ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ޗެމްޕިއަން އިންޑިއާ އާއި ރާއްޖެއާ ދެމެދު ހުރި ފަރަގު

ސާފް ޗެމްޕިއަންޝިޕްގައި އންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން، ފޮޓޯ: ނިޝާން އަލީ | މިހާރު

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ގައުމީ ކޯޗު އަލީ ސުޒޭން ބުނީ މުބާރާތުގެ ޓްރޭނިންގައި ރާއްޖޭން ހަވީރު ޕްރެކްޓިސް ކުރީ އެންމެ ދުވަހަކު ކަމަށެވެ. އެއީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރީ ދުވަހު އެވެ. ރާއްޖޭން ލަންކާއާ ދެކޮޅަށް މެޗު ކުޅުނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު އެވެ. އެހެން މެޗުތައް ކުޅުނީ ރޭ ގަނޑުގަ އެވެ.

"ފަހުން އިންޑިއާ ލީޑު ނެގިއިރު ރާއްޖޭގެ ކުޅުންތެރިން ކޮންމެވެސް ވަރަކަށް ވަރުބަލިވެފައި ކޮންސަންޓްރޭޝަން ވެސް ގެއްލިފައި ހުރިކަން ފާހަގަކޮށްލަން ޖެހޭ. ސެންޓްރަލް ދެ ޑިފެންޑަރުން އެއްކޮށް ފިޓްނަސް އަށް ދިޔައީމަ ވީކަމެއް ކަމަށް ވެދާނެ،" ސުޒޭން ބުންޏެވެ.

"އެއީ އަޅުގަނޑުމެން ދުވާލު ޓްރޭނިން ވެސް ނުހަދާ މަހެއްހާ ދުވަސްކޮށްފައި ސްރީ ލަންކާއާ ކުޅުނީ. އެހެންވީމަ އޭގެ ތެރެއިން ކޮންމެވެސް ކަންކަމެއް ދިމާވެފައި ހުރީމައާ އެއްކޮށް މިހެން ދިމާވީ."

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިއާ އާއި ރާއްޖޭގެ ޓްރޭނިންތަކާ އަޅައި ކިޔާލަން ޖެހެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ އަށް ދަތުރުކުރުމުގެ ކުރިން މުބާރާތަށް ހާއްސަކޮށް އިންޑިއާ ޓީމު އެކުލަވައިލައިގެން ޕްރެކްޓިސް ކުރެވުނީ ހަތަރު ދުވަހު އެވެ. ރާއްޖެ އައިސް ބަންޑޮސް އައިލެންޑް ރިސޯޓްގައި ކޭމްޕް ކުރި ޓީމު ކަނޑު ހުރަސްކޮށް މާލެ އައިސް ޕްރެކްޓިސް ކުރީ ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުގަ އެވެ. ހެންވޭރު ދަނޑުގައި އިންޑިއާގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިޔައީ ހެނދުނު 10 އިން މެންދުރު 12 އަށެވެ. ރޭގަނޑު ކުޅުނު މެޗުތަކަށް ވެސް އިންޑިއާގެ ޓީމު ޕްރެކްޓިސް ކުރީ އެ ގަޑީގަ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ވާދަވެރި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން--. ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުރަތަމަ ދެ މެޗުގައި އިންޑިއާގެ ޓީމަށް މައްސަލަ ކުރިމަތިވި ނަމަވެސް ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ފެނުނީ ތަފާތު އިންޑިއާ އެކެވެ. ފައިނަލު މެޗު އެއަށް ވުރެ ހާއްސަ އެވެ. ފައިނަލް މެޗާ ހަމައަށް އައިރު އެންމެ ފިޓް ޓީމަކަށް އޮތީ ނޭޕާލެވެ. އެކަމަކު ފައިނަލު މެޗުގައި އިންޑިއާ ފެނުނީ ނޭޕާލަށް ވުރެ މަތީ ލެވަލްގަ އެވެ. ގުރޫޕް ސްޓޭޖުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާ މޮޅުވީ ކިރިޔާ އެވެ. އެކަމަކު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗާއި ފައިނަލް މެޗުގައި އިންޑިއާގެ ވިސްނުން ފެނުނީ އެއްގޮތަކަށެވެ.

މެޗު ފަށައިގެން އަވަސް އަރުވައިލައިގެން ކުޅެން އުޅޭ މަންޒަރެއް އިންޑިއާގެ ކިބައަކުން ނުފެނުނެވެ. އެކަމަކު މެޗުގެ ތެރެއަށް ވަންނަމުން ދިޔަ ވަރަކަށް އިންޑިއާ ތަފާތެވެ. ދެ ވަނަ ހާފުގައި އިދިކޮޅު ޓީމުގެ ކުޅުންެތެރިން ވަރުބަލިވާ ވަރަކަށް އިންޑިއާގެ ކުޅުންތެރިންގެ ލެވަލް ހިއްލާލަ އެވެ. އާ ހިތްވަރެއް ނެރެ އެވެ. އިދިކޮޅު ޓީމު ވަރުބަލިވެފައި ތިބޭއިރު އިންޑިއާގެ އެ ލެވަލްއާ ވާދަކުރެވޭނެ ގޮތެއް ނުވެ އެވެ.

ރޭގެ މެޗުގައި ދިވެހި ރާއްޖޭގެ އަޑުގެ ކޮމެންޓްރީގެ އެނަލިސްޓެއްގެ ގޮތުގައި ހުރެ ވާހަކަ ދައްކަމުން ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ އިންޑިއާގެ އެންމެ ބޮޑު ތަފާތަކީ ޓީމެއްގެ ގޮތުގައި ކުޅޭ ގޭމް ކަމަށެވެ. ރާއްޖޭގެ އިންޑިވިޖުއަލް ކުޅުންތެރިން މޮޅުވިޔަސް ޓީމެއްގެ ގޮތުގައި ނުކުޅެވުމަކީ ދިމާވި މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

މާލެ- އޮކްޓޯބަރ 13، 2021: އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން --. ފޮޓޯ: ނިޝާން އަލީ| މިހާރު

ސާފް ޗެމްޕިއަންޝިޕް 2008 އަދި 2018 ގައި ރާއްޖެއިން ކާމިޔާބު ކުރި އިރު ފެނުނު އެންމެ ބޮޑު އެއް ކަމަކީ މެޗަކަށް ފަހު މެޗަކުން ރާއްޖޭގެ ގޭމް ރަނގަޅު ވެފައި ވުމެވެ. ބަންގްލަދޭޝްގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖު އުނދަގޫކޮށް ފެނުނަސް ސެމީ ފައިނަލާއި ފައިނަލުގައި ފެނުނު ރާއްޖެ ތަފާތެވެ. މިފަހަރު ކުރިމަތިވީ އެއާ އިދިކޮޅު ހާލަތެކެވެ. މުބާރާތުގެ ފަހުކޮޅަށް ގޮސް ފެނުނީ ދަށް ކުުޅުމެކެވެ. ފުރަތަމަ ދެ މެޗުގައި ޓޮޕް ލެވަލްގައި ކުޅުނު ރާއްޖޭގެ ބައެއް ކުޅުންތެރިންނަށް ފަހު ދެ މެޗުގައި އެ ލެވަލްއާ ގާތް ކުރާ ވަރުގެ ކުޅުމެއް ވެސް ނުދެއްކުނެވެ.

މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިން ގިނައީ ރާއްޖޭގަ އެވެ. ރާއްޖޭގެ ސްކޮޑްގައި 30 އަހަރުން މަތީގެ ނުވަ ކުޅުންތެރިން ތިއްބެވެ. އިންޑިއާގެ ސްކޮޑްގައި ތިބީ 30 އަހަރުން މަތީގެ ދެ ކުޅުންތެރިންނެވެ. އެއީ ކެޕްޓަން ސުނިލް ޗެތުރީ، 37، އަދި ޑިފެންޑަރު ރާހުލް ބެކާ، 30 އެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ދިފާއު ކުރަން ނުކުތް ރާއްޖޭގެ ޓީމުގައި "ޔަންގް ބްލޮޑް" މަދުވުމަކީ ކުރިމަތިވި މައްސަލައެކެވެ.

ރާއްޖޭގެ ސްކޮޑްގައި ތިބި ސީނިއާ ކުޅުންތެރިންގެ އުމުރު

މުހައްމަދު ފައިސަލް: 33 އަހަރު

މުހައްމަދު ޝަފީއު: 33 އަހަރު

އަކްރަމް އަބްދުލް ގަނީ: 34 އަހަރު

އަސްހަދު އަލީ: 35 އަހަރު

އަލީ ފާސިރު: 33 އަހަރު

އަލީ އަޝްފާގް: 36 އަހަރު

މުހައްމަދު އުމޭރު: 33

އަސަދުﷲ އަބްދުﷲ: 30 އަހަރު

އިސްމާއީލް އީސާ: 32 އަހަރު

ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން އުފުލާލަނީ --- ފޮޓޯ: ނިޝަން އަލީ | މިހާރު

މުޅި މުބާރާތަށް ވެސް ރާއްޖެއިން ފުރަތަމަ 11 ގައި ބޭނުން ކުރީ އެއް ކުޅުންތެރިންތަކެކެވެ. ބަދަލަކަށް ފެނުނީ އަސްހަދު އަލީ (އަޑޭ) ގެ ބަދަލުގައި ހުސައިން ނިހާން އަށް ދިން ފުރުސަތެވެ.

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ވަނީ ކޮންމެ މެޗެއްގައި ވެސް ފުރަތަމަ 11 އަށް ބަދަލުތައް ގެނެސްފަ އެވެ. އޭގެ ސަބަބުން ކުޅުންތެރިން ވަރުބަލިވުން ކުޑަވި އެވެ. ދިވެހި ކުޅުންތެރިންގެ ފިޓްނަސްއަށް ބަލާއިރު ވާދަވެރި މެޗުތަކެއް ޖެހިޖެހިގެން ކުރިއަށް ގެންދެވޭ ވަރުގެ ފިޓްނަސްއެއް ނުހުރެ އެވެ. މުޅި މުބާރާތް ނިމެންދެން އިންޑިއާއިން ފިޓްނަސް ލެވަލް ހިފެހެއްޓުމަށް ސްޓިމަކް ގެންގުޅުނު ވިސްނުން ރަނގަޅު ކަމަށް ބުނަން ޖެހެ އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ނާކާމިޔާބުން ދިވެހިން ތިބީ މާޔޫސްވެފަ އެވެ. ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތީ އަންނަ މަހު 8-17 އަށް ލަންކާގައި ބާއްވާ ހަތަރު ގައުމުގެ މުބާރާތެވެ. އެ މުބާރާތުގައި ވާދަކުރާނީ ރައްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. އެ މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ ސާފް ޗެމްޕިއަންޝިޕުގެ ހިތްދަތިކަމުން ޓީމަށް އަރައިގަތުމަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު އޮޮންނާނީ އަންނަ މަހު 8 ވަނަ ދުވަހު އެވެ. ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 14 ވަނަ ދުވަހު އެވެ.

ލަންކާ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އަލަށް ހަމަޖައްސާ ކޯޗެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ހަމަޖައްސާ ކޯޗާ އެކު މިހާރު އެއްބަސްވުން ހަދައިފައި ވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކޯޗެއް ކަމެއް ބައްސާމް ހާމައެއް ނުކުރައްވަ އެވެ.

14 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައުތު އޭޝިއާ ބުރެޒިލޯ

18 October 2021

ކޮބާތަ ތިކިޔާ އިންޑިވިޖުއަލް ހުނަރަކީ؟ ބަލަ މީ ފުޓްސަލް ނުވަތަ 80ގެ ފުޓުބޯޅައެއްނޫން. ޒަމާނީ ފުޓުބޯޅައިގެ މަތީ ލެވެލްގައި ބޭނުންވާ ހުނަރެއް، ބުއްދިއެއް ނުވަތަ ޑިސިޕްލިންއެއް ހުރި މީހަކު ރާއްޖެ ޓީމަކުނެތް. މިކަން ފުރަތަމަ ގަބޫލުކޮށް އާ ފެށުމަކުން އާ ފަންނީ މީހުންނާއި ޒުވާން އާ ކުޅުންތެރިންނާއި އެއްކޮށް ފަށައިގެން ނޫނިއްޔާ މިކަމެއް ރަނގަޅެެއް ނުވާނެ.

The name is already taken The name is available. Register?

ޢިހްސާސް

18 October 2021

ސެގާޓުމެން ކީވެސް އުމުރުގެ ވާހަކަ ނޫންތަ. ކިރިޔާވެސް ނަތީޖާ ނުނެރެވޭއިރަށް ކޯޗު ބޭރު ކުރަންޔާ ވާނީ މިހެން. ދަނގަޑޭމެން އޮއްސެން ވާއިރަށް ޒުވާން ޖީލު ބިނާކޮށް އިންޓަނޭޝަނަލް ފުރެންޑުލީ މުބާރާތްތައް ޒުވާން ޖީލުލައްވާ ކުޅުވައިގެން ވާނީ. ތައްޓެއް ދިފާއު ނުކުރެވުމަކީ ބޮޑު ނާކާމިޔާބެއް. ދެންވެސް އާފެށުމަކުން ފަށާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 October 2021

ނޯތު، ސެންޓްރަލް އަދި ސައުތު (ތިރީގައިވާ ކޮމަންޓްގައި އޮތްފަދައިން) ރީޖަންތަކަށް ބަހާލުމަށްފަހު ކޮންމެރީޖަނެއްގައިހިމެނޭ ލީޤްގެ ޓޮޕް 10 ޓީމްގެ މެނޭޖަރ އަދި ޖެނެރަލް ސެކްޓަރީ ވޯޓްލައިގެން އިންތިހާބުކުރާ ފުޓްބޯޅަ އެސޯސިއޭޝަނެއް ކޮންމެ ރީޖަނެއްގައިވެސް އޮންނާންވާނެ. # އަދި މިދެންނެވި 3 ރީޖަނުގެ އެސޯސިއޭޝަން އާއި ރީޖަނެއްގެ ގަދަ 10 ޓީމުން ވޯޓްދީގެން އިންތިޙާބު ކުރާ National Football Federation ހަދައިގެން ނޫނީ މިހާރު ހުރި މައްސަލަތައް ހައްލުނުވާނެ.

The name is already taken The name is available. Register?

ޝޯމޭން

17 October 2021

ވަރަށް ރަނގަޅު ހިޔާލެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 October 2021

އެފްއޭއެމް އަކީ ހިސޯރުކޮށްފައިވާ ތަނެއް. ރާއްޖޭގެ ފުޓްބޯޅަ ބަދަލުކުރާން ކުރާންޖެހޭ ފުރަތަމަކަމަކީ ސަރަހައްދީ ރީޖަންތައް ތައާރަފުކުރުން. # މިގޮތުން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ހޯމް ސްޓޭޑިއަމެއްގެގޮތުގައި މުބާރާތްކުޅެވޭ ފެންވަރުގެ ސްޓޭޑިއަމެއް ތައްޔާރުކޮށް FA Cup އަދި ލީޤް ހޯމްއަވޭ އަށް ބަދަލު ކުރާއިރަށް ނަތީޖާ ފެންނާނެ.

The name is already taken The name is available. Register?

ފަރަގު

17 October 2021

ފަރަގަކީ ތިއެއް ނޫން. ފަރަގަކީ މިގައުމުގައި ކަމެއް ނުކުރާ ސްޕޯޓްސް ކޮމިޝަރަކާއި ކަމެއް ނުކުރާ ސްޕޯޓްސް ކޯޕަރޭޝަނުގެ ވެރިޔަކު ހުރުން. ސްޕޯޓްސް ކޮމިޝަނަރުގެ ކަމަކީ ގޮނޑިގޮނޑި ފަޅުފިލުވުން. އެވަރުވެސް ކޯޕަރޭޝަނުގައި ހުރި މީހާއަކަށް ކޮށްލާކަށް ނުކެރޭ.

The name is already taken The name is available. Register?

ނިމަ

17 October 2021

ޓިކެޓް ވިއްކީވެސް އެފުއޭއެމްވެރިންނަށް ފައިދާވާގޮތަށް. އަޑުބަރޭ އެކަނި 100 ޓީކެޓް ވިއްކަން ހޯދި. ސަރުކާރުން އެފުއޭއެމަށް ލާރިދޭން މިނިސްޓްރީން ސޮއިކުރަންހުރީ އަޑުބަރޭ. އޭނާ ޓީމަށް އަރަންޖެހެނީ މިހެންވެ. ފައިސާ ބަހަނީ މަޙުލޫފް ޓު މަހޭ ޓު ބައްސާމްޓު އަލީޢުމަރު ޓު އޮއްޕޮ. ސަރުކާރުން 17 މިލިއަން ރުފިޔާދިން. މިކަން ބައްލަވާ

The name is already taken The name is available. Register?

ގަސެ

17 October 2021

އެފް.އޭ އިން ސާފު މުބާރާތް ބާއްވައިގެން ހިންގީ މުޅިންކޮރަޕުޝަން. ދަޑު ޒީނަތްތެރިކުރަންޖެހި ހުރިހާ ބޯޑުތަކެއް ޖަހަންދިނީ އޮއްޕޮގެ ކުންފުންޏަށް. އެންމެ އާދައިގެ ބޯޑުތައް ޕްރިންޓް ކޮށްފައި ވަނީ ނުއަގުގައި. މީ އަލީއުމަރުއަށް ބައިއެޅޭ ކަމެއް. ޤައުމީ ޖާޒީ ތައްޔާރުކުރަންދިނީ ޝޭޑީކެބިން ހިއްސާވާ އައިލެންޑް އެޕުރަލްސްއަށް. މިއީވެސް އަލީޢުމަރުގެ ކަމެއް. ފައިދާވޭ. މުބާރާތް ބްރޭންޑްކުރަންދިނީ ނިއުޝާދަށް. މިއިންއެއްވެސް ކަމެއް ބިޑަކަށްނުލާ.

The name is already taken The name is available. Register?

ކުރިއައްއަދިމާ ދެރަ

17 October 2021

އަޝްފާގު ފޯމުގެއްލޭދުވަހު ދިވެހި ޓީމައްޖެހުނު ހާލު ޗެތްރީ ނުހުންނަ ދުވަހަކުން އިންޑިއާޓީމައްޖެހޭނެބާ. ކޮންމެވެސް ވަރަކައް އެހެން ވެދާނެ އެކަމަކު އެހާގޯހެއްނުވާނެހެން ހީވަނީ. އަޝްފާގުއެންމެ ފުރިހަމަ ފޯމުގަ ހުރިއިރު ފީފާ ރޭންކިންގަ ރާއްޖެއައްލިބުނު ޕޮއިންޓުގެ ބޮޑުބައެއްއޭނަ ހިއްސާކުރާނެ. ރާއްޖެ އެއްއިރެއްގަ ހަމަ ހަމަ ޓީމުތަކުގެ ކޮޅައް ހައެއްކަ ލަނޑުގެ ތަފާތުން މޮޅުވެފަ ހުރީ އަޝްފާގުގެ ސަބަބުން ދެން އެކަމެއްނުވާނެ.

The name is already taken The name is available. Register?

ސަސު

17 October 2021

މުބާރަތް ނިމުނީމަ ތި ވާހަކަތަށް ކިޔާތާ އެތަށް އަހަރެއްވީ، ދެން ފިޓުނަސް ރަގަޅު ކުރަން މަސައްކަތް ކުރަންވީ. ވާހަކަ ގިނަ ނުކޮށއ ނަތީޖާ ނެރެންވީ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

17 October 2021

ދެން ހިޔެއްނުވޭ ދިވެހިންނަށް އިންޑިޔާ އަތުވެދާނެއެކޭ. އެމީހުން އެދަނީ އެމީހުންގެ ލީގު ވަރުގަދަކުރަމުން. ޔޫރަޕުލީގުތަކުން މުސްކުޅިކުރައްވާ ކުޅުންތެރިންގެނަސް އެމީހުންގެ ތަޖުރިބާހޯދަމުން. ދިވެހިން އަތުގާ އިންޑިޔާއަތުގާ ހުރި ރިސޯސްތަކެއްނެތް. އެމީހުން އަހަރެމެންނަށްވުރެ މާމުއްސަނދި. ދިވެހިންވެސް ވާދަކުރަންބޭނުމިއްޔާ ޖެހޭނީ ހުރިއެއްޗަކުން ލީގު ވެވުނުވަރަކަށް ވަރުގަދަކުރާން. އަދި ކަންމަތީ ޖަމިއްޔާތައް އުވާލާ މިކަން ތަންކޮޅެއް ޕުރޮފެޝަނަލްކޮށްކުރަން.

The name is already taken The name is available. Register?

ޝޯމޭން

17 October 2021

ދިވެހިންނަށް އަތުނުވީ އިންޑިއާއެއް ނޫން. ދިވެހިންނަށް އަތުނުވީ ޗެތުރީ. ޗެތުރީ އެކަނި ޓީމެއް ހިފައިގެން އައިސް ސާފުޗެމްޕިއަންޝިޕް ގެންދިޔައީއޭ ބުންޏަކަސް ނުވާނެ މިފަހަރު ދޮގަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454