10 އޯގަސްޓް

August 10, 2017 123
އަދީބު، ހުމާމާ ބައްދަލުކުރުން: އާދައިގެ ކަމެއް ނޫން!

ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގެން ހާދަ ބޮޑެތި ޖަރީމާތަކެއް ސަރުކާރުގެ ތެރޭގައި ހިންގައިފި އެވެ؛ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތެވެ. ރިޝްވަތު ހުށަހަޅައިގެން ފުލުހުންގެ މުއައްސަސާ ކޮރަޕްޓުކޮށްލުމެވެ. މިދިޔަ އާދީއްތަދުވަހު އާ ކަމެއް، އަނެއްކާވެސް އާއްމުންނާ ހިއްސާކުރެއްވި އެވެ؛ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު...

07 އޯގަސްޓް

August 07, 2017 81
މައްސަލަ ބަލަން ފެށީ ބޮން ގޮއްވާލި ފަހުން: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް، ހުސެއިން ހުމާމު މާފުށީ ޖަލުން ނެރެގެން ރިސޯޓަކަށް ގެންގޮސް ބައްދަލުކުރެއްވި ކަމުގެ ތުހުމަތު ކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކަމަށާއި އެ މައްސަލައިގެ ތަހުގީގު ފެށީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި...

06 އޯގަސްޓް

August 06, 2017 156
އިސްވެރިއަކު ރިސޯޓެއްގައި ހުމާމާ ބައްދަލުކުރި: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސެއިން ހުމާމް، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، އެތަނުން ނެރެގެން ރިސޯޓަކަށް...

August 06, 2017 4
ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް އަދީބު މާލެ ގެނެސްފި

ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު މާލެ ގެނެސްފި އެވެ.

01 އޯގަސްޓް

August 01, 2017 24
އަދީބަށް އިތުރު 9 ދައުވާ، ޒިޔަތަށް 25 ދައުވާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުރު ނުވަ ދައުވާއެއް އަދި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 25 ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

24 ޖުލައި

July 24, 2017 4
އަދީބުގެ ބޭސްފަރުވާގެ މައްސަލަ ބަލައި ނުނިމޭ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައި ނުނިމޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

20 ޖުލައި

July 20, 2017 9
ނާޒިމްގެ މައްސަލަ އަލުން ބަލަން ވަކީލުން ވެސް އެދެނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައިދިނުމަށް ނާޒިމްގެ ވަކީލުން ވެސް ކަމާ ބެހޭ ފަރާތްތަކުގައި އެދެން ނިންމައިފި އެވެ.

17 ޖުލައި

July 17, 2017 17
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ

ބޮޑު ތިންކުށެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު އާއްމު ކުރައްވަމުން ގެންދަވާ މައުލޫމާތުތަކުގެ ސަބަބުން އެ މަނިކުފާނަށް ނުރައްކަލެއް ވެދާނެތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

16 ޖުލައި

July 16, 2017 20
ނަޝީދުގެ ހުކުމް އަލުން މުރާޖައާ ކުރަން ޖެހޭ: ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަަށް އިއްވި 13 އަހަރުގެ ޖަލު ހުކުމަކީ ކޯޓުގެ ފަނޑިޔާރަކު ލިއުއްވި ހުކުމެއް ނޫން ކަމަށާއި އެ ހުކުމް އެމަނިކުފާނުގެ މައްޗަށް އިއްވީ ސަރުކާރުގެ...

July 16, 2017 76
އަދީބުގެ ސިޓީ: ނަޝީދުގެ ހުކުމް ލިޔުނީ ފަނޑިޔާރެއްނޫން

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ބެހޭ ގޮތުން ކަން ހިނގައިދިޔަ ގޮތް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ދޫނިދޫ ޖަލުގައި ދިގު...

15 ޖުލައި

July 15, 2017 13
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެ އެވެ.

13 ޖުލައި

July 13, 2017 17
ރިލްވާނަށް ވީ ގޮތް އަދީބަށް އެނގޭ ނަމަ ހިއްސާކޮށްދޭން އެދެފި

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގުމާ ގުޅޭ އެއްވެސް މައުލޫމާތެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އެނގިވަޑައިގަންނަވާ ނަމަ އެ މައުލޫމާތު ހިއްސާ ކޮށްދޭން ރިލްވާންގެ...

July 13, 2017 40
ރައީސް ޔާމީނާ އަދީބުގެ ވާހަކަވެސް ގަބޫލުކުރާކަށް ނުވާނެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ގެއްލުނު ފައިސާއާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައްކަވާ ވާހަކަތައް...

12 ޖުލައި

July 12, 2017 98
މަދުވާ ފައިސާއަށް ވީ ގޮތް އެނގޭނީ ރައީސަށް: އަދީބު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން ގެއްލުނު ފައިސާއަށް ވީ ގޮތް، ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

11 ޖުލައި

July 11, 2017 59
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން...

July 11, 2017 130
އަދީބުގެ ފައިސާ ޖާޑީގެ ސައްހަ މިންވަރެއް ނޭނގޭ:ރައީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ "ފައިސާ ޖާޑީ" ގެ ތެރޭގައި ހުރި ސައްހަ ފައިސާގެ އަދަދަކީ ކޮބައި ކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2017 19
އަދީބުގެ ދެ ވަކީލުންގެ މައްޗަށް ޖިނާއީ ތަހުގީގެއް

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ވިދާޅުވެ އޭނާގެ ދެ ވަކީލުން ފުލުސް އޮފީހަށް ހުށަހެޅި މައްސަލާގައި، އެ މައުލޫމާތު ދިން ފަރާތެއް ހާމަ ނުކުރުމުން ވަކީލުންގެ ފޯނު ހިފަހައްޓައި ޖިނާއި ތަހުގީގެއް ފަށައިފި އެވެ.

06 ޖުލައި

July 06, 2017 4
ޚިޔާނާތުގެ ނުވަ ރަށެއްގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިއްޖެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ މައްސަލައިގެ ތަހުގީގުގައި، އެ ކޯޕަރޭޝަނުން ދޫކުރި ނުވަ ރަށެއްގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

05 ޖުލައި

July 05, 2017 7
އަދީބުގެ ވަކީލުން ފުލުހަށް ހާޒިރުވާން އަންގައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުން މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

July 05, 2017 22
އަދީބު އަވަހާރަކޮށްލަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި

ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ފުލުހުން...

July 05, 2017 15
އަދީބަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފި

ކުރީގެ ރައީސް ނައިބު ރައީސް އަހުމަދު އަދީބަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް މިއަދު ގެނެސްފި އެވެ.

04 ޖުލައި

July 04, 2017 9
އަދީބުގެ ސިއްހީ ހާލަތާމެދު އެއްވެސް ވާހަކައެއް ނުދެއްކި

ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު ކަރެކްޝަނަލް ސާވިސް އިން އެއްވެސް ވާހަކައެއް...

July 04, 2017 21
އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ފުލުހަށް

އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމަށް ތުހުމަތުކޮށް، އެކަން އެ މަނިކުފާނުގެ ވަކީލުންގެ ފަރާތުން...

03 ޖުލައި

July 03, 2017 69
ދޫނިދޫ ޖަލުގައި އަދީބު އޮންނެވި ފޮޓޯއެއް އާންމުވެއްޖެ

ދިގު މުއްދަތުގެ އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ދޫނިދޫ ޖަލުގައި އޮންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

02 ޖުލައި

July 02, 2017 63
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ހުރިހާ ހަގީގަތެއް އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވުމާ އެކު، ނާޒިމަށް އިންސާފު ހޯދުމުގެ އަޑުތައް އަނެއްކާވެސް މިވަނީ ގަދަވެފަ އެވެ. އެ ހާދިސާ ފެށިގެން ގޮސް...

30 ޖޫން

June 30, 2017 107
ނާޒިމްގެ ދިފާއުގައި އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި އެއް އިރެއްގައި ނާޒިމްއާ އެންމެ ގާތުން މަސައްކަތް ކުރެއްވި އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.