ސަސްފެންްޑް ކޮށްފަބާން ވައިގެން ގަލޮޅު ދަނޑްން ނުފެންނާތީ. ބަންސާމް އިސްތިއުފާ.

The name is already taken The name is available. Register?

ނިއު

14 October 2021

ރަނގަޅު ނިއުއަށްވުރެ ގައުމު ބޮޑެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454