ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އަޅައި، ހުޅުވާލުމާއެކު އެ މަގުތަގުގެ ދެ ފަޅީގައި ވެހިކަލްތައް ޕާކްކޮށް، އެ މަގުތައް ވަނީ ވެހިކަލްތަކުން ތޮއްޖެހިފައި.
13 މާޗް 2022 - 13:46
ދެ ފުރޮޅުލީ އުޅަނދުތައް ޕާކް ކުރުމަށް ކޮންމެ ފްލެޓެއްގައި ވެސް ހާއްސަ ޕާކިން ޒޯނެއް ހުރޭ. އަދި ފްލެޓްތައް ކައިރީގަ އާއި ފްލެޓްތަކުގެ ބޭސްމެންޓްގައި ވެސް ވެސް ސައިކަލްތައް ޕާކްކުރާނެ ތަންތަން ހަދާފައި ހުރޭ. އެކަމަކު މަގުތައް ހުޅުވާލުމާ އެކު އެ ތަންތަނުގެ ބޭނުން މަދު ބަޔަކު ނޫނީ ނުކުރޭ. މިއީ އެޗް1 އައި އެޗް 2 އާ ދިމާލުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއް. ގިނަ ސައިކަލްތައް މިހާރު ޕާކް ކުރަނީ މަގުމަތީގައި. ހިޔާ ފްލެޓަށް ހާއްސަ ގިނަ ޕާކިން ޒޯންތައް މިހާރު ފެންނަނީ ހުސްކޮށް.
ހިޔާގައި މީހުން ދިރިއުޅެން ފެށުމާ އެކު ދިމާވި އެންމެ ބޮޑު މައްސަލައަކީ ޕާކު ކުރުމުގެ މައްސަލަ އާއި މަގުތައް އޮތް ގޮތުގެ ޝަކުވާ. އެކަމަކު ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާޅު އަޅައި، މިދިޔަ ހަަފުތާގައި ވަނީ ހުޅުވާލައިފައި. ޕާކް ކުރާނެ ވަކި ޖާގަތަކެއް ހަދާފައި ހުއްޓަސް، ގިނަ ވެހިކަލްތައް ޕާކް ކުރަނީ މަގުގެ އަރިމަތީގައި.
މިއީ ހިޔާ ފްލެޓްގައި ހަދާފައިވާ ޕާކިން ޒޯނެއް: އެކަމަކު ޕާކިން ޒޯންތަކުގައި ސައިކަލް ޕާކުކުރާލެއް މަދު. ކޮންމެ މީހަކު ވެސް ސައިކަލް އާންމުކޮށް ޕާކްކުރަނީ އެ މީހަކު ދިރިއުޅޭ ފްލެޓާ އެންމެ ކައިރިން މަގުގެ އަރިމަތީގައި.
ކޮންމެ ޓަވަރެއްގެ ވެސް އެންމެ ތިރީ، ބޭސްމަންޓްގައި ސައިކަލް ޕާކު ކުރެވޭނެ ގޮތް ހަދާފައި ހުރޭ. އެކަމަކު މިތަންތަން ފެންނަނީ ހުސްކޮށް އޮއްވާ. މަގުތައް ހެދުމުގެ ކުރިން ބޭސްމަންޓްގައި ސައިކަލްތައް ބެހެއްޓިޔަސް މަގުތައް ހެދި ފަހުން މިތަންތަން ވަނީ ގާތްގަނޑަކަށް ހުސްވެފައި.
ހިޔާ ފްލެޓްގެ މަގެއްގެ އަރިމަތީގައި ޕާކުކޮށްފައި: މާލެއެކޭ އެއްގޮތަށް މި ސަރަހައްދުގައި ވެސް ގަވައިދާހިލާފަށް ޕާކު ކުރުމުގެ މައްސަލަތައް ބޮޑު. އޭގެ ސަބަބުން ދުއްވަ އެއްޗިއްސާއި ހިނގާ މީހުންނަށް ވެސް ވަރަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި.
މަގުގެ ދެ ފަރާތުގައި ވެހިކަލްތައް ޕާކު ކުރުމަކީ ހިޔާ ފްލެޓް ސަރަހައްދުގައި ގިނަ ބަޔަކަށް ދަތިވާ ކަމެއް. ފްލެޓް ސަރަހައްދުގެ އެތެރޭގައި ހުރި މަގުތައް ވަރަށް ހަނި ކަމުން އެ މަގުތަކުގައި ޕާކު ކޮށްފިއްޔާ އެއްޗެހި ދުއްވަން އޮންނަނީ ވަރަށް ކުޑަ ތަންކޮޅެއް.
ހިޔާ ފްލެޓްގެ ސަރަހައްދުގައި މަގެއްގެ މަތީގައި ބަޔަކު މަޑުކޮށްލައިގެން: ފްލެޓްތަކަށް ވަދެ ނުކުންނަން އޮންނަނީ ވަރަށް ހަނި ޖާގައެއް. މަގުގެ ދެ ފަރާތުގައި ޕާކު ކުރުމުން މަގުގެ ބޮޑުބައެއް ގެއްލޭ.
ހިޔާ ފްލެޓް ސަރަހައްދުގައި ކާރުތަކެއް ޕާކުކޮށްފައި: އެ ސަރަހައްދު އޮންނަނީ ވެހިކަލްތަކުން ތޮއްޖެހިފައި. ޓަވަރުތަކުގައި އުޅޭ މީހުން ބުނާ ގޮތުން ކުރިމަގުގައި ވެސް މެނޭޖްކުރަން އެންމެ ބޮޑަށް އުނދަގޫ ވާނެ އެއް ކަމަކީ ޕާކިންގެ މައްސަލަ.
ހިޔާ ފްލެޓްގެ ސަރަހައްދު: ހިޔާ ފްލެޓްތަކުގައި މިހާރު ގިނަ ބަޔަކު ދިރިއުޅެން ފަށާފައި ވާތީ އެ ސަރަހައްދު މިހާރު ފެންނަނީ ވަރަށް ހަލަބޮލިކޮށް. ދުއްވާ ތަކެތި ގިނަވެ، މުޅި ސަރަހައްދު ފެންނަނީ ވަރަށް ހަރަކާތްތެރި ސަރަހައްދެއްގެ ގޮތުގައި.
ހިޔާ ފްލެޓްގައި މީހަކު މުދ އުފުލަނީ: މަގުތައް ހަނިވެފައި މަގުގެ ދެ ފަރާތުގައި ވެހިކަލް ޕާކުކުރަން ފަށާފައިވާތީ އެހެން މީހުންނަށް އޭގެ ދަތިތައް ދަނީ އިންތިހާ އަށް ފޯރަމުން. ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުން މަގުމަތީގައި ޕާކު ކުރުމުން ވަރަށް ބޮޑެތި ދަތިތައް ދިމާވޭ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
14 March 2022
މިގައުމުގެ ގިނަކަންތަށް ތަކުގެ ހާލަތު ތިޔައީ ، ކޮންކަމެއްގެ ތޯ ހަމައެއް ލަމއެއް އޮތީ ، އެމީހަކު ބޭނުންގޮތަކަށް އުޅެމުންދަނީ ، ފަރުދީ ޒިންމާ އަކީ ކޮބާކަން ދަންނަ މީހަކު ނެތް ، ސަރުކާރުގެ ވުޒާރާތަށް ފެއިލްވެ ބޮއްސުންލާފައި ،
ނެޕީ
14 March 2022
މީކީ ވަކި ސަރުކާރެއް އޮވެގެން ވާކަމެއް ނޫން. ދިވެހިންގެ އުޅުން. ހަމައެކަނި ވިސްނަނީ ތިމާމީހާއާއިމެދު. އެހެންމީހުންނަކީ ނެތްބަޔެއް. ގަދަރެއް އިޚްތިރާމެއް ކުރަންނުޖެހޭ. 24-25 ބުރީގެ އުސް ޓަވަރުގައި ތިބެފައި ބެލްކަނިން ޑަސްޓްބިން ކޮތަޅާއި ނެޕީފަދަ ތަކެތި ބޭރަށް އެބައުކާލާ. ދެން ކޮންމެ ފުލެޓެއްގެ ބެލްކަނީގައިވެސް ފުލުހަކުތަ ބަހައްޓަން ޖެހެނީ
ކުރުސީ
14 March 2022
ތީ މި ސިވިލައިޒް މޮޑެން އެޑިއުކޭޓެޓް ދިވެހިންގެ އަޚްލާގް. ޕާކިންޒޯން ހަދާފަ ނެތްނަމަ އެވާކަ ހެސްކިޔާފަ ދައްކާނެ، އެކަމަކު ޕާކްކުރަން ބޭނުމީ ގޭގަ ސިޓިންރޫމްގަ. ގޮތެއްފޮތެއްނެތް ދިވެހިން!!
ހުސެންް
14 March 2022
ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރާތީ ވާގޮތެއް ތިއީ. ޓެކްސީ ޑުރައިވަރުންވެސް އެމީހުންގެ ގޮތުގައި.
އަލީ23
14 March 2022
މަގު ހެދުނަސް, ބޭސްމެންޓާއި ޕާކިންއާއި ތިޔަ މަގުތަށް އަދިވެސް ގުޅާ ނުލެވޭ. ސައިކަލު ކޮނޑު ޖަހައިގެންތަ ބޭސްމެންޓަށް ވައްދަނީ.
ޑްރައިވަރު އަލީ
14 March 2022
ހޫނ. ހަމައެއް ލަމައެއް ނޯވެ. ފޭޝް 2 އެކަންޏެއް ނޫން. މާލޭގެވެސް ހާލަތު. ސައިކް ޕާކް ކުރެވުނީމަ އެނިނުނީ. ޢަހަރެމެން ޓެކްސީ ޑްރައިވަރުން ހާދަ ހާލެއްގައޭ މަގުތަކުން މި ދުއްވަނީ. ޓެކްސީ އަގު ބޮޑު ކުރީ ހަމަ ކުރަންވެގެން. ވައްސަލާމް
ރައްޔިތުމީހާގެ
14 March 2022
އެކަނި އަގުބޮޑުކޮށްގެން ހުރޭ. މަށެއް އެންމެ ރުފިޔާއެއްވެސް އިތުރަކަށް ނުދޭނަން. އިތުރަށް ހޯދަންބުނާ ކޮންމެ މީހަކު ފުލުހަށާއި ޓްރާންސްޕޯޓަށް ރިޕޯޓުކުރާނަން. ރޯދިބަރަކާތަކީ ވަކިފަރާތަކުން ދެއްވާ އެއްޗެއް. ތިހެންއުޅޭ މީހުންނަށް ކުރިމަތިވާނީ އިތުރު ތަކުލީފު.
ސިކްނަސް
14 March 2022
ބޭސްމަންޓްގައި ޕާކިން ކުރުމަކީ އަދި އުނދަގޫ ކަމެއް. ކޮނެމެ ފަހަރަކު ވެހިލަކް ބޭސްމަންޓާށް ވައްދަން ޖެހެނީ އަޑިގުދަން އޮންނަ މަގަކުން....ބޭސްމަންޓަށް ވަންނަން އޮންނަ ސްލޯޕް އެކަށީގެންވާ ވަރަށް އުސް. ފިރިހެން ބޭފުޅުންނަށް ވަދެވުނަށް އަންހެން ބޭފުޅުންނަށް އުނދަގޫވޭ އެ ސްލޯޕް އުސްވީމަ.
ޖީންސް
14 March 2022
ތިއީ ތަފާތުކުރުމެއް. މިއީ ހަމަހަމަ ޒަމާން. ވަކި ޖިންސަކަށް ނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެ
ކުރިޔަ
14 March 2022
ސަގާފަތެއް
ރަޤީބު
14 March 2022
ބޭސްމެންޓް ހުސްކޮން ބާއްވައިފައި، މަގުތަށް މަތީ ސައިކަލު. އެތަނުންވެސް ނެރެލަން މަސައްކަތަށް. ކަންނެތްކަމެއް އެބަހުރޭ ދޯ!
ީއިނބަގެ އަމޭ
14 March 2022
ޕާރކް ކުރާނެ ތަން ބޭސްމަންޓް ގަ ހުއްޓަސް ސައިކަލް ތަކުން ވައްކަން ކުތާ މީހުން ހުއްޓުވަނީ ކަލޭ ތަ؟
ގަރީބު
14 March 2022
ހަބޭހަށް މައްސަލަދައްކަން އެނގޭނެ
ޢަރުތަ
14 March 2022
މީހުންގެ އަމަލުތައް ތިހެން ހުރެގެން، ބޭނުން ތަނެއްގަ ޕާކުކުރުމުގެ ސަބަބުން މަގުހިނގާ މީހުނަށާ އެހެނިހެން ދުއްވާ އެއްޗިއްސަށް ދަތިވާން ފެށީމަ ފުލުހުން ނުކުމެ ޤަވާޢިދާޚިލާފަށް ޕާކުކޮށްފަ ހުރި ވެހިކަލްތަކުގަ ސްޓިކާ ޖަހަންފެށީމަ އެގޯސްވީ ،އިސްތިއުފާ ދޭންވީ، މީއަހަރުމެން ދިވެހިން ތަރައްޤީ ވެފަހުރި މިންވަރު.