"މިހާރު" ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާ ޕްލެޓްފޯމުގައި ރާއްޖޭގެ ބައެއް ބްރޭންޑްތަކުން ކުރިއަށް ގެންދިޔަ މުބާރާތްތަކުން ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދީފި އެވެ.

ސްކޯ ޕްރެޑިކްޓާއަކީ ފުޓްބޯޅަ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ބޮޑެތި އިނާމުތައް ހޯދޭގޮތަށް "މިހާރު" އިން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ. ނިމިދިޔަ ވޯލްޑް ކަޕަށް ހާއްސަކޮށްގެން މި ޕްލެޓްފޯމުގައި ކުރިއަށްގެންދިޔަ ޕްރެޑިކްޓާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެ، މިލިއަނަށްވުރެ ގިނަ ސްކޯ ޕްރެޑިކްޓްކޮށްފައިވެ އެވެ.

"މިހާރު" ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާގައި ޕްރިންގަލްސް އިން ކުރިއަށް ގެންދިޔަ މުބާރާތް ކާމިޔާބުކުރި ފަރާތަކަށް (ވ) އިނާމު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިހާރު" ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާގައި ޕްރިންގަލްސް އިން ކުރިއަށް ގެންދިޔަ މުބާރާތް ކާމިޔާބުކުރި ފަރާތަކަށް (ވ) އިނާމު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާންމުންނަށް ހުޅުވާލައިގެން ޕަބްލިކް ކޮމްޕެޓިޝަންސްތައް ކުރިއަށް ގެންދިޔައީ އެލިއާ، ކާބޯލް، ޕްރިންގަލްސް އަދި ޗިކޯ މިކޯ އިންނެވެ. "މިހާރު" އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެ ބްރޭންޑްތަކުގެ ބޭފުޅުންނާއި، "މިހާރު" ގެ އިސްވެރިންނެވެ. 

ކާބޯލް ސްކޯ ޕްރެޑިކްޓާ:

1: އިލްޔާސް މޫސާ

2: މުހައްމަދު ނަބީލް އިބްރާހީމް

3: ލަތީފް

އެލިއާ ސްކޯ ޕްރެޑިކްޓާ

1: މުހައްމަދު ޝުޒްކީން

2: މުހައްމަދު ނަބީލް އިބްރާހީމް

3: މުހައްމަދު ނަބީލް އިބްރާހީމް

"މިހާރު" ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާގައި އެލިއާ އިން ކުރިއަށް ގެންދިޔަ މުބާރާތް ކާމިޔާބުކުރި ފަރާތަކަށް (ވ) އިނާމު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިހާރު" ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާގައި އެލިއާ އިން ކުރިއަށް ގެންދިޔަ މުބާރާތް ކާމިޔާބުކުރި ފަރާތަކަށް (ވ) އިނާމު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗިކޯ މިކޯ ސްކޯ ޕްރެޑިކްޓާ

  1. އައިމިނަތު އިނާޒާ
  2. އަބްދުލްރަހީމް

ޕްރިންގަލްސް ސްކޯ ޕްރެޑިކްޓާ

1: އިލްޔާސް މޫސާ

2: މުހައްމަދު ނަބީލް އިބްރާހީމް

3: އައިޝާ ފަރުހީން

"މިހާރު" ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާގައި ޗިކޯ މިކޯ އިން ކުރިއަށް ގެންދިޔަ މުބާރާތް ކާމިޔާބުކުރި ފަރާތަކަށް (ކ) އަށް ޗިކޯ މިކޯގެ ފަރާތުން އިނާމު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިހާރު" ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާގައި ޗިކޯ މިކޯ އިން ކުރިއަށް ގެންދިޔަ މުބާރާތް ކާމިޔާބުކުރި ފަރާތަކަށް (ކ) އަށް ޗިކޯ މިކޯގެ ފަރާތުން އިނާމު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު" ސްކޯ ޕްރެޑިކްޓާގައި ޕްރައިވެޓް ގްރޫޕްތައް ވެސް ހެދެ އެވެ. އެގޮތުން ނިމުނު މުބާރާތުގައި ވެސް ބައެއް އޮފީސްތަކުންނާއި، އާއިލާތަކުން އަދި ރައްޓެހިން ގުޅިގެން ޕްރައިވެޓް ގްރޫޕްތައް ހަދައިގެން ވާދަކޮށްފައިވެ އެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގެ މެޗުތައް ރާއްޖޭގައި ވެސް ވަރަށް ފޯރީގައި މީހުން ބެލި އެވެ. އާޖެންޓީނާ 1-0 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސްޕެއިނެވެ.