09 ޖުލައި

July 09, 2017 10
އދ.ގެ ދާއިމީ މަންދޫބަކަށް އަލީ ނަސީރު

އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

03 ޖުލައި

July 03, 2017 23
ސަފީރު ސަރީރުގެ ވަދާއީ ތަގުރީރާއި ދަރިކަނބަލުން

ސޫޓެއްގައި އަހުމަދު ސަރީރު ހުންނެވީ ތަގުރީރެއް ދެއްވާށެވެ. އެއީ އިންޓަކޮންޓިނެންޓަލް ނިއު ޔޯކް ބާކްލޭ ހޮޓެލްކަން ޕޯޑިއަމްގައި ހުރި ލޯގޯ އިން އެނގެ އެވެ. ކައިރީގައި ހުރި ދިވެހި ދިދަ އިން ދޭހަކޮށްދެނީ އެއީ ރަސްމީ ހަފުލާއެއް ކަމެވެ. އެކަމަކު ދިދައާ ޖެހިގެން ހުރި ގޮނޑީގައި ދެ ކަކޫ މައްޗަށް އިން އަންހެންކުއްޖެއްގެ ސަބަބުން އެ ފޮޓޯގެ...

26 ޖޫން

June 26, 2017 21
ސުލްހަ ގާއިމްކުރަން ރާއްޖެ ތައްޔާރު: އާސިމް

ގިނަ ގައުމުތައް ގުޅިގެން ސުލްހަވެރި ބައިނަލްއަގްވާމީ މުޖްތަމައެއް ބިނާކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވިދާޅުވެެއްޖެ އެވެ.

07 ޖޫން

June 07, 2017 14
ގަތަރުގެ ރައްޔިތުން ރާއްޖެ އައުމަށް ހުރަހެއް ނެތް: މިނިސްޓްރީ

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ރާއްޖޭން ކަނޑައިލި ނަމަވެސް އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ރޭ ބުނެފި އެވެ.

06 ޖޫން

June 06, 2017 96
މިނިވަންކަމެއް ނެތް، ރާއްޖެ މިއޮތީ "އަޅުވެތި"ވެފައި!

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުން އެއްބާރުލުން ދޭން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އެ ގައުމާ އެކު މަޝްވަރާ ކުރެއްވީ މިދިޔަ...

June 06, 2017 19
ކުރީގެ ފޮރިން މިނިސްޓަރުން ސަރުކާރަށް ފާޑުކިޔައިފި

ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެއްޖެ އެވެ.

05 ޖޫން

June 05, 2017 103
ގަތަރާ ގުޅުން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒަކުން ނޫން

ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ދިވެހިރާއްޖެ އިން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒާ ހެދި ނޫން ކަމަށާއި އެ ނިންމުމުން ދިވެހި ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ.

31 މެއި

May 31, 2017 6
ލަންކާގައި ހާލުގައިޖެހުނު މީހުންނަށް ރާއްޖޭން އެހީ ދީފި

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ދޭ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކައާ މިއަދު ހަވާލުކޮށްފި އެވެ.

30 މެއި

May 30, 2017 10
ފައިސާގެ އެހީ ދެއްވުމަށް މިނިސްޓަރު އާސިމް ލަންކާއަށް

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭގެ ފަރާތުން ފައިސާގެ އެހީއެއް ދެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރުު ޑރ. މުހައްމަދު އާސިމް މިއަދު ލަންކާ އަށް ވަޑައިގެންފި އެވެ.

24 މެއި

May 24, 2017 24
ޔޫރަޕުން ވިސާ ހޯދުމުގައި ލުއި ގޮތެއް ހޯދަނީ

އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް އިތުރު ކުރުމަށާއި ވިޔަފާރިވެރިންނަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި

23 މެއި

May 23, 2017 18
ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާތައް ފަށައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ ވަފުދާއެކު، ދިވެހި ސަރުކާރުގެ އިސްވެރިން ބާއްވާ ތިންވަނަ މަޝްވަރާ ބައްދަލުވުން މިއަދު ފަށައިފި އެވެ.

13 މެއި

May 13, 2017 38
ބޮބަށް ތާއީދުކޮށް ފޮރިން މިނިސްޓްރީން ޓްވީޓްކޮށްފި!

މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިން ބައިވެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ތަސްނީމް (ބޮބް) އަށް ތާއީދުކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ޓްވީޓެއްކޮށްފި އެވެ.

25 އެޕްރީލް

April 25, 2017 5
މިނިސްޓަރު އާސިމް، ނަވާޒް ޝަރީފާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފާ މިއަދު ބައްދަލުކުރައްވައިފި އެވެ.

17 އެޕްރީލް

April 17, 2017 15
ސަފީރުންނާއެކު އިންވެސްޓްމަންޓްތަކާ ގުޅޭ މަޝްވަރާ ކުރަނީ

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން، ބޭރުގެ ގައުމުތަކަށް އައްޔަންކޮށްފައިވާ ދިވެހި ސަފީރުންނާއެކު މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.

12 އެޕްރީލް

April 12, 2017 12
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައި އޮތް ދަނޑިވަޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމަންޔަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

28 މާޗް

March 28, 2017 31
ވޯޓުގެ ކަންކަން ދިޔައީ އިންސާފުވެރިކަމާ އެކު: ސަރުކާރު

ރަައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓުގެ ކަންކަން ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

19 މާޗް

March 19, 2017 74
ރަސްގެފާނުގެ ޗުއްޓީ އަށް ގެނައި އެއްޗެހި ގެންދަނީ!

އެއް ދުވަހުގެ ރަސްމީ ދަތުރުފުޅާ އެކު ފަސް ދުވަހުގެ ޗުއްޓީ އަކަށް ރާއްޖެ ވަޑައިގަތުމަށް ނިންމެވި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ރާއްޖެ އަށް ގެނައި ގިނަ އަދަދެއްގެ ސާމާނު އަނބުރާ ސައޫދީ އަރަބިއްޔާ އަށް ގެންދަން ފަށައިފި އެވެ.

22 ފެބުރުއަރީ

February 22, 2017 8
ތިން އެމްބަސީއަކުން ގަވާއިދާ ޚިލާފަށް ފައިސާ ހޭދަކުރި

އެކި ގައުމުތަކުގައި ހުންނަ ރާއްޖޭގެ ތިން އެމްބަސީއަކުން މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

14 ފެބުރުއަރީ

February 14, 2017 13
ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަކީ ސިޔާސީ މަގާމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

07 ފެބުރުއަރީ

February 07, 2017 25
ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް

ޓީވީއެމްގައި 17 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު މިދިޔަ ބުރާސްފަތިދުވަހު އެ ތަނުން އިސްތިއުފާދެއްވި ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.

06 ފެބުރުއަރީ

February 06, 2017 2
ރާއްޖެ-ލަންކާ ކޮމިޝަން ބައްދަލުވުން މި ހަފުތާގައި

ރާއްޖެ އާއި ސްރީލަންކާއިން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ތިން ވަނަ ބައްދަލުވުން މި ހަފުތާގެ ތެރޭގައި ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.