އައިކެއާ އޮޕްޓިކަލްސް އިން ބޭއްވި "ވިން އަ ރަމަޟާން އުމްރާ ޓްރިޕް ވިތް އައިކެއާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން މިރޭ ބާއްވަން ނިންމައިފި އެވެ.

އައިކެއާއިން ބުނީ މި ގުރުއަތު ނެގުން މިރޭ 7:45 ގައި ޓީވީއެމް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 އިން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭއްވި ޕްރޮމޯޝަނެކެވެ. އައިކެއާގެ މަގުބޫލު ބައެއް ބްރޭންޑްތަކުން 30 ޕަސެންޓާ ހަމައަށް އެ ޕްރޮމޯޝަނުގައި ޑިސްކައުންޓު ދިނެވެ.

މިއީ ކުންފުނީގެ އަގު ހުރި ކަސްޓަމަރުންގެ އިތުބާރާއި ބައިވެރިވުން ފާހަގަކޮށް، ރޯދަމަހުގެ މަހު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހަދިޔާކުރުމުގެ މަގުސަދުގައި ބޭއްވި ހާއްސަ ހަރަކާތެއް ކަމަށް އައިކެއާއިން ބުންޏެވެ.

އައިކެއާގެ ހުރިހާ އައުޓްލެޓްތަކަކުން ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ ހޮވުން އޮންނާނީ މިރޭގެ ލައިވް ބްރޯޑްކާސްޓްގަ އެވެ.