10 ޖެނުއަރީ

January 10, 2018 8
ފޯނެއް އޮތްތޯ ބަލަން އަދީބުގެ ގޮޅި ފާސްކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފޯނެއް ގެންގުޅުއްވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނު ދޫނިދޫގައި އޮންނެވި ގޮޅި ބަލައި މިދިޔަ ހޯމަ ދުވަހު ފާސްކޮށްފި އެވެ.

January 10, 2018 22
ބޭސްފަރުވާ ލިބުމަކީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު...

07 ޖެނުއަރީ

January 07, 2018 4
"ފަރުވާއަށް ބޭޭރަށް ފޮނުވުމުގެ މައްސަލަ ކޯޓަށް ބެލޭނެ"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ މައްސަަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް އޭނާގެ ފަރާތުން އެ ކޯޓަށް މިއަދު ހުށަހެޅި ޖަވާބުގައި ބުނެފި އެވެ.

05 ޖެނުއަރީ

January 05, 2018 36
އަދީބަށް ބޭސްފަރުވާގެ ހައްގު ފޯރުކޮށްދީ: ގާސިމް

ބޭސްފަރުވާގެ ފުރިހަމަ ހައްގު ލިބުން ލަސްވުމުގެ ހިތްދަތިކަން ތަޖުރިބާކުރައްވާފައިވާާ ކަމަށާއި އެ ހައްގު، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2018 14
ރިޝްވަތު ދިނުމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި

ފުލުހުންގެ ބަޔަކަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

January 04, 2018 9
އަދީބު ބޭރަށް ފޮނުވުމުގެ މައްސަލަ ކޯޓަކަށް ނުބެލޭނެ"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް...

25 ޑިސެމްބަރ

December 25, 2017 4
އަދީބު ބޭރަށް ފޮނުވުމުގެ މައްސަލާގެ ޝަރީއަތް ހިންގަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި މައްސަލަ ހައްލު ނުވުމުން، ޝަރީއަތް ހިންގަން ނިންމައިފި އެވެ.

19 ޑިސެމްބަރ

December 19, 2017 8
އަދީބު ގޭބަންދަށް ބަދަލުކުރެވޭކަށް ނެތް: ކަރެކްޝަންސް

އެތައް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ދެކޮޅު ހަދައިފި އެވެ.

17 ޑިސެމްބަރ

December 17, 2017 6
އަދީބު ކުރާ ދައުވާއަށް ޖަވާބުދޭން ދައުލަތަށް ފުރުސަތު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ހުށަހެޅި ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު، ދައުލަތަށް ސިވިލް ކޯޓުން މިއަދު ދީފި އެވެ.

13 ޑިސެމްބަރ

December 13, 2017 10
އަދީބު ގޭ ބަންދަށް ބަދަލު ކޮށްދޭން އެދިއްޖެ

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްދޭން އޭނާގެ އާއިލާއިން އެދިއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2017 3
އަދީބު މަރާލަން އުޅޭ ކަމަށް ބުނި މައްސަލަ ފައިލްކޮށްފި

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ އޭނާގެ ދެ ވަކީލުން ފުލުސް އޮފީހަށް ހުށަހެޅި މައްސަލަ ފައިލްކޮށްފި އެވެ.

27 ނޮވެމްބަރ

November 27, 2017 3
އަދީބުގެ ބޭސްފަރުވާގެ މައްސަލަ ކޯޓުން ބަލައިގެންފި

ބޭސްފަރުވާގެ ހައްގު ހޯދަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އިއްޔެ ބަލައިގެންފި އެވެ.

03 ނޮވެމްބަރ

November 03, 2017 19
ދިއްފުށި ފަޅު އޮތީ ހާމިދަށް ކުއްޔަށް ދީފައި: އާއިލާ

ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދޭން އިއުލާނުކޮށްފައިވާ ކ.ދިއްފުށި ފަޅަކީ ޖަލު ހުކުމެއްގައި ހުރި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ކުރިން ދީފައިވާ ތަނެއް ކަމަށާއި މިނިސްޓްރީން އެއްބަސްވުންތަކާ ހިލާފަށް އަމަލު ކުރަމުންދާތީ ހާމިދުގެ ކުންފުނިތަކަށް ފޫނުބެދޭވަރުގެ ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން...

15 އޮކްޓޯބަރ

October 15, 2017 11
އަދީބުގެ ފަރުވާ ކަރެކްޝަންސް އިން ހުއްޓާލައިފި: އާއިލާ

ޖަލުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގަޔަށް އިންޖެކްޝަނެއް ޖެހުމުގެ ހުއްދަ އަށް ކަރެކްޝަނަލް ސާވިސްއިން އާއިލާގެ ކިބައިން އެދުމުން އެކަމަށް އާއިލާއިން ދެކޮޅު ހަދާފައިވާތީ އަދީބުގެ ފަރުވާ ހުއްޓާލާފައިވާ ކަމަށް އަދީބުގެ އާއިލާއިން މިއަދު ބުނެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2017 15
ރެހެންދި ފްލެޓް ފާސްކުރީ ރިޝްވަތުގެ ފައިސާ ހޯދަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރިން ދިރިއުޅުއްވި ރެހެންދި ފްލެޓްގެ އެޕާޓްމަންޓު ކޯޓު އަމުރަކާ އެކު، ފުލުހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ފާސްކުރީ ރިޝްވަތުގެ ފައިސާ ހޯދަން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

04 ސެޕްޓެމްބަރ

September 04, 2017 21
އަދީބުގެ ފަރުވާއަށް ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދިއްޖެ އެެވެ.

26 އޯގަސްޓް

August 26, 2017 8
މޫސާ އަންވަރުގެ ގެޔަށް ގެއްލުން ދީފި

ސޯޝަލް މީޑިއާ އެކްޓިވިސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެކުވެރިއެއް ކަމަށްވާ މޫސާ އަންވަރުގެ ގެޔަށް ގެއްލުން ދީ އެ ގޭގެ ދޮރަށް ރޭ ދަންވަރު ބަޔަކު ކަތިވަޅި ޖަހައިފި އެވެ.

23 އޯގަސްޓް

August 23, 2017 13
ދައުލަތުން އުޅެނީ ސިޔާސީ ގޮތުން ފްރޭމް ކުރަން: އަދީބު

ދައުލަތުން ގިނަ އަދަދެއްގެ ދައުވާތަކެއް އޭނާއާ ދެކޮޅަށް ކުރަނީ ސިޔާސީ ގޮތުން ފްރޭމް ކުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

August 23, 2017 23
އަދީބަށް ވަކި ގޮތެއް ހަދަން އިރުޝާދެއް ނެތް:ފަނޑިޔާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މެދު ވަކި ގޮތަކަށް އަމަލު ކުރަން އެއްވެސް މީހެއްގެ ފަރާތުން އިރުޝާދު ލިބިފައި ނެތް ކަމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު...

17 އޯގަސްޓް

August 17, 2017 17
ފަނޑިޔާރަށް އަދީބުގެ ޝަކުވާތަކެއް އޮއްސާލައިފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށިއިރު، ހިނިތުން ވެވަޑައިގެން ހުންނަވައި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަނޑިޔާރަށް ޝަކުވާގެ...

August 17, 2017 3
ވަކީލަކު އައްޔަންކުރަން އަދީބަށް 10 ދުވަސް ދީފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެތައް ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ހުށަހެޅި އާ...

16 އޯގަސްޓް

August 16, 2017 8
އަދީބަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއްކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ އާ އަށް...

August 16, 2017 23
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވުމާ އެކު، މިހާރު އެ ހުންނެވީ މަގާމުން އަޒުލްވެފައި ކަމަށާއި ރައީސްގެ ނަމުން މުޚާތަބު...

15 އޯގަސްޓް

August 15, 2017 85
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް

"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުން ދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.

14 އޯގަސްޓް

August 14, 2017 333
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ އިން އިންތިހާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.